Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެމްކޯގެ މުވައްޒަފުންނަށް އަނިޔާވުން

ތޫނު އެއްޗެހި ރަނގަޅަށް ބަންދުނުކޮށް ނެރުމުގެ ސަބަބުން ވެމްކޯގެ މުވައްޒަފުންނަށް ސީރިއަސް އަނިޔާތަކެއް

ވެމްކޯގެ މުވައްޒަފެއްގެ އަތަށް ތޫނު ބިއްލޫރި ފަދަ އެއްޗެއް ހެރި ބޮޑެތި ގެއްލުންތަކެއް ވެފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 27 މެއި 2021 | ބުރާސްފަތި 15:19
ވެމްކޯގެ މުވައްޒަފުން ކުނި އުކާލުމުގައި ހަރަކާތްތެރިވަނީ

ވެމްކޯގެ މުވައްޒަފުން ކުނި އުކާލުމުގައި ހަރަކާތްތެރިވަނީ

ގޭބިސީތަކުން ކުނި ނެގުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން އާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑަށް ގިނަ ފަރާތްތަކަކުން އަމަލުނުކުރާ މައްސަލަ އިތުރުވެފައިވާކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއިން އެކަމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މެއި މަހުގެ 26 ވަނަ ދުވަހުގެ ރޭ 11 ޖެހިއިރު މާލެ ސިޓީގެ ގެއަކުން ނެރެފައިހުރި ޑަސްބިންއެއްގައި އޮތް ކުނި ކޮތަޅެއް ނެގުމުގައި ހަރަކާތްތެރިވި ވެމްކޯގެ މުވައްޒަފަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށެވެ. އެގޮތުން އެމަސައްކަތުގައި އުޅުނު ވެމްކޯގެ މުވައްޒަފެއް ކަމުގައިވާ އަފްރާހު މޫސާގެ އަތަށް ތޫނު ބިއްލޫރި ފަދަ އެއްޗެއް ހެރި އެއަތުގެ ނާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ވެމްކޯއިން ބުނެއެވެ.

Advertisement - newsAdvertisement

މީގެއިތުރުން މެއި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި މަސައްކަތްކުރާ ވެމްކޯގެ މުވައްޒަފުންނަށް މިފަދަ އިތުރު ތިން ހާދިސާއަކާއި ކުރިމަތިލާންޖެހި އެކި ވަރުގެ ހާނިއްކައާއި އަނިޔާތައް ލިބިފައިވާކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯއިން އިތުރަށް ބުނީ ކުނި ނެގުމުގެ ބުރަ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ވެށިފާރަވެރިންނަކީ އެކުންފުންޏާއި ހަވާލުކުރެވިފައިވާ އެންމެ ބޮޑު ޒިންމާ ކަމުގައިވާ ކުނި ނެގުމާއި ކުނި މެނޭޖްކުރުމުގެ މަސްއޫލިއްޔަތު ފުރިހަމަކުރުމުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވަމުންދާ އެކުންފުނީގެ ފަޚުރުކަމަށެވެ. އަދި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ވެމްކޯއިން ދަނީ މަސައްކަތުގައި މަޝްއޫލުވެއުޅޭ ކޮންމެ ފަރާތަކަށް ރައްކާތެެރިކަމުގެ އަންގި، މާސްކު އަދި އެހެނިހެން އާލާތްތައް ފޯރުކޮށްދެމުން ކަމަށެވެ.

އެހެންނަމަވެސް ގިނަ އަދަދެއްގެ ކަސްޓަމަރުން ވެމްކޯއިން އެކުލަވާލާ އާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑަށް އަމަލުނުކުރާ މައްސަލަ ވަނީ އިތުރުވެފައި ކަމަށް ވެމްކޯއިން ބުނެއެވެ. މިގޮތުން ބިއްލޫރި އާއި ދަގަނޑު އަދި އެހެނިހެން ތޫނު އެއްޗެހި ރަނގަޅަށް ބަންދުނުކޮށް ނެރުމަކީ މިފަދަ ސީރިއަސް ޒަޚަމްތަކަށް މުވައްޒަފުން ހުށަހެޅުމަށް އޮތް ފުރުސަތަކަށްވާއިރު މިކަމަށް މިހާރަށްވުރެ ބޮޑަށް ކަސްޓަމަރުން ސަމާލުވުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ކަސްޓަމަރުން އުކާލުމަށް ނެރޭ ކޮންމެ ކުނި ކޮތަޅަކީ ވެމްކޯގެ މުވައްޒަފުންގެ އަމިއްލަ ދެ އަތުން ނަގާނެ ކުނި ކޮތަޅެއްކަމަށް ވެމްކޯގެ ނޫސްބަޔާނުގައި ވަނީ ކަސްޓަމަރުންނަށް ހަނދާންކޮށްދީފައެވެ.

ވެމްކޯ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
30 އޮކްޓޯބަރު 2025

ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

30 އޮކްޓޯބަރު 2025
ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް
02 އޮކްޓޯބަރު 2025

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!
28 ސެޕްޓެމްބަރު 2025

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު