Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ނޭޕާލުގެ ހާލަތު

ނޭޕާލުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ މަޝްވަރާ ކުރަނީ

31 މެއި 2021 | ހޯމަ 03:14

ނޭޕާލުން މިހާތަނަށް 557،124 މީހުންނަށް ކޮވިޑް ޖެހިގެން ވަނީ ރިޕޯޓުކޮށްފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 31 މެއި 2021 | ހޯމަ 03:14
ގައުމުގެ ސިއްހީ ނިޒާމަށް ނުކަތާވަރަށް މީހުން ބައްޔަށް ޕޮޒިޓިވް ވެދާނެ ކަމުގެ ބިރު ހީވާން ވަނީ ފަށާފައި

ގައުމުގެ ސިއްހީ ނިޒާމަށް ނުކަތާވަރަށް މީހުން ބައްޔަށް ޕޮޒިޓިވް ވެދާނެ ކަމުގެ ބިރު ހީވާން ވަނީ ފަށާފައި

ކޮވިޑް-19ގެ ދެވަނަ ރާޅަކާ ކުރިމަތިލާފައިވާ ނޭޕާލުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓަރ ރިދްޔޭޝް ތްރިޕާތީ ވިދާޅުވެއްޖެއެވެ.

އެގައުމުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނައިރު ގައުމުގެ ސިއްހީ ނިޒާމަށް ނުކަތާވަރަށް މީހުން ބައްޔަށް ޕޮޒިޓިވް ވެދާނެ ކަމުގެ ބިރު ހީވާން ފަށާފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އެގައުމުގެ ސިއްހީ މާހިރުން ލަފާކުރާ ގޮތުގައި އެގައުމަށް ކޮވިޑްގެ ދެވަނަ ރާޅަކާ ކުރިމަތިލާންޖެހުނީ އެގައުމަށް ގޮސްފައިވާ އެހެން ގައުމުތަކުގެ މީހުންގެ ފަރާތުން ބަލި ފެތުރުމުގެ ސަބަބުން ކަމަށެވެ.

ނޭޕާލުން މިހާތަނަށް 557،124 މީހުންނަށް ކޮވިޑް ޖެހިގެން ވަނީ ރިޕޯޓުކޮށްފައެވެ. އަދި 7،272 މީހަކު ބަލީގެ ސަބަބުން މަރުވެފައިވާއިރު ޖުމްލަ 440،955 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ފާއިތުވި ހަފުތާތަކުގައި އެގައުމުން ކޮވިޑަށް ކުރެވޭ ޓެސްޓުތަކުގެ 40 އިންސައްތަ އަންނަނީ ޕޮޒިޓިވް ވަމުންނެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑް ފެތުރެމުން އަންނައިރު ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)އިން ކުރަމުންދާ މަސައްކަތުގެ ދެވަނަ ފޭސްގެ މަސައްކަތްތައް ކުރިޔަށް ގެންދާނެގޮތުގެ ޕްރޮޕޯސަލްއެއް މާހިރުން އެކުލަވާލަމުން ގެންދާކަމަށް ޑަބްލިޔުއެޗްއޯގެ ސްޕޯކްސްވުމަން ފަދޭލާ ޗެއިބް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ޑަބްލިޔުއެޗްއޯއިން މިކަން ހާމަކޮށްފައި މިވަނީ ކޮވިޑް-19ގެ އަސްލު ދެނެގަތުމުގެ ދެވަނަ ފޭސްގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް އެމެރިކާއިން ގޮވާލާފައިވަނިކޮށެވެ. އެމެރިކާއިން ވަނީ މިނިވަން ޓީމަކުން އެމަސައްކަތްކުރުމަށް ގޮވާލާފައެވެ. އަދި މާހިރުންގެ ޓީމަށް ޗައިނާއިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19ގެ ސާމްޕަލްތަކުގެ އަސްލާ ހަމައަށް ވާސިލްވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

18 ޖުލައި 2017

ތުރުކީގައި އިތުރު ތިން މަސްދުވަހަށް ކުއްލިހާލަތު ބޭއްވުމަށް ފާސްކޮށްފި

18 ޖުލައި 2017
ތުރުކީގައި އިތުރު ތިން މަސްދުވަހަށް ކުއްލިހާލަތު ބޭއްވުމަށް ފާސްކޮށްފި
06 ޖުލައި 2017

ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

06 ޖުލައި 2017
ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި
29 ޖޫން 2017

ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި

29 ޖޫން 2017
ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި
15 މެއި 2017

ކޮލެރާ ފެތުރެމުންދާތީ ޔަމަނު ކުއްލި ހާލަތަކަށް!

15 މެއި 2017
ކޮލެރާ ފެތުރެމުންދާތީ ޔަމަނު ކުއްލި ހާލަތަކަށް!
25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
10 އެޕްރީލު 2017

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

10 އެޕްރީލު 2017
ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު
04 އެޕްރީލު 2017

ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

04 އެޕްރީލު 2017
ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި
01 އެޕްރީލު 2017

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް