Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެދޮރު އިމާރާތްކުރުމުގެ ވިޔަފާރި

ގެދޮރު އިމާރާތްކުރުމުގެ ވިޔަފާރީގައިި ގޮތް ނިންމުމުގެ އިޚްތިޔާރެއް ނޯވޭ- ޕެޓިޝަން ކޮމިޓީ

މި ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ވަނީ ދިރާސާކުރައްވާފައި -އަމީން ޢާއްމު

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 27 މެއި 2021 | ބުރާސްފަތި 13:15
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ

ގެދޮރު އިމާރާތްކުރުމުގެ ވިޔަފާރީގައިި ގޮތް ނިންމުމުގެ އިޚްތިޔާރެއް ކޮމިޓީއަށް ނޯންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ބުނެފިއެވެ.

މަޖިލީހުގެ އަމީން ޢާއްމު ފާތިމަތު ނިޔުޝާ ވަނީ 2 މާޗު 2020 ގައި، ފާތިމަތު ސާއިރާ މަޖިލީހަށް ފޮނުވާފައިވާ ސިޓީގެ ޖަވާބު ދެއްވާފައެވެ.

Advertisement - newsAdvertisement

ސާއިރާގެ ސިޓީގައި ބުނީ މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންގެ 63 އިންސައްތަ ނުވަތަ މެޖޯރިޓީއަކީ ކުއްޔަށް ދިރިއުޅޭ ރައްޔިތުންނަށް ވީހިނދު، މި ރައްޔިތުންނަށް ލިބޭ އާމްދަނީއާ ނުބައްދަލު މިންވަރެއް ކުއްޔަށް ހޭދަކުރުމަކީ ބޭއިންސާފެއް ކަމަށެވެ. މިހާ ބޮޑު ހޭދައެއް ހަމައެކަނި ކުއްޔަށްދައްކާ މަދު ބަޔަކު މުއްސަނދި ކުރުމަށް ހޭދަ ކުރާނަމަ ފަގީރުކަމުން އަރައި ނުގަނެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. މި ސިޓީގެ ޖަވާބު ދެއްވާ ނިއުޝާ ވިދާޅުވީ މި ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ވަނީ ދިރާސާކުރައްވާފައި ކަމަށެވެ.

ސިޓީގައި ބުނީ އެ ޕެޓިޝަނުގައި ބަޔާންކޮށްފައިވާ މައްސަލައާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ކަމާގުޅޭ ފަރާތްތަކާ ކޮމިޓީން ވަނީ ބައްދަލުކޮށް މައުލޫމާތު ސާފުކުރައްވާފައި ކަމަށެވެ. އެގޮތުން، އެ ބޭންކުން ދީފައިވާ މައުލޫމާތަށް ބަލާއިރު ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓެރެސްޓް ރޭޓް ކަނޑައެޅުމުގައި ބޭންކަށް ހުރި ރިސްކުތަކަށާއި ލޯން ޕްރޮޑަކްޓްސް ބައްޓަން ކުރެވިފައިވާ ގޮތަށާއި އަދި އޭގެ ކެޓަގަރީތަކަށް ވެސް ރިއާޔަތް ކުރާކަމަށް ވަނީ ބުނެފައެވެ.

އަދި މާލޭގައި އިމާރާތް ކުރާ ގެދޮރުތަކަކީ އެކި ފެންވަރަށް އިމާރާތް ކުރާ ތަންތަނަށް ވާތީ، އެކި ލޯންތަކަށް ދައްކަންޖެހޭ އަދަދު ކަނޑައަޅަނީ އެ ނަގާ ލޯނުގެ ނިސްބަތުން ކަމަށް ބޭންކުން ވަނީ މައުލޫމާތު ދީފައިވާ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ގެދޮރު އިމާރާތް ކުރުމުގެ ދާއިރާއަކީ ބަޔެއްގެ އަމިއްލަ ވިޔަފާރިއަކަށްވެފައި، ގެދޮރުގެ ކުލި ކަނޑައެޅުމަކީ އެ އިމާރާތް ކުރާ ބަޔަކު ނުވަތަ ގޯތީގެ ވެރިފަރާތުގެ އަމިއްލަ އިޚްތިޔާރުގައި ނިންމާ ނިންމުމެއް ކަމަށް މަޖިލީހުން ބުނެއެވެ.

ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު