Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޤުރުއާނުގެ ބަރަކާތުން ފަރުވާކުރުން

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

ހޮސްޕިޓަލުގެ ފާރުތަކުގައި ވެސް ހުރީ ޤުރުއާނުގެ އާޔަތްތައް ތަތްކޮށްފައި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 27 މެއި 2021 | ބުރާސްފަތި 18:44
ޕާކިސްތާނުގެ ހޮސްޕިޓަލެއްގެ އައިސީޔޫ

ޕާކިސްތާނުގެ ހޮސްޕިޓަލެއްގެ އައިސީޔޫ

"މީގެ ނަތީޖާ ވަރަށް ރަނގަޅު. ވެންޓިލޭޓަރަށްލައި އެއްވެސް ބޭހަކަށް ވެސް ނުގުޑާ ބަލި މީހާ ސޫރަތުއް ރަޙްމާން ޖަހައިގެން އެ އަޑު އަހައިގެން އެބަ ރަނގަޅުވޭ." ޕާކިސްތާނުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި މަސައްކަތްކުރާ ޑޮކްޓަރެއް، އެ ގައުމުގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

އާންމުކޮށް ދުނިޔޭގެ އެއްވެސް ހިސާބަކުން ނުފެންނަ މަންޒަރެކެވެ. މުޅި ދުނިޔެ މި ކޮވިޑް-19 ބަލީގައި ޖެހި ކުޑަކަކޫ މައްޗަށް ތިރިވެފައިވާއިރު، އެކި ގައުމުތަކުން އެމީހުންގެ ދީނަށް ބޯ ލެނބުމުގައި އަވަދިނެތި ގޮސް ނަޖިހުން ފެންވަރާއިރު ވެސް، އަދި އިސްލާމީ ގައުމަކުން މިފަދަ މަންޒަރެއް މި ނޫނީ ނުދެކެމެވެ. ދިވެހި ރާއްޖެ އަކީ ވެސް ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާއިރު މި ގައުމުން ވެސް އަދި ސައުދީ ފަދަ ބޮޑެތި އިސްލާމީ ގައުމުތަކުން ވެސް ނުފެންނަ މަންޒަރެއް މި ދައްކުވައިދިނީ ހިންދޫންނާއި މުސްލިމުން ދިރިއުޅެމުން އަންނަ ޕާކިސްތާނުންނެވެ.

ޕާކިސްތާނުގެ ލާހޯރުގެ ހޮސްޕިޓަލުގައި މިކަން މިގޮތަށް މި ކުރަނީ އަލަކަށް ނޫނެވެ. ރިޕޯޓުތައް ބުނާގޮތުން އެ ހޮސްޕިޓަލުގައި އަބަދުވެސް ބަލި މީހުންނަށް ފަރުވާދެމުން އަންނަނީ ޤުރުއާން ޖަހައިގެންނެވެ. އަދި ބައެއް ޑޮކްޓަރުން ބަލި މީހުންނަށް ބޭސް ދޭއިރު އޭގައި ކީރިތި ޤުރުއާނުގެ ވަކި ސޫރަތްތަކެއް ކިޔަވަން ހިމަނާ ކަމަށް ވެސްވެއެވެ. އެމީހުންގެ ހިތްތަކުގައި ޤުރުއާނަށް އޮތް ލޯތްބާއި ގަދަރު އަދި ޤުރުއާނާއި މެދު އޮތް ޔަގީންކަން މިކަމުން ވެސް ހާމަވެއެވެ.

ކޮންމެއަކަސް މިކަން ވައިގަ ހިފައިގެން އާންމުންގެ ތެރެއަށް ހާމަވެފައި މިވަނީ ކޮވިޑް-19ގެ މި އާލަމީ ވަބާގެ ތެރެއިންނެވެ. މި ބަލީގައި އެ ގައުމުން ވެސް އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް މިހާރު ވެސް ފަރުވާދެމުން އަންނައިރު، ލާހޯރް ސަރވިސަސް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ އެތަނުގައި ސޫރަތުއް ރަޙްމާން ޖަހައިގެންނެވެ. މިސޫރަތަކީ ޝިފާގެ ސޫރަތެކެވެ. މިސޫރަތް ކިޔަވާ އަދި އާދަކޮށް އަޑު އަހާ މީހުންނަށް ބަލިތަކުން އަވަސް ޝިފާ ލިބޭ ކަމަށް ވެއެވެ. އަދި ހިތުގެ ނުތަނަވަސްކަން ފިލައިދާ ކަމަށްވެސް ވެއެވެ.

ޕާކިސްތާނުގެ ލާހޯރް ސަރވިސަސް ހޮސްޕިޓަލުގައި މިސޫރަތް ޖަހައިގެން ބަލި މީހުންނަށް ފަރުވާދިނުމުގައި ވަކި މީހަކު އިސްތިސްނާ ވުމެއް ނެތެވެ. މުސްލިމަަކަސް ކާފިރަސް އެތަނުގައި އެމީހުންނަށް

މިސޫރަތް ޖަހާ އަޑު އިއްވައެވެ. ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުން ބުނާ ގޮތުގައި އިސްލާމްދީން ގަބޫލު ނުކުރިޔަސްވެސް މި ސޫރަތް ޖަހާ އަޑު އިއްވުމުން އެމީހުން ބަލިން ރަނގަޅުވާލެއް އަވަސް ކަމަށް ޑޮކްޓަރުން ބުނެއެވެ. އެމީހެއްގެ މައްޗަށް ޤުރުއާން އަސަރުކުރުމުގައި އެއީ ކޮން ދީނެއްގެ މީހެއްތޯ ބެލުމެއް ނެތެވެ.

"ބައެއް މީހުން އެބަތިބި ހަމަ މެޑިކަލް ސައިންސް އެއްކޮށް އުންމީދު ކަނޑާލާފައ ތިބި މީހުން. އެކަމަކު ހަމަ މިސޫރަތް އަޑު އަހައިގެން ރަނގަޅުވެފަ އެތިބީ." އެ ހޮސްޕިޓަލްގެ އައިސީޔޫގައި މަސައްކަތްކުރާ ޑޮކްޓަރެއް އެ ގައުމުގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ބަލި މީހުންގެ ގަބޫލުކުރުންތައް ވެސް ހަމަ އެފަދައެވެ. ހޮސްޕިޓަލުގެ އައިސީޔޫއާ ހަމައަށް ގެންދިޔައިރު ވާހަކަވެސް ނުދެއްކޭ މީހަކު ގަދަވެ ނިކުމެ އޭނާ ވެސް ބުނީ އެތަނުގައި ޤުރުއާން ޖަހާފައި ހުންނަ އަޑު އިވުމަކީ ބަލިން ރަނގަޅުވުމަށް އޭނާ އަށް ލިބުނު އެންމެ ބޮޑު ހިތްވަރު ކަމަށެވެ. ޑޮކްޓަރުން ރެއާއި ދުވާލު ކުރި މަސައްކަތްތަކުގެ އިތުރުން އޭނާ ބަލިން ރަނގަޅުވުމުގެ އެންމެ ބޮޑު ބައެއް އަދާކުރި އެއް ކަމަކީ ކީރިތި ޤުރުއާން ކަމަށް އޭނާ ގަބޫލުކުރެއެވެ.

ހޮސްޕިޓަލުގެ އައިސީޔޫގައި މިސޫރަތް ޖެހުން އެކަންޏެއް ނޫނެވެ، މުޅި ހޮސްޕިޓަލާއި، ވަކިން ޚާއްސަކޮށް އައިސީޔޫގެ ފާރުތަކުން ވެސް ފެންނަން ހުރީ ކީރިތި ޤުރުއާނުގެ އެކި ސޫރަތްތައް ތަތްކޮށްފައި ހުރި މަންޒަރެވެ.

ޝައްކެއް ވެސް ނެތެވެ. ޤުރުއާނަކީ ޝިފާއެކެވެ. އިންސާނަކަށް ކުރިމަތިވާނެ ކޮންމެ މުސީބާތަކާއި އޭގެ ޝިފާ ޤުރުއާނުގައި ބަޔާންވެގެންވެއެވެ. އެކަމާ މެދު އެއްވެސް ސުވާލެއް ވެސް ނެތެވެ. ކީރިތި ޤުރުއާން އަޑު އެހުމަކީ ކިޔެވުމަކީ އަބަދުވެސް ހިތަށް ފިނިކަން ގެނުވާ ކަމެކެވެ. ހިތަށް ހަމަޖެހުން ގެނުވާ ކަމެކެވެ. އުދާސްތަކާ މީހާ ދުރުވެ ދިރިއުޅުމަށް އުޖާލާކަން ގެނުވާ ކަމެކެވެ. މިކަން ދޮގުކުރެވޭނެ މީހަކު ނުހުންނާނެއެވެ.. ކީރިތި ޤުރުއާނުގެ ބޭނުން މިގޮތުގައި ހިފަނީ ކިތައް މީހުންބާއޭ ހިތައް އަރައެވެ.

ޕާކިސްތާންކޮވިޑް-19

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު