Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެމްކޯ

ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

30 އޮކްޓޯބަރު 2025 | ބުރާސްފަތި 08:25

މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ގިނަ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާ ކޮށްފައި ނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 30 އޮކްޓޯބަރު 2025 | ބުރާސްފަތި 08:25
ވެމްކޯގެ މުވައްޒަފުން ތަކެއް މަސައްކަތު ގައި

ވެމްކޯގެ މުވައްޒަފުން ތަކެއް މަސައްކަތު ގައި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސްވެއްޖެ އެވެ.

ވެމްކޯ ގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ބުނީ، މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ގިނަ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާކޮށްފައި ނުވާ ކަމަށެވެ. މި މައްސަލަ ތަނުގެ އިސްވެރިންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި، އަދި އެއްއާރް ޑިޕާޓްމަންޓާ ވެސް ހިއްސާ ކޮށްފައިވާ ކަަމަށެވެ.

ނަމަވެސް ޕެންޝަން ފައިސާ ޖަމާނުވާ މައްސަލައާ ގުޅިގެން ވަކި ޖަވާބެއް ދީފައިނުވާ ކަމަށް އެ މުވައްޒަފުން ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ފަށާއިރު ޕްރޮގްރާމްގެ ތެރެއިން ވެމްކޯގެ އެޗްއާރް ޑިޕާޓްމަންޓަށް ގުޅި ނަމަވެސް ފޯނު ނަގާފައިނުވެ އެވެ. އަދި ރަސްމީކޮށް ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

ވެމްކޯ ގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް ދުވަސްވެފައިވާއިރު، މި ފަހުން އާރްޑީސީ ގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާ މައްސަލަ ވެސް ފެންމަތި ވެގެންދިޔަ އެވެ. އާރްޑީސީގެ މުވައްޒަފުންނަށް ވެސް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އެ ފައިސާ ޖަމާކޮށް ދީފައިނުވެ އެވެ. އަދި މި މަހުގެ 15 ގައި އެ ފައިސާ ޖަމާވާނެ ކަމަށް އާރްޑީސީގެ އިސްވެރިން ވިދާޅުވި ނަމަވެސް މިއަދާ ހަމައަށް އެ ފައިސާ ޖަމާ ކޮށްދީފައިނުވެ އެވެ.

ވެމްކޯޕެންޝަންމުވައްޒަފުން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
05 ނޮވެމްބަރު 2025

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު
02 އޮކްޓޯބަރު 2025

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!
28 ސެޕްޓެމްބަރު 2025

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު
23 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
02 ޖުލައި 2025

އެއާރޕޯޓު ޑިއުޓީ ފްރީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފޯނު ގެންގުޅުން މަނާކޮށްފި

02 ޖުލައި 2025
އެއާރޕޯޓު ޑިއުޓީ ފްރީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފޯނު ގެންގުޅުން މަނާކޮށްފި
26 ޖޫން 2025

މިދިއަ ސަރުކާރުން އައްޑޫގައި ކުނި ނައްތާލުމަށް ގާއިމްކޮށްފަ ހުރި އިންސިނިރޭޓަރގެ މަސައްކަތް މި ސަރުކާރަކަށް ނުފެށުނު

26 ޖޫން 2025
މިދިއަ ސަރުކާރުން އައްޑޫގައި ކުނި ނައްތާލުމަށް ގާއިމްކޮށްފަ ހުރި އިންސިނިރޭޓަރގެ މަސައްކަތް މި ސަރުކާރަކަށް ނުފެށުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް