Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް އޯޕަން ޓެނިސް މުބާރާތް

ފްރެންޗް އޯޕަންއިން އޮސާކާ ވަކިވެއްޖެ

1 ޖޫން 2021 | އަންގާރަ 05:32

ގްރޭންޑް ސްލޭމް މުބާރާތްތަކުން ސަސްޕެންޑްކުރާނެ ކަމުގެ އިންޒާރުދިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 1 ޖޫން 2021 | އަންގާރަ 05:32
މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތެރެއިން ޖަޕާނުގެ ނައޯމީ އޮސާކާ

މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތެރެއިން ޖަޕާނުގެ ނައޯމީ އޮސާކާ

ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓް ކުރަން ނިންމި މައްސަލަ ހޫނުވެ، ފްރެންޗް އޯޕަން ޓެނިސް މުބާރާތުން ވަކިވަން ޖަޕާނުގެ ނައޯމީ އޮސާކާ ނިންމައިފިއެވެ.

މިހާތަނަށް ހަތަރު ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ އުމުރުން 23 އަހަރުގެ އޮސާކާ ވަނީ އޭނާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ވިސްނުމަށްފަހު މި ފަހަރުގެ ފްރެންޗް އޯޕަންގައި މީޑިއާއާ ވާހަކަ ނުދައްކަން ނިންމާފައެވެ. އަދި އެ ގޮތަށް ކަންތައް ކޮށްގެން ދައްކަން ޖެހޭ ޖޫރިމަނާ ޗެރިޓީއެއްގެ ގޮތުގައި ދައްކާނެ ކަމަށްވެސް އޮސާކާ ވަނީ ބުނެފައެވެ.

އެއާއެކު އެ މައްސަލަ ހޫނުވިއިރު، ފްރެންޗް އޯޕަންގެ އޮގަނައިޒިން ކޮމިޓީން ވަނީ އޮސާލާ 15،000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ. އަދި އެއާއެކު ޓެނިހުގެ ވަރުގަދަ ހަތަރު ގްރޭންޑް ސްލޭމް މުބާރާތުން އޭނާ ސަސްޕެންޑްކުރަން ޖެހިދާނެ ކަމުގެ އިންޒާރެއްދީ ބަޔާނެއް ވަނީ ނެރެފައެވެ.

އެ އިންޒާރު ދިންތާ މާ ގިނައިރެއް ނުވެ އޮސާކާ ވަނީ ފްރެންޗް އޯޕަންއިން އަމިއްލައަށް ވަކިވާން ނިންމިކަން ޓްވިޓާ މެދުވެރިކޮށް އިއުލާން ކޮށްފައެވެ. އެކަން އިއުލާންކޮށް އޮސާކާ ބުނީ ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓް ކުރަން ނިންމީ ނަފްސާނީ ދުޅަހެޔޮ ކަމަށް ސަމާލުވާން މެސެޖެއް ދިނުމަށް ކަމަށާއި، އެކަމަކު އެކަންތައް ދިޔައީ ބޭނުންވި ގޮތަކަށް ނޫން ކަމަށެވެ. އަދި މިހާރު އޮތް ގޮތުން ފްރެންޗް އޯޕަންއަށް އެންމެ ރަނގަޅު ގޮތަކީ އޭނާ ވަކިވުން ކަމަށާއި، އަދި އެ ނިންމުން ނިންމީ އޭނާގެ ސަބަބުން އިތުރު އުނދަގޫތަކެއް ނުވެ މުބާރާތަށް އެންމެން ފޯކަސް ކުރަން ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށްވެސް ވަނީ ބުނެފައެވެ.

މިހާތަނަށް އޮސްޓްރޭލިއަން އޯޕަން އާއި ޔޫއެސް އޯޕަން ދެ ފަހަރު ކާމިޔާބުކޮށްފައިވާ އޮސާލާ އެންމެ ފުރަތަމަ ޕްރޮފެޝަނަލް ޓެނިސް ކުޅުންތެރިއެއްގެ ގޮތުގައި ސީނިއާ ކެރިއަރު ފެށީ 2014 ވަނަ އަހަރު އުމުރުން އެންމެ 16 އަހަރުގައެވެ. އެއަށްފަހު ޓެނިހުގައި އޮސާކާ ވިދާލިއިރު، އޭނާ މި ވަގުތު އޮތީ ދުނިޔޭގެ ރޭންކިންގެ ދެވަނައިގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2017

ފްރެންޗް ލީގު: ބައިކޮޅަށް ލިޔޯން އިން ޖެހި ދެ ލަނޑުން ޕީއެސްޖީ މޮޅުވެއްޖެ

18 ސެޕްޓެމްބަރު 2017
ފްރެންޗް ލީގު: ބައިކޮޅަށް ލިޔޯން އިން ޖެހި ދެ ލަނޑުން ޕީއެސްޖީ މޮޅުވެއްޖެ
09 ސެޕްޓެމްބަރު 2017

ފްރެންޗް ލީގު: ޕީއެސްޖީއަށް ބޮޑު މޮޅެއް

09 ސެޕްޓެމްބަރު 2017
ފްރެންޗް ލީގު: ޕީއެސްޖީއަށް ބޮޑު މޮޅެއް
29 އޯގަސްޓު 2017

އެމްބަޕޭ މޮނާކޯ ދޫކޮށްލިޔަސް ކުޅޭނީ ފްރެންޗް ލީގުގެ ކްލަބަކަށް: ފްރާންސް ކޯޗު

29 އޯގަސްޓު 2017
އެމްބަޕޭ މޮނާކޯ ދޫކޮށްލިޔަސް ކުޅޭނީ ފްރެންޗް ލީގުގެ ކްލަބަކަށް: ފްރާންސް ކޯޗު
21 އޯގަސްޓު 2017

ފްރެންޗް ލީގު: ނޭމާގެ ލަނޑުތަކާ އެކު ބޮޑު ތަފާތަކުން ޓޫލޫސްގެ މައްޗަށް ޕީއެސްޖީ ކުރި ހޯދައިފި

21 އޯގަސްޓު 2017
ފްރެންޗް ލީގު: ނޭމާގެ ލަނޑުތަކާ އެކު ބޮޑު ތަފާތަކުން ޓޫލޫސްގެ މައްޗަށް ޕީއެސްޖީ ކުރި ހޯދައިފި
12 ޖޫން 2017

10 ވަނަ ފްރެންޗް އޯޕަން ތައްޓާއިއެކު ނަޑާލް ތާރީޙުގެ ތެރެއަށް

12 ޖޫން 2017
10 ވަނަ ފްރެންޗް އޯޕަން ތައްޓާއިއެކު ނަޑާލް ތާރީޙުގެ ތެރެއަށް
28 މެއި 2017

ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ

28 މެއި 2017
ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ
16 މެއި 2017

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި
08 އެޕްރީލު 2017

ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ

08 އެޕްރީލު 2017
ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ
19 މާރިޗު 2017

މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ

19 މާރިޗު 2017
މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް