Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯރަފުށީގައި އަލިފާނުގެ ހާދިސާއެއް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 މެއި 2021 | ހޯމަ 19:53
ހޯރަފުށީގައި ހިނގި އަލިފާނުގެ ޙާދިސާގައި ބިދޭސީ މީހާ ރައްކާކޮށްފައި ހުރި ފައިސާތައް ވަނީ އަނދާފައި

ހޯރަފުށީގައި ހިނގި އަލިފާނުގެ ޙާދިސާގައި ބިދޭސީ މީހާ ރައްކާކޮށްފައި ހުރި ފައިސާތައް ވަނީ އަނދާފައި

ހއ ހޯރަފުށީގައި ބިދޭސީއަކު ދިރިއުޅޭ ގެއެއްގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނާއި ހޯރަފުށީ ކައުންސިލުން ޙަރަކާތްތެރިވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، މި ޙާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 10:30 ހާއިރު ކަމަށެވެ. އަދި ފުލުހުންނާއި އާންމުން ކުރި މަސައްކަތުން އަލިފާން ނިވާލާފައިވާއިރު، އަލިފާނުގެ ސަބަބުން ހިފާ ގެންގުޅޭ ތަކެއްޗާއި އިމާރާތަށް އެކިވަރުގެ ގެއްލުންތައް ވެފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާއިރު، މި އަލިފާނުގެ ހާދިސާގެ ސަބަބުން އެރަށުގައި މަސައްކަތް ކުރާ ބިދޭސީއެއް ރައްކާކޮށްފައި ހުރި ފައިސާތައް އަނދާފައިވާ ފޮޓޯތަކެއް ދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ. އެގޮތުން މިއީ ގަސްތުގައި ބަޔަކު ކުރި ކަމެއް ކަމަށް ދޭހަވާ މޭރުމުން ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދާއިރު، އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން ހޯރަފުށީ ކައުންސިލުގެ ރައީސް މުޙައްމަދު ވަޙީދު ވިދާޅުވީ، ޙާދިސާ ހިނގައި ދިޔަ ގޮތާމެދު އެއްޗެއް ވިދާޅުވެވޭނީ ފުލުހުން އެ މައްސަލަ ތަހުގީގު ކޮށް ނިމުމުން ކަމަށެވެ.

ވަޙީދު ވިދާޅުވީ، ޙާދިސާ ހިނގާ ދިޔަ ގެއަކީ މީހުން ނޫޅޭ ފަޅު ގެއެއް ކަމަށެވެ. ޙާދިސާ ހިނގިކަމުގެ މައުލޫމާތު ލިބުމާއެކު ކައުންސިލް މެމްބަރުންނާއި ފުލުހުންގެ އިތުރުން، އާންމު ރައްޔިތުންވެސް ވަގުތުން އެތަނަށް ގޮސް، އަލިފާން ގަނޑު ނިއްވާލާފައިވާކަން ވަޙީދު ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެވަގުތު އަނދާފައި ހުރި ފައިސާގެ ހިސާބު ކައުންސިލުން ބެލިއިރު 5340 ރުފިޔާ އަރާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ތަހުގީގަށްފަހު އެކަން އިތުރަށް ކަށަަވަރު ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އެއާއެކު ކައުންސިލުން ވަނީ އިންސާނީ ގޮތުން ވެދޭ އެހީތެރިކަމެއްގެ ގޮތުން ފައިސާގެ އެހީ އެނާއަށް ހޯދައިދިނުމަށް ކައުންސިލުގެ ފަރާތުން އެހީތެރިވުމަށް ނިންމާފައެވެ. އަދި ބިދޭސީ މީހާ މިހާރު އެގެއިން ނެރެ ރައްކާތެރި މާހައުލަކަށް ބަދަލުކޮށް، އަސާސީ ޚިދުމަތްތަކާއި ކެއިން ބުއިމުގެ އިންތިޒާމުތައްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

އެރަށުން ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި އެ ގެއަކީ ސީލިންގ އެއް ނެތި ކަރަންޓް ވަޔަރިންގވެސް އެއްވެސް ވަރަކަށް ނެތް ގެއެއް ކަމަށެވެ. އެގޮތުން ކަރަންޓު ނަރުތައް ގޭގެ އެކި ތަނުގައި ހުރިއިރު، އަލިފާނުގެ ޙާދިސާ ހިނގަން މެދުވެރިވި ސަބަބަކަށް އެކަން ވެދާނެ ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް އެކަމާ އެއްޗެއް ވިދާޅުވެވޭނީ ފުލުހުން މައްސަލަ ތަހުގީގުކޮށް ވަކި ގޮތެއް ކަނޑައެޅުމުންކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
06 ފެބުރުއަރީ 2017

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

06 ފެބުރުއަރީ 2017
ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު