Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮންރީ ބެލްޖިއަމާ ގުޅުން

އޮންރީ އަލުން އަނބުރާ ބެލްޖިއަމް ޓީމަށް

31 މެއި 2021 | ހޯމަ 12:32

ހެޑް ކޯޗެއްގެ ގޮތުގައި މޮނާކޯ އާއި މޮންޓްރެއާލް އިމްޕެކްޓުގައި މަސައްކަތްކުރި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 31 މެއި 2021 | ހޯމަ 12:32
ބެލްޖިއަމުގެ އެސިސްޓަންޓް ކޯޗު ތިއެރީ އޮންރީ

ބެލްޖިއަމުގެ އެސިސްޓަންޓް ކޯޗު ތިއެރީ އޮންރީ

ކުރިއަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރުމަށް ފްރާންސްގެ ލެޖެންޑް ތިއެރީ އޮންރީ ނިންމައިފިއެވެ.

އާސެނަލުގެ ޔޫތު ޓީމުން ކޯޗިން ކެރިއަރު ފެށި އޮންރީ މީގެ ކުރިންވެސް ވަނީ ބެލްޖިއަމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އެގޮތުން 2016 ވަނަ އަހަރު އެ މަގާމާ އޮންރީ ހަވާލުވިއިރު، ބެލްޖިއަމުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕުގެ ތިންވަނަ ހޯދި ޓީމުގައި އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެކަމަކު އެ މުބާރާތަށްފަހު ފްރާންސްގެ މޮނާކޯގެ ކޯޗުގެ މަގާމާ ހަވާލުވުމަށް އޮންރީ ވަނީ ބެލްޖިއަމް ޓީމު ދޫކޮށްލާފައެވެ.

މޮނާކޯގެ އިތުރުން އެމެރިކާގެ މޮންޓްރެއާލް އިމްޕެކްޓަށް މީގެ ކުރިން އިރުޝާދުދިން އޮންރީ އަލުން އަނބުރާ ބެލްޖިއަމުގެ އެސިސްޓަންޓް ކޯޗުގެ މަގާމާ ހަވާލުވީ އަންނަ ޖޫން މަހު ފަށާ ޔޫރޯއަށް ޓީމު ތައްޔާރުކުރުމަށެވެ. ރޮބާޓޯ މާޓިނޭޒްގެ ކޯޗުކަމުގައި ބެލްޖިއަމުން މި ފަހަރުގެ ޔޫރޯއާ ކުރިމަތިލާއިރު، އޮންރީ ބުނީ މާޓިނޭޒް އާއެކު އަލުން މަސައްކަތްކުރަން ލިބުމަކީ އޭނާއަށް ލިބުނު ފަޚުރެއް ކަމަށެވެ.

ފްރާންސާއެކު 1998 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި އޮންރީ ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވަނީ 2014 ވަނަ އަހަރުއެވެ. ކޯޗެއްގެ ގޮތުގައި މިހާތަނަށް އޮންރީއަށް ކާމިޔާބީއެއް ހޯދިފައި ނުވާއިރު، މި ފަހުން އޭނާ މަސައްކަތް ކޮށްފައިވަނީ ބީބީސީގެ އެނަލިސްޓެއްގެ ގޮތުގައެވެ. އެގޮތުން ކުރިއަށް އޮތް ޔޫރޯގައިވެސް ބީބީސީއަށް މަސައްކަތްކުރަން އޮންރީ މީގެ ކުރިން ވަނީ ނިންމާފައެވެ.

އަންނަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޔޫރޯ ކުރިއަށްދާއިރު، އެ މުބާރާތުގައި ބެލްޖިއަމް ހިމެނުނީ ގުރޫޕް ބީ ގައެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ ޑެންމާކާއި، ފިންލެންޑް އަދި ރަޝިއާއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް