Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެނޭޖްމަންޓް އޮޑިޓެއް ހެދުން

މާލެ ސިޓީ ކައުންސިލްގެ ހާލަތު ދެނެގަތުމަށް މެނޭޖްމަންޓް އޮޑިޓެއް ހަދަނީ

ކައުންސިލް އޮތް ހާލަތު ރަނގަޅަށް އެނގުމަކީ ކުރިމަގު ބައްޓަންކުރުމަށް މުހިންމު ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 30 މެއި 2021 | އާދީއްތަ 08:49
ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ

މާލެ ސިޓީ ކައުންސިލްގެ ހާލަތު ދެނެގަތުމަށް މެނޭޖްމަންޓް އޮޑިޓެއް ހަދާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ މަސައްކަތް ރަނގަޅަށް ފެށިގެންދާއިރު ކައުންސިލް އޮތް ހާލަތު ރަނގަޅަށް އެނގުމަކީ ކުރިމަގު ބައްޓަންކުރުމަށް މުހިންމު ކަމެއް ކަމަށާއި، އެ ހާލަތު ދެނެގަތުމަށް މެނޭޖްމަންޓް އޮޑިޓެއް ހަދަން ގަސްދުކުރާ ކަމަށެވެ. އަދ މިކަން ކޮށްދޭނެ ފެންވަރު ރަނގަޅު ފަރާތެއް ހޯދަން ވަރަށް އަވަހަށް ގެޒެޓު ކުރެވޭނެ ކަމަށް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ ހާލަތު ދެނެގަތުމަށް މެނޭޖްމަންޓް އޮޑިޓެއް ހެދުމަށް ނިންމާފައިވާއިރު، މާލެސިޓީގައި ހުރި ގިނަ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ.

އެގޮތުން ޑރ. މުއިއްޒު ވަނީ މާލޭގައި ހުންނަ ލޯކަލް މާރުކޭޓާއި މަސް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓުގެ ހާލަތު ބައްލަވަން އެތަންތަނަށް ޒިޔާރަތް ކުރައްވާފައެވެ. މުއިއްޒު ވަނީ އެތަންތަނުން ބައްދަލުވި ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ގެންނަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މާލޭ މަސްވެރިންގެ މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު އަދި ލޯކަލް މާރކޭޓް ޒަމާނީކުރުމާއި، ''ސާފުމަގު'' މަޝްރޫއު ތައާރަފުކޮށް ރަށްވެހިންގެ އެއްބާރުލުމާ އެކު ހިންގާ ދެމެހެއްޓުމަކީ މުއިއްޒުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ކަންކަމެވެ. މީގެ އިތުރުން މަގު ބަންދުކުރުމަކީ ރައްޔިތުންގެ ރުހުމާއި ބައިވެރިވުމާއެކު ކުރެވޭ ކަމަކަށް ހެދުމާއި، މާލޭގެ މަގުތަކަށް ކިޔާނަން ސާފުކޮށް އެނގޭނެހެން މަގުތަކުގައި ނަން ޖެހުމާއި، ''ޕްލާސްޓިކާއި ދުރުވަމާ'' ގެ ނަމުގައި މާލެއަކީ ޕްލާސްޓިކް މަދު ސިޓީ އަކަށް ހެދުމަށް ޕްރޮގްރާމެއް ހިންގުން އަދި ވިލިމާލޭގެ އެންމެ ނިކަމެތި ރައްޔިތުންނަށް ހިންގޭ ހައުސިން މަޝްރޫއެއް ވިލިމާލޭގައި ހިންގުމަކީ ވެސް ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ކަންކަމެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް އަދި ހިތްހަމަ ޖެހޭ ދިރިއުޅުމެއް ފަހިކޮށްދިނުމުގެ ގޮތުން ރައްޔިތުންގެ ހިޔާލާއެކު ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަން މޭޔަރު މުއިއްޒު ފާހަގަކުރައްވާފައިވެއެވެ. އަދި މާލެ ސިޓީއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު