Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19، ރާއްޖޭގެ ހާލަތު

ކޮވިޑްގެ ކޭސްތައް މަދުވިއިރު، ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ދަށަށް

30 މެއި 2021 | އާދީއްތަ 17:35

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 218 މީހުންނަށް

އަތޫފް އާތިފް
އަތޫފް އާތިފް | 30 މެއި 2021 | އާދީއްތަ 17:35
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި، ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 4،356 މީހުން ވަނީ ކޮވިޑަށް ޓެސްޓު ކޮށްފައެވެ. އަދި އޭގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 780 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 571 މީހުންނާއި، އަތޮޅު ތެރެއިން ޕޮޒިޓިވްވި 205 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 4 މީހުންނެވެ.

Advertisement - newsAdvertisement

މިއަދު ޕޮޒިޓިވްވީ 780 މީހުންނާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 63،686އަށް އަރާފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު 24،205ގައި އުޅޭއިރު، ހޮސްޕިޓަލުތަކުގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދަކީ 218އެވެ. ރާއްޖެއިން މިހާތަނަށް 39،314 މީހުން މިބަލިން ފަސޭހަވެފައިވާއިރު، 158 މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި މައުލޫމާތުތައް ދައްކާ ގޮތުން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ އުމުރުން 18 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނެވެ. މި އުމުރު ފުރައިގެ 50 އިންސައްތަ މީހުން ޕޮޒިޓިވްކަމަށް ވެސް އެޗްޕީއޭއިން ހާމަކުރެއެވެ.

މާލެ ސަރަހައްދުގައި ޓެސްޓް ކުރެވޭނެ ސެންޓަރުތަކާއި ފްލޫ ކްލިނިކްތައް ހަމަޖައްސައި، ވަކި ގަޑިތަކެއް މިހާރު ވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލޭގައި ސާމްޕަލް ނަގާ ސެންޓަރުތަކުގެ ތެރެއިން ހ. މުނިއުފާއާއި، ސޯޝަލް ސެންޓަރުގައި ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00އިން މެންދުރުފަހު 3:30އަށް ސާމްޕަލް ނަގާނެއެވެ. ހުކުރު ދުވަހު ސާމްޕަލް ނަގާނީ ހެނދުނު 10:00އިން 11:30އަށް، އަދި މެންދުރު 1:30އިން ހަވީރު 4:00އަށެވެ.

ހުޅުމާލޭގައި މެންދުރު 1:00އިން ހަވީރު 4:00އަށެވެ. އަދި ވިލިމާލޭގައި މެންދުރު 2:30އިން ހަވީރު 4:00ށް ސާމްޕަލް ނަގާނެއެވެ.

ކޮވިޑް-19ގެ ހާލަތު ގޯސްވަމުން ދިއުމާއެކު، މާލޭގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާތީ، ސާމްޕަލް ނަގާ ސެންޓަރުތަކަށް ދިއުމަށްވެސް ޕޮލިސް ޕާމިޓް ޕޯޓަލް މެދުވެރިކޮށް ހުއްދަ ނެގުމަށް ވަނީ އެދިފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 މެއި 2020

ދެވޭ ލުއިތަކުގެ ސަބަބުން ކޭސްތައް އިތުރުވި ނަމަވެސް ހޭންޑަލް ކުރެވޭނެ: ޑރ. ލަތީފް

27 މެއި 2020
ދެވޭ ލުއިތަކުގެ ސަބަބުން ކޭސްތައް އިތުރުވި ނަމަވެސް ހޭންޑަލް ކުރެވޭނެ: ޑރ. ލަތީފް
18 މެއި 2020

ކޮވިޑްގެ ކަންތައް ރޯދަ މަހާ އެކީ ނިމިގެންދާނެ: ޑރ. ހަސަން ހަމީދު

18 މެއި 2020
ކޮވިޑްގެ ކަންތައް ރޯދަ މަހާ އެކީ ނިމިގެންދާނެ: ޑރ. ހަސަން ހަމީދު
18 މެއި 2020

މިދުވަސްވަރު ފެންނަ ކޭސްތައް މަދުވަނީ ޓެސްޓް ކުރެވޭ މިންވަރު މަދުވެގެންނެއް ނޫން: ޑރ އަފްޒަލް

18 މެއި 2020
މިދުވަސްވަރު ފެންނަ ކޭސްތައް މަދުވަނީ ޓެސްޓް ކުރެވޭ މިންވަރު މަދުވެގެންނެއް ނޫން: ޑރ އަފްޒަލް
12 މެއި 2020

ކޮވިޑްގެ ކަންކަމަށް 814.2 މިލިއަން ރުފިޔާ ހޭދަކޮށްފި

12 މެއި 2020
ކޮވިޑްގެ ކަންކަމަށް 814.2 މިލިއަން ރުފިޔާ ހޭދަކޮށްފި
04 މެއި 2020

ބޮޑު ކްލަސްޓަރއެއް ފެނި ޕޮޒިޓިވް ކޭސްތައް އިތުރުވެގެންދާނެ ކަމުގެ އިންޒާރު!

04 މެއި 2020
ބޮޑު ކްލަސްޓަރއެއް ފެނި ޕޮޒިޓިވް ކޭސްތައް އިތުރުވެގެންދާނެ ކަމުގެ އިންޒާރު!
28 އެޕްރީލު 2020

ކެނޑިނޭޅި ކޮވިޑްގެ ވާހަކަ ދެއްކުމަކީ ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރުކުރާ ކަމެއް- ޑރ. އާރިފް

28 އެޕްރީލު 2020
ކެނޑިނޭޅި ކޮވިޑްގެ ވާހަކަ ދެއްކުމަކީ ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރުކުރާ ކަމެއް- ޑރ. އާރިފް
26 މާރިޗު 2020

ކޮވިޑް-19: އިތުރު ކޭސްތައް މަދުވީ ޑޮކްޓަރުންގެ ބުރަ މަސައްކަތުން

26 މާރިޗު 2020
ކޮވިޑް-19: އިތުރު ކޭސްތައް މަދުވީ ޑޮކްޓަރުންގެ ބުރަ މަސައްކަތުން
11 މާރިޗު 2020

ކޮވިޑް-19: ޕޮޒިޓިވް ކޭސްތައް ފެނުނު 3 ރިސޯޓްގައި ލޯ ރިސްކް އަދި ހައި ރިސްކް ފަތުރުވެރިން ވަކިކުރުމުގެ މަސައްކަތް ދަނީ ކުރަމުން: މަބްރޫކް

11 މާރިޗު 2020
ކޮވިޑް-19: ޕޮޒިޓިވް ކޭސްތައް ފެނުނު 3 ރިސޯޓްގައި ލޯ ރިސްކް އަދި ހައި ރިސްކް ފަތުރުވެރިން ވަކިކުރުމުގެ މަސައްކަތް ދަނީ ކުރަމުން: މަބްރޫކް
14 ނޮވެމްބަރު 2018

އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި

14 ނޮވެމްބަރު 2018
އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
23 މާރިޗު 2017

އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 23 މީހުން

23 މާރިޗު 2017
އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 23 މީހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް