Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިންޑިޔާގެ ހާލަތު

އޭޕްރީލް 14 ގެ ފަހުން އިންޑިޔާގައި އެންމެ މަދުން ކޮވިޑް ޖެހިގެން ރިޕޯޓުކުރީ ހުކުރު ދުވަހު

ހުކުރު ދުވަހު އެގައުމުގައި ކޮވިޑް ޖެހިގެން 3660 މީހުން ވަނީ މަރުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 މެއި 2021 | ހުކުރު 21:08
އިންޑިޔާގައި ކޮވިޑް ޖެހިފައިވާ މީހަކު ސިއްހީ ޚިދުމަތްދޭ ތަނަކަށް ގެންދަނީ

އިންޑިޔާގައި ކޮވިޑް ޖެހިފައިވާ މީހަކު ސިއްހީ ޚިދުމަތްދޭ ތަނަކަށް ގެންދަނީ

އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ފަހުން އިންޑިޔާގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު އެންމެ މަދުން ރިޕޯޓު ކޮށްފައިވަނީ ހުކުރު ދުވަހުއެވެ.

ހުކުރު ދުވަހު އިންޑިޔާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެދުވަހު ކޮވިޑް ޖެހިފައިވަނީ 186،364 މީހުންނަށެވެ. މިއީ އިންޑިޔާއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ނުރައްކާތެރި ދެވަނަ ރާޅުގައި ދެ ލައްކައަށްވުރެ މަދުން ރިކޯޑު ކުރި މަދު ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އެގައުމުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް ހަތަރު ލައްކައިން ވަނީ ރިޕޯޓު ކޮށްފައެވެ.

ހުކުރު ދުވަހު އެގައުމުގައި ކޮވިޑް ޖެހިގެން 3660 މީހުން ވަނީ މަރުވެފައެވެ. މިއާއެކު އެގައުމުގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 27.5 މިލިއަނަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 318،895ށް އަރާފައެވެ.

އިންޑިޔާގެ ރަސްމީ ފަރާތްތަކުން ހާމަކުރަމުންދާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި ދުވަސްތަކުގައި އެގައުމުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ދަށަށްދާން ފަށާފައެވެ. ނަމަވެސް އިންޑިޔާގެ ފަގީރު ހިސާބުތަކާއި އަވަށްތަކުގައި އެކަށީގެންވާ މިންވަރަށް ޓެސްޓު ކުރެވެމުން ނުދާކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.

ދުނިޔޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމުގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަ އަދަދެއްގެ މީހުން މިބަލީގައި މަރުވެގެން ރިޕޯޓުކޮށްފައި ވަނީ ހިނގަމުންމިދާ މެއި މަސްތެރޭގައެވެ. އިންޑިޔާގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު އިންޑިޔާ ހިމެނޭ ދެކުނު އޭޝިޔާގެ ގައުމުތަކުގައިވެސް ވަނީ ކޮވިޑްގެ ހާލަތު ގޯސްވެފައެވެ. އެގޮތުން މިސަރަހައްދުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 30 މިލިއަނަށް އަރާފައެވެ.

އިންޑިޔާ، ބަންގްލަދޭޝް، ޕާކިސްތާން، ބޫޓާން، ނޭޕާލް، ސްރީލަންކާ އަދި ދިވެހިރާއްޖެ އަކީ މުޅި ދުނިޔެއިން މިހާރު ފެންނަމުންދާ ކޮވިޑް ކޭސްތަކުގެ 18 އިންސައްތަ ހިއްސާކުރާ ގައުމުތަކެވެ. އަދި މަރުވާ މީހުންގެ 10 އިންސައްތަ ހިއްސާކުރަމުން އަންނަނީ މިގައުމުތަކުންނެވެ.

މިމަސްތެރޭގައި އިންޑިޔާއިން ވަނީ އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައެވެ. ނަމަވެސް ވެކްސިންގެ ޑިމާންޑް އޮތްމިންވަރަށް އެގައުމަށް ވެކްސިން ލިބުމުގައި ވަނީ ދަތިތައް ކުރިމަތިވެފައެވެ. އިންޑިޔާއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދަމުން އަންނަ އެއް ގައުމުވެސްމެއެވެ.

އިންޑިޔާއިން މިހާތަނަށް އައިއިރު ޖަހަމުން އަންނަނީ ތިން ވެކްސިނެކެވެ. އެއީ އިންޑިޔާގައި އުފައްދަމުން އަންނަ ކޮވިޝީލްޑް ވެކްސިނާއި ކޮވެކްސިން ވެކްސިން އަދި ރަޝިޔާއިން އުފައްދާފައިވާ ސްޕަޓްނިކް-ވީ ވެކްސިނެވެ.

1.3 ބިލިއަން މީހުން ދިރިއުޅެމުން އަންނަ އިންޑިޔާގެ އާބާދީގެ ތެރެއިން ވެކްސިން ދެވިފައިވަނީ އެންމެ 3 އިންސައްތަ މީހުންނަށް ކަމަށް ވުމާއެކު އެގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ. ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓުކުރަމުން އަންނަ 10 ގައުމުތެރޭގައި އެގައުމު ހިމެނޭއިރު އެންމެ މަދުން ވެކްސިން ދެވުނު ގައުމުތަކުގެ ތެރޭގައި އިންޑިޔާ ހިމެނެއެވެ.

އިންޑިޔާގެ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމަށްޓަކައި މާޗު މަހުން ފެށިގެން އެގައުމުން ވަނީ އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުން މެދުކަނޑާލާފައެވެ. މިއާއެކު ދެކުނު އޭޝިޔާގެ ގައުމުތަކަށް ވަނީ ވެކްސިން ލިބުމުގެ ދަތިތަކާ ކުރިމަތިވެފައެވެ.

މިހާތަނަށް އައިއިރު ދެކުނު އޭޝިޔާގެ ގައުމުތަކުގައި ދީފައިވަނީ 219.7 މިލިއަން ވެކްސިން ޑޯޒެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2019

އެމެރިކާގައި ޖެހިޖެހިގެން ވަޒީފާ އިތުރުވާތާ 100 މަސް ދުވަސް، ޖެނުއަރީ މަހު އެކަނި ވެސް ތިން ލައްކަ ވަޒީފާ

02 ފެބުރުއަރީ 2019
އެމެރިކާގައި ޖެހިޖެހިގެން ވަޒީފާ އިތުރުވާތާ 100 މަސް ދުވަސް، ޖެނުއަރީ މަހު އެކަނި ވެސް ތިން ލައްކަ ވަޒީފާ
06 އޯގަސްޓު 2018

އެބޯލާ ޖެހިގެން މަރުވި މީހުންގެ އަދަދު 33 އަށް، ނުރައްކާ ބޮޑު

06 އޯގަސްޓު 2018
އެބޯލާ ޖެހިގެން މަރުވި މީހުންގެ އަދަދު 33 އަށް، ނުރައްކާ ބޮޑު
28 މެއި 2018

ނިޕާ ޖެހިގެން ކެރެލާއިން 13 މީހަކު މަރުވެއްޖެ

28 މެއި 2018
ނިޕާ ޖެހިގެން ކެރެލާއިން 13 މީހަކު މަރުވެއްޖެ
27 މެއި 2018

ކޮންގޯގައި އެބޯލާ ޖެހިގެން މަރުވި މީހުންގެ އަދަދު 12 އަށް

27 މެއި 2018
ކޮންގޯގައި އެބޯލާ ޖެހިގެން މަރުވި މީހުންގެ އަދަދު 12 އަށް
21 މެއި 2018

އެބޯލާ ޖެހިގެން ކޮންގޯއިން މަރުވި މީހުންގެ އަދަދު 26 އަށް

21 މެއި 2018
އެބޯލާ ޖެހިގެން ކޮންގޯއިން މަރުވި މީހުންގެ އަދަދު 26 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު