Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ ކަޕް ބޭއްވުން

އޭއެފްސީ ކަޕް ބާއްވަން ރާއްޖޭން ބިޑް ނުކުރާނެ

އޭއެފްސީ ކަޕުގެ މެޗުތައް ފަސްކުރުމުން ރާއްޖެއަށް އަދަބެއް އަންނާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 27 މެއި 2021 | ބުރާސްފަތި 06:23
އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އީގަލްސް އާއި ތިމްޕޫ ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އީގަލްސް އާއި ތިމްޕޫ ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕުގެ މެޗުތައް އަަލުން ބާއްވަން ރާއްޖޭން ބިޑް ނުކުރާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

މީގެ ކުރިން ރާއްޖެއިން ވަނީ މި މުބާރާތުގެ ގްރޫޕް ޑީގެ މެޗުތައް ހޯސްޓްކުރުމުގެ ބިޑް ކާމިޔާބުކޮށްފައެވެ. އެ ފަހަރު ރާއްޖެއިން ބިޑް ކާމިޔާބުކުރީ އިންޑިއާއާ ވާދަކުރުމަށްފަހުއެވެ. އެއާއެކު އޭއެފްސީން މީގެ ކުރިން ތާވަލުކޮށްފައި އޮތީ މި މަހުގެ 11 ވަނަ ދުވަހު އޭއެފްސީ ކަޕުގެ ކޮލިފައިން ޕްލޭއޮފުގައި ރާއްޖޭގެ ކުލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ ގޮތަށެވެ. އަދި އެ މެޗަށްފަހު މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް އޮތީ ތާވަލުކޮށްފައެވެ.

އެކަމަކު އޭއެފްސީ ކަޕުގެ މައްސަލަ ހޫނުވީ ޕްލޭއޮފް މެޗުގައި އީގަލްސްއާ ދެކޮޅަށް ކުޅެން މާލެއައި ބެންގަލޫރު ޓީމުން ކޮވިޑް-19 ގެ އުސޫލުތަކާ ޚިލާފުވުމުންނެވެ. އެ މައްސަލައިގައި އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި ނުބޭއްވޭނެކަން އެންގުމާއެކު، އޭއެފްސީން ވަނީ ޕްލޭއޮފް މެޗާއި ގްރޫޕް ޑީގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އޭއެފްސީން މިހާރު މަސައްކަތްކުރަމުން އަންނަނީ ޕްލޭއޮފް މެޗާއި ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ ޖޫން މަހުގެ ފަހު ކޮޅު ފެށުމަށެވެ. އަދި ގްރޫޕް ޑީގެ މެޗުތައް ހޯސްޓްކުރުން އަލުން ހުޅުވާލާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމަކު ރާއްޖޭގެ އޮންލައިން ނޫސް "އަދަދު" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މިހާރު ރާއްޖޭގެ ހާލަތު އޮތްގޮތުން މެޗުތައް ކުޅެން ބިޑް ނުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭއެފްސީން މުބާރާތް ބާއްވަން އަލުން ބިޑަށް ހުޅުވާލައިފިނަމަ ބަންގްލަދޭޝް އާއި އިންޑިއާއިން އޮތީ މުބާރާތުގެ މެޗުތައް ބޭއްވުމަށް ބިޑްކުރަން ތައްޔާރަށެވެ.

ބެންގަލޫރުގެ މައްސަލައިގައި އޭއެފްސީ ކަޕުގެ މެޗުތައް ފަސްކުރިއިރު، މި މައްސަލައިގައި އެފްއޭއެމުން ވަނީ ބެންގަލޫރާ މެދު ފިޔަވަޅު އަޅައިދޭން އޭއެފްސީއަށް ހުށަހަޅާފައެވެ. އަދި ދާދި ފަހުން ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބައްސާމް ވަނީ އޭއެފްސީ ކަޕް ފަސްކުރި މައްސަލައިގައި ރާއްޖެއަށް އަދަބެއް އައުން ގާތް ކަމަށް ވިދާޅުވެފައެވެ. އެގޮތުން މާޒީގައި ކަންތައްތައް ދިމާވެފައި ހުރި ގޮތަށް ބަލާއިރު، ރާއްޖެއަށް އޭއެފްސީން އަޅަން އޮތީ ދެ ފިޔަވަޅެއް ކަމަށާއި، އެއީ ޖޫރިމަނާ ކުރުން ނޫނީ އޭއެފްސީގެ މެޗުތައް ހޯސްޓްކުރުމުގެ ފުރުސަތު ވަކި މުއްދަތެއް ވަންދެން ރާއްޖެއަށް ނުދޭން ނިންމުން ކަމަށް ވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

އަންނަ މަހުގެ ފަހުކޮޅު އޭއެފްސީ ކަޕުގެ މެޗުތައް ކުޅޭނެ ކަމަށް ބެލެވޭއިރު، ރިޕޯޓުތައް ބުނާ ގޮތުން ޕްލޭއޮފުގައި އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ އަންނަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ. އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ.

އޭއެފްސީ ކަޕްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު