Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

އަތޮޅުތަކަށް އައްޔަނުކުރި ބޭފުޅުންނަކަށް ކައުންސިލްތަކުގެ މައްޗަށް ގޮތްކިޔުމުގެ ބާރެއް ނޯންނާނެ- މަބްރޫކް

31 މެއި 2021 | ހޯމަ 17:15

މިބޭފުޅުން މަސައްކަތްކުރައްވާނީ ކައުންސިލްތަކާއި ޓާސްކްފޯސްތަކާއި ގުޅިގެން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 31 މެއި 2021 | ހޯމަ 17:15
ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް

ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް

ކޮވިޑް-19 އާއި ގުޅިގެން އަތޮޅުތަކުގެ ހާލަތު ބެލުން އިތުރަށް ހަރުދަނާ ކުރުމަށާއި ކޯޑިނޭޝަން އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކޮންމެ އަތޮޅަކަށް ސަރުކާރުގެ ފަރާތުން އައްޔަނުކުރައްވާފައިވާ ބޭފުޅުންނަށް، ކައުންސިލްތަކުގެ މައްޗަށް ބަސް ބުނުމުގެ ބާރެއް ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެޗްޕީއޭ، އަދި ކައުންސިލްތަކާއެކު ކުރެވޭ މަޝްވަރާތަކާ ގުޅިގެން، ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ލަސްވަމުންދާކަމުގެ ވާހަކަ ކަމަށެވެ. މިކަމަށް އިތުރު ހަލުވިކަމެއް ގެނައުމަށް ކޮންމެ އަތޮޅެއް ކޯޑިނޭޓް ކުރުމަށް ސަރުކާރުގެ ފަރާތުން އިސް ބޭފުޅެއް އައްޔަނު ކުރެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި އެބޭފުޅުންގެ ޒިންމާއަކީ އެޗްޕީއޭއާ ކައުންސިލްތަކާ ދެމެދު ހިނގާ މުއާމަލާތްތަކާއި، ކުރެވޭ މަޝްވަރާތަކާ ގުޅިގެން ނިންމާ ކަންކަން ފަސޭހަ ކުރުމަށް ސަރުކާރުގެ ފަރާތުން އަދާކުރަން ޖެހޭ ދައުރު އަދާކުރުން ކަމަށް ވެސް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ މި ބޭފުޅުންނަކަށް، ކައުންސިލްތަކުން އަދާކުރަންޖެހޭ ޒިންމާ އަދާކުރާކުރުމުގެ ބާރެއް ނޯންނާނެ ކަމަށާއި، ރަށްރަށުގެ ކަންކަން ނިންމުމުގެ ބާރެއްވެސް ނޯންނާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާއިތުވި އަހަރު ސަރުކާރުން މިކަމަށް ތައްޔާރުވާން ފެށިއިރު ނިންމުނު އެންމެ ރަނގަޅު އެއް ނިންމުމަކީ، އަދި އޭގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ލިބުނު އެއް ކަމަކީ، ލާމަރުކަޒީ ގޮތަކަށް މިކަމާ ކުރިމަތިލުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ސިއްހީ ފަރުވާދެވޭނެ އިންތިޒާމު ރޭވުމާއި، ކޮންމެ ރަށެއްގައި ޓާސްކްފޯހެއް އެކުލަވާލުމާއެކު ބޭނުންވާ ތަމްރީނު ދެވިގެން ދިޔަކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފަރުވާދެވޭނެ ރަނގަޅު ފެންވަރުގެ ވަސީލަތްްތަކާއި އާލާތްތައް ހުރި، ކޮވިޑް މެނޭޖްމަންޓް ސެންޓަރުތައް އެބަހުރި ކަމަށާއި، ކޮންމެ ރަށެއްގައި އައިސޮލޭޝަންއަށް ވަކިިން ތަންތަން ހަމަޖެއްސުން ފަދަ ކަންކަން ރޭވުން އެއީ މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑުގެ ސަބަބުން ދަސްވި އެއް ކަމަކީ ލާމަރުކަޒީ ގޮތަކަށް ސިއްހީ ފަރުވާ ދިނުމުގެ މުހިއްމުކަން ކަމަށެވެ. އެގޮތުން މާލޭގައި އެއްތަނަކުން ހުރިހާ ފަރުވާއެއް ލިބޭ ގޮތަށް އޮތް އޮތުން މިއީ ކުރިން ފެށިގެން ވެސް ދިމާވެފައިވާ ބޮޑު އެއް މައްސަލަ ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް