Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު

ބޮޑު ކްލަސްޓަރއެއް ފެނި ޕޮޒިޓިވް ކޭސްތައް އިތުރުވެގެންދާނެ ކަމުގެ އިންޒާރު!

ބަލި ޖެހުމުގެ ހިރާސް ބޮޑުކަމަށް ފާހަގަކުރެވޭ ބިދޭސީން އުޅޭ ތަންތަން ދަނީ މޮނިޓަރ ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 4 މެއި 2020 | ހޯމަ 09:30
އެޗްޕީއޭގެ އެޕިޑިއަމަލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް

އެޗްޕީއޭގެ އެޕިޑިއަމަލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް

ދެތިން ދުވަހެއްގައި މަދު ކޭސްތަކެއް ފެނުނު ކަމުގައި ވިޔަސް ބޮޑު ކްލަސްޓަރއެއް ފެނި ޕޮޒިޓިވް ކޭސްތައް ވަރަށް ބޮޑުތަނުން އިތުރުވެދާނެ ކަމުގެ އިންޒާރުދީފިއެވެ.

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި އަދީއްތަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑިއަމަލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލި ޖެހުމުގެ ހިރާސް ބޮޑުކަމަށް ފާހަގަކުރެވޭ ބިދޭސީން އުޅޭ ތަންތަން ދުރާލާ މޮނީޓަރކުރަމުންދާ ކަމަށެވެ.

މިހާތަނަށް އެކްޓިވް ސަރވައިލެންސްގެ ތެރެއިން ހަތް ތަނެއް ބަލާ ނިމިފައިވާކަން ފާހަގަކޮށް ޑރ. އަފްޒަކް ވިދާޅުވީ ޖުމުލަ 23 ތަނެއް މި ލިސްޓުގައި ހިމެނޭ ކަމަށެވެ. އަދި މި ތަންތަނުގެ ސާމްޕްލިންގެ މަސައްކަތް ނިމޭއިރު، އިތުރު އައު ކްލަސްޓަރތަކެއް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ.އަފްޒަލް ވިދާޅުވީ މިދަނޑިވަޅަކީ އަދި ރިލެކްސް ވާންވީ ވަގުތު ނޫން ކަމަށެވެ. އަދި ވެސް އިތުރަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް ބޯލެބުމަށް ޑރ. އަފްޒަލް އެދިލެއްވިއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކަރަމުންދާއިރު، ރާއްޖެއިން މިހާތަނަށް 500ށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު