Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް ދެވަނަ ފަހަރަށް ޖެހޭ ނިސްބަތް

208 މީހަކަށް ދެވަނަ ފަހަރަށް ކޮވިޑް ޖެހުނުއިރު މިއަހަރު ދެވަނަ ފަހަރަށް ޖެހޭ މީހުންގެ އަދަދު މަދު

ދެވަނަ ފަހަރަށް ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އެންމެ ފުރަތަމަ ކޭސް ރިޕޯޓްކުރިތާ 17 ވަނަ ހަފްތާގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 30 މެއި 2021 | އާދީއްތަ 02:17
ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ

ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ

ފާއިތުވި އެއް އަހަރު ދުވަސްތެރޭގައި ދެ ފަހަރަށް ކޮވިޑް ޖެހިފައިވަނީ 208 މީހުންނަށްކަމަށް ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްއީއޯސީން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭ ގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވަނީ ރާއްޖޭގައި ދެވަނަ ފަހަރަށް މީހުންނަށް ކޮވިޑް ޖެހުނު މީހުންގެ ތަފާސްހިސާބު ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ ފުރަތަމަ ރާއްޖޭގައި ކޮވިޑް ޖެހިގެން ރިޕޯޓްކުރި 2020 ވަނަ އަހަރުގެ މަރޗް މަހުން ފެށިގެން މިއަދާ ހަމައަށް އެކި ހަފްތާތަކުގައި ދެވަނަ ފަހަރަށް ކޮވިޑް ޖެހުނު މީހުންގެ ތަފްސީލް ވަނީ ހިއްސާކުރައްވާފައެވެ.

Advertisement - newsAdvertisement

މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ކޮވިޑް ޖެހިފައިވާ މީހަކަށް ތިން މަސް ނުވަނީސް ދެ ވަނަ ފަހަރަށް ކޮވިޑް ޖެހުމަކީ ވަރަށް ނާދިރުކަމެކެވެ. އެއީ ކޮވިޑް ޖެހުމާއެކު އެބަލިން ދިފާއުވުމުގެ ބާރު ހަށިގަނޑުގައި ތިން މަސްދުވަހަށް ހުންނަ ކަމަށް ހޯދިފައިވާތީއެވެ. ޑރ އަފްޒަލް ވިދާޅުވީ ރާއްޖޭގައި ދެވަނަ ފަހަރަށް ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އެންމެ ފުރަތަމަ ކޭސް ރިޕޯޓްކުރިތާ 17 ވަނަ ހަފްތާގައި ކަމަށެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑްގެ ކޭސް އެއް ރިޕޯޓްކޮށްފައިވަނީ މަރޗް މަހުގެ ފުރަތަމަ ހަފްތާއެވެ. އެހެންކަމުން އެންމެ ފުރަތަމަ ދެވަނަ ފަހަރަށް ކޮވިޑް ޖެހިގެން ރިކޯޑް ކޮށްފައިވަނީ ޖޫން މަހުގެ ފަހު ހަފްތާއެވެ.

ޑރ އަފްޒަލް ވިދާޅުވީ ދެވަނަ ފަހަރަށް ކޮވިޑް ޖެހުމުގެ ކޭސްތައް 2020 ވަނަ އަހަރު މައްޗަށް ދިޔަކަމަށެވެ. އެގޮތުން ބައެއް ހަފްތާތަކުގައި ގާތްގަނޑަކަށް 40ށް އެފަދަ ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހު ކޮޅުން ފެށިގެން އެފަދަ ކޭސްތައް ވަރަށް މަދުކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ.

ކުރިޔަށް އޮތްތަނުގައިވެސް އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހެމުންދިޔުމާއެކު ދެވަނަ ފަހަރަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރަށްވުރެ ދަށް ވާނެކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ.

ތަފާސްހިސާބުތަކަށް ބަލާލާއިރު ކޮވިޑް ޖެހުނުތާ 3 މަސް ފަހުން ދެވަނަ ފަހަރަށް ކޮވިޑް ޖެހިފައިވަނީ 12 މީހުންނަށެވެ. ކޮވިޑް ޖެހުނުތާ ހަތަރު މަސް ފަހުން ދެވަނަ ފަހަރަށް ބަލި ޖެހިފައިވަނީ 17 މީހުންނަށެވެ. އަދި ފަސް މަސް ފަހުން 10 މީހުންނަށް ޖެހުނު އިރު ހަ މަސް ފަހުން 25 މީހުންނަށް ޖެހިފައިވެއެވެ. ކޮވިޑް ޖެހުނުތާ ހަތް މަސްފަހުން ދެވަނަ ފަހަރަށް 18 މީހުންނަށް ޖެހުނުއިރު އަށް މަސްފަހުން 35 މީހުންނަށް ޖެހިފައިވެއެވެ. ބަލި ދެ ވަނަ ފަހަރަށް އެންމެ ގިނަ މީހުންނަށް ޖެހިފައިވަނީ ބަލި ޖެހުނުތާ ނުވަ މަސް ފަހުންނެވެ. އެއީ 56 މީހުންނެވެ. ދިހަ މަސް ފަހުން ދެވަނަ ފަހަރަށް 29 މީހުންނަށް ޖެހިފައިވެއެވެ. 11 މަސްފަހުން ބަލި ދެ ވަނަ ފަހަރަށް ޖެހިފައިވަނީ 2 މީހުންނަށެވެ. 12 މަސްފަހުން 3 މީހުންނަށް އަދި 13 މަސް ފަހުން ޖެހިފައިވަނީ އެންމެ މީހަކަށެވެ.

ދެވަނަ ފަހަރަށް ކޮވިޑް ޖެހޭ މީހުންގެ އުމުރުފުރައަށް ބަލާއިރު އެންމެ ގިނައީ ކޮވިޑް އެންމެ ގިނައިން ޖެހިގެން ރިޕޯޓްކުރަމުން އަންނަ އުުމުރުފުރާ ކަމުގައިވާ އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

18 މާރިޗު 2017
ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ
13 މާރިޗު 2017

އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

13 މާރިޗު 2017
އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!
12 މާރިޗު 2017

އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު

12 މާރިޗު 2017
އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު
08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު