Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަލިމީހަކަށް އަނިޔާކުރުން

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ޚާއްސަ އެހީއަށް ބޭނުންވާ ބަލިމީހަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ

26 މެއި 2021 | ބުދަ 14:22

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުން

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 26 މެއި 2021 | ބުދަ 14:22
ޚާއްސަ އެހީއަށް ބޭނުންވާ ބަލި މީހަކަށް އެހީތެރިޔާ އަނިޔާ ކުރާ މައްސަލައެއް

ޚާއްސަ އެހީއަށް ބޭނުންވާ ބަލި މީހަކަށް އެހީތެރިޔާ އަނިޔާ ކުރާ މައްސަލައެއް | ފޭސްބުކް

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ޚާއްސަ އެހީއަށް ބޭނުންވާ ބަލި މީހަކަށް, އޭނާގެ އެހީތެރިޔާ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.  

މި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކުރި ފުރްޤާން މުޙައްމަދު 'ރާއްޖެ އެމްވީ' އަށް މައުލޫމާތު ދިން ގޮތުގައި, ބަލި މީހާއަށް އަނިޔާކޮށްފައި ވަނީ ބަލިމީހާގެ ގާތުގައި ހުރި ބަންގްލަދޭޝް އަށް ނިސްބަތްވާ އެހީތެރިއެކެވެ.

Advertisement - newsAdvertisement

'ރާއްޖެއެމްވީ' އަށް އެނގިފައިވާ ގޮތުގައި މި ވީޑިއޯ ނަގާފައިވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ބަލިމީހާގެ ގާތު އެހީތެރިޔާ ކޮންމެވެސް އެއްޗެއް ބުނުމުން ބަލިމީހާ ވެސް ޖަވާބުގައި ކޮންމެވެސް ވާހަކައެއް ބުނެއެވެ. އެއާއެކު ވަރަށް ބާރަށް ބަލިމީހާގެ ކަންކަށިމަތީ އެހީތެރިޔާ ޖަހާ މަންޒަރު ފެނިގެންދެއެެވެ. ދެން އިވެނީ ވަރަށް ބާރަށް ބަލިމީހާ ރޯ އަޑެވެ.

ބަލި މީހާއަށް އެވަގުތު އަނިޔާކޮށްފައި ވަނީ ކުޑަކަމުނުދިޔުމަށް ބުނެ އިންޒާރު ދިނުމަށްފަހު ކަމަށް މަންޒަރުދުށް ފަރާތްތަކުން ބުނެއެވެ.

މައުލޫމާތު ލިބޭގޮތުގައި ބަލި މީހާއަކީ އެކަނި ހިނގާބިނގާވެ ނޫޅެވޭ, ނަފްސާނީ މައްސަލަތަކެއް ވެސް ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ ޒުވާނެކެވެ. އެނގިފައިވާ ގޮތުގައި އާންމުކޮށް ކޮންމެ ދުވަހަކު ވެސް އެހީތެރިޔާގެ ފަރާތުން ކޮންމެވެސް އަނިޔާއެއް ބަލިމީހާއަށް ލިބެއެވެ. އެގޮތުން ބަލިމީހާ ފާޚާނާއަށް ވައްދާ ވަގުތުތަކުގައި ވަރަށް ބާރަށް ރުއިމުގެ އަޑު ފެސިލިޓީގައި ތިބި ބައެއް މީހުނަށް ވަނީ އިވިފައެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކުރުމާއެކު ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މި މައްސަލަ ވަނީ އައިސްފައެވެ. މި ކަމާ ބެހޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ, މި ކަމުގެ މައުލޫމާތު ފުލުހުންނަށް މިހާރު ލިބިފައި ވާކަމަށެވެ. އަދި އެހީތެރިޔާ މިހާރު އެތަނުން ބޭރު ކުރެވިފައި ވާކަމަށާއި, ބަލި މީހާގެ އާއިލާއަށް ވެސް އެ މައުލޫމާތު މިހާރު ހިއްސާކޮށްފައި ވާކަމަށެވެ.

ފުލުހުން ބުނީ, ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހަކަށް, އާއިލާގެ ފަރާތުން ހަމަޖައްސާފައި ހުރި އެހީތެރިޔަކު އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ހުޅުމާލެ މެޑިކަލް ފެސިލިޓީން ފުލުހުންނަށް ހިއްސާކުރީ ހަވީރު 16:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖުލައި 2026

ހުޅުމާލެ ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

17 ޖުލައި 2026
ހުޅުމާލެ ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
14 ޖުލައި 2026

އޭދަފުށި ފަޅުތެރެއިން މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

14 ޖުލައި 2026
އޭދަފުށި ފަޅުތެރެއިން މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ
10 ޖުލައި 2026

ދޯންޏަކާއި ލޯންޗެއް ޖެހި ބޮޑު އެކްސިޑެންޓެއް، އެކްސިޑެންޓް ވުމުން ދޯނި ވަނީ ފިލާފަ: ފުލުހުން

10 ޖުލައި 2026
 ދޯންޏަކާއި ލޯންޗެއް ޖެހި ބޮޑު އެކްސިޑެންޓެއް، އެކްސިޑެންޓް ވުމުން ދޯނި ވަނީ ފިލާފަ: ފުލުހުން
06 ޖުލައި 2026

ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ލޮއިނަރު ރޯލުތަކެއް ވަގަށް ނަގައިފި

06 ޖުލައި 2026
ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ލޮއިނަރު ރޯލުތަކެއް ވަގަށް ނަގައިފި
04 ޖުލައި 2026

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި 6 މީހަކު ހައްޔަރުކޮށްފި

04 ޖުލައި 2026
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި 6 މީހަކު ހައްޔަރުކޮށްފި
30 ޖޫން 2026

ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!

30 ޖޫން 2026
ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!
29 ޖޫން 2026

ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
28 ޖޫން 2026

ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 ފުލުހަކަށް އަދި މެޑަލް 7 ފުލުހަކަށް

28 ޖޫން 2026
ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 ފުލުހަކަށް އަދި މެޑަލް 7 ފުލުހަކަށް
28 ޖޫން 2026

ފުލުހުންގެ ހިދުމަތުގައި 25 އަހަރު ވުމަށްފަހު ރިޓަޔާކުރާ ފަރާތްތަކަށް، ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއް އުސޫލަކުން ބޭސްފަރުވާކުރުމުގެ ކަންކަން ހަމަޖައްސައިދެނީ

28 ޖޫން 2026
ފުލުހުންގެ ހިދުމަތުގައި 25 އަހަރު ވުމަށްފަހު ރިޓަޔާކުރާ ފަރާތްތަކަށް، ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއް އުސޫލަކުން ބޭސްފަރުވާކުރުމުގެ ކަންކަން ހަމަޖައްސައިދެނީ
28 ޖޫން 2026

މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

28 ޖޫން 2026
މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް