Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ކޮވިޑް ޖެހިފައިވާ 12 މީހަކު އައިސީޔޫގައި، 10 މީހުން ވެންޓިލޭޓަރުގައި

30 މެއި 2021 | އާދީއްތަ 02:23

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 160 މީހަކަށް ފަރުވާދެމުން އާދޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 30 މެއި 2021 | އާދީއްތަ 02:23
ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާ ވަނީ ކޮވިޑްގެ ބަލި މީހުންނަށް ޚާއްސަކޮށްފައި

ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާ ވަނީ ކޮވިޑްގެ ބަލި މީހުންނަށް ޚާއްސަކޮށްފައި

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރެއިން 12 މީހުންނަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަކަމަށާއި 10 މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.

އެސެންޓަރުން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވަނީ ކޮވިޑް ޖެހިގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެކި ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ އަދަދުތަކުގެ ތަފްސީލު ދެއްވާފައެވެ. ރާއްޖޭގައި ކޮވިޑް ޖެހިގެން މިވަގުތު 240 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދެއެވެ.

Advertisement - newsAdvertisement

މީގެތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި 9 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. އެތަނުގެ އައިސީޔުގައި 3 މީހުންނަށް ފަރުވާދެމުން އަންނައިރު 6 މީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ. މީގެއިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 160 މީހަކަށް ފަރުވާދެމުން އަންނައިރު އެތަނުގެ އައިސީޔުގައި 9 މީހުން އެބަތިބިއެވެ. އަދި ވެންޓިލޭޓަރުގައި 4 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

މީގެއިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގެ 17 ވަނަ ފަންގިފިލާގައި އަންނަނީ 7 މީހަކަށް ފަރުވާދެމުންނެވެ. އަދި އެހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގައި 5 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އައިޖީއެމްއެޗްގެ ހިޔަލަ ވިންގުގައި 7 ކުއްޖަކަށް އަންނަނީ ފަރުވާދެމުންނެވެ. މިފަހުން ކޮވިޑްގެ ބަލި މީހުންނަށް ފަރުވާދިނުމަށް ހާއްސަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލްގައި 34 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 24،507 ކޭހެއް އަންނަނީ ރިޕޯޓްކުރަމުންނެވެ. މީގެތެރެއިން އައިސޮލޭޝަން ފެސިލިޓީތަކުގައި މީހުން ތިބި އަދަދުތަކަށް ބަލާއިރު ޖުމްލަ 133 މީހުން އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭގެތެރެއިން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި 5 މީހުން ތިބިއިރު ފަރުކޮޅުގައި ގާއިމުކޮށްފައިވާ ފެސިލިޓީގައި 66 މީހުން އަދި ހިޔާ އައިސޮލޭޝަންގައި 46 މީހަކު އެބަތިއްބެވެ. ހޮރައިޒަން އައިސޮލޭޝަން ފެސިލިޓީގައި 16 މީހަކު އެބަތިއްބެވެ.

މެއި މަހަކީ ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވި މަހެވެ. ކޮވިޑްގެ ހަތަރު ވަނަ ރާޅަކާ ކުރިމަތިލާފައިވާއިރު ހާހަކަށްވުރެ މަތިން ކޭސްތައް ރިޕޯޓްތައް ކުރަމުން އަންނަތާ ވަނީ ތިން ހަފްތާވެފައެވެ. އަދި މިބަލީގައި ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިހާތަނަށް އެއް ދުވަހާ އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރި ދުވަހު 13 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑްގެ ހާލަތު ގޯސްވަމުން ދިޔުމާއެކު މުޅި ރާއްޖޭގައި ވަނީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް