Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޮލިފައިން މެޗުތަކަށް ބަދަލުގެނައުން

ކޮލިފައިންގައި ރާއްޖޭގެ ފުރަތަމަ މެޗު ސީރީއާއާ ދެކޮޅަށް

ކޮލިފައިންގައި ރާއްޖެ އާއި ޗައިނާ ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 1 ޖޫން 2021 | އަންގާރަ 04:55
ގައުމީ ފުޓްބޯޅަ ޓީމުން ދުބާއީގައި ކުރިއަށްގެންދާ ތަމްރީނުތަކުގެ ތެރެއިން

ގައުމީ ފުޓްބޯޅަ ޓީމުން ދުބާއީގައި ކުރިއަށްގެންދާ ތަމްރީނުތަކުގެ ތެރެއިން

ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ މެޗު ޝެޑިއުލަށް ބައެއް ބަދަލުތައް ގެނެސްފިއެވެ.

މީގެ ކުރިން އޭއެފްސީން ވަނީ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅެން ވަނީ ތާވަލުކޮށްފައެވެ. އެހެންކަމުން 25 ކުޅުންތެރިންގެ ފައިނަލް ސްކޮޑެއް އެކުލަވާލައި، ގައުމީ ޓީމުން އައީ އެ މެޗުތަކަށް ތައްޔާރުވުމަށް ދުބާއީގައި ތަމްރީނުތައް ހަދަމުންނެވެ. އެކަމަކު ރާއްޖެ އާއި، ފިލިޕީންސް އަދި ސީރިއާ ޓީމަށް ޗައިނާއަށް ދެވޭ ގޮތް ނުވުމުން، އޭއެފްސީން ވަނީ ކޮލިފައިންގައި ބާކީ އޮތް ހަތް މެޗު ދުބާއީއަށް ބަދަލުކޮށްފައެވެ.

ކޮލިފައިންގައި ބާކީ ހުރި މެޗުތައް ދުބާއީއަށް ބަދަލުކުރާއިރު، ރާއްޖެއަށް ބާކީ ތިން މެޗު އެބައޮތެވެ. މީގެ ކުރިން އޭއެފްސީން ތާވަލުކޮށްފައިވާ ޝެޑިއުލްގައިވާ ގޮތުން މި މަހުގެ ތިންވަނަ ދުވަހު ރާއްޖެއިން ޗައިނާއާ ދެކޮޅަށް ކުޅޭނެއެވެ. އަދި އެއަށްފަހު މި މަހުގެ ހަތްވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ރާއްޖެ ކުޅޭއިރު، ފިލިޕީންސާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 15 ވަނަ ދުވަހެވެ.

އެކަމަކު މެޗުތައް ދުބާއީއަށް ބަދަލުކުރުމާއެކު، އޭއެފްސީން ވަނީ ޝެޑިއުލަށް ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން ޝެޑިއުލަށް ގެނެވުނު ބަދަލާއެކު، ކޮލިފައިންގައި ރާއްޖެ އެންމެ ފުރަތަމަ ނުކުންނާނީ ސީރިއާއާ ދެކޮޅަށެވެ. އެ މެޗު މި މަހުގެ ހަތަރުވަނަ ދުވަހު ކުޅޭއިރު، މި މަހުގެ 11 ވަނަ ދުވަހު ކުޅޭނީ ޗައިނާ އާއި ރާއްޖޭގެ މެޗެވެ. އަދި ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗު އޮންނާނީ މި މަހު 15 ވަނަ ދުވަހު ފިިލިޕީންސާ ދެކޮޅަށެވެ.

ކޮލިފައިން މެޗުތައް ދުބާއީ އަށް ބަދަލުކުރުމަކީ މި ވަގުތު ދުބާއީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުން އަންނަ ރާއްޖޭގެ ޓީމަށް ލިބޭނެ ހިތްހަަމަ ޖެހުމެކެވެ. އެކަމަކު ދުބާއީގައި ކުރިއަށްދާ ތަމްރީނުތަކުގެ ތެރެއިން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ޒުވާން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން 10 ދުވަހަށް އެ ދެ ކުޅުންތެރިން ވަނީ ކަރަންޓީނުވާން ޖެހިފައެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ފަސް މެޗުން 10 ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެގެން އަދި ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު