Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހި ފުލުހުންގެ ޚިދުމަތް

ފުލުހުންގެ ހިދުމަތުގައި 25 އަހަރު ވުމަށްފަހު ރިޓަޔާކުރާ ފަރާތްތަކަށް، ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއް އުސޫލަކުން ބޭސްފަރުވާކުރުމުގެ ކަންކަން ހަމަޖައްސައިދެނީ

ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ކޮމިޝަނާ އޮފް ޕޮލިސް ވަނީ ރިޓަޔާކުރާ ފުލުހުންގެ އިނާޔަތްތައް މުއްދަތަށް ބަލައި އިތުރުކުރުމަށާއި، ބޯހިޔާވަހިކަމާއި ވަސީލަތްތައް ތަރައްގީކުރުމަށް ސަރުކާރުން އިސްކަންދޭނެކަމުގެ ޔަގީންކަން ދެއްވާފައި.

ރާއްޖެ އެމްވީ | 28 ޖޫން 2026 | އާދީއްތަ 17:43
ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު

ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު | ޕޮލިސް

ފުލުހުންގެ ހިދުމަތުގައި 25 އަހަރު ވުމަށްފަހު ރިޓަޔާކުރާ ފަރާތްތަކަށް، ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއް އުސޫލަކުން ބޭސްފަރުވާކުރުމުގެ ކަންކަން ހަމަޖައްސައިދެވޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މިހެން ވިދާޅުވީ، ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް  ސޯޝަލް ސެންޓަރުގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮމިޝަނާ އިތުރަށް ވިދާޅުވީ، ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާ ޔަގީންކަަމަކީ، ފުލުހުންގެ އެންމެހައި ހާލަތްތައް ރަނގަޅުކުރައްވައި އުފާވެރި ފުލުހުންގެ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ބަދަލުކުރެއްވުމުގައި  މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އިސްނަންގަވައިގެން، ގިނަ މަސައްކަތްތަކެއް ކުރައްވާއިރު، އަދި އެ ކަމުގައި އަޅުގަނޑުމެންގެ އިއްޒަތްތެރި ވަޒީރު މަސައްކަތްޕުޅު ކުރައްވާއިރު، ތިޔަ ބޭފުޅުންގެ އިހުސާސްތަކާއި ކަންބޮޑުުވުންތައް ސަރުކާރާ ހިއްސާކުރުމުގައި އަޅުގަނޑު ދީލަތިވާނެކަން،" ކޮމިޝަނާ ވިދާޅުވިއެވެ.

 ކޮމިޝަނާ އިތުރަށް ވިދާޅުވީ، ގެދޮރުގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ތައުލީމާއި ފަންނީ ކުރިއެރުންތަކުގެ ދާއިރާއާއި، މުއައްސަސާއަށް ބޭނުންވާ ޓެކްނޮލޯޖީއާއި، ވަސީލަތްތަކާއި އުމްރާނީ ކުރިއެރުންތަކާއި، އެހެނިހެން ދާއިރާތަކުން ވެސް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ދިވެހި ފުލުހުންނަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދެއްވަން މަސައްކަތްޕުޅު ކުރައްވާއިރު، ފުލުހުންގެ ހައްގުގައި އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްދެއްވާނެކަމުގަ އެވެ.

އޭގެ އިތުރުން، މިއަދު ފުލުހުން މި ދެކޭ ޒަމާނީ ދިވެހި ފުލުހުންގެ މުއައްސަަސާ 2004ވަނަ އަހަރު ވުޖޫދުމާއި މި މުއައްސަސާ މިގޮތުގައި ބިނާވުމުގައި އާދަޔާ ހިލާފު ނަމޫނާއެއް ދައްކަވައި މި ކާމިޔާބު މަސައްކަތް ހަގީގަތަކަށް ހައްދަވައިދެއްވި ދިވެހި ފުލުހުންގެ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް، ބުރިގޭޑިއާ ރިޓަޔާޑް އާދަމް ޒާހިރުއާއި. ކޮމިޝަނާގެ މަގާމު އަދާކުރެއްވި ހުރިހާ ބޭކަލުންނަށް ޝުކުރު ދެންނެވިއެވެ.

މަސްދަރު: މޯލްޑިވްސް ޕޮލިސް ސާވިސް

އަޙްމަދު މުޙައްމަދުމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

28 ޖޫން 2026

ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 ފުލުހަކަށް އަދި މެޑަލް 7 ފުލުހަކަށް

28 ޖޫން 2026
ރައީސުލްޖުމްހޫރިއްޔާގެ ކުލަ 20 ފުލުހަކަށް އަދި މެޑަލް 7 ފުލުހަކަށް
28 ޖޫން 2026

މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

28 ޖޫން 2026
މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
28 ޖޫން 2026

އެމްޕީއެލްގެ ބާޖަކުން ވެއްޓުނު 5 ކޮންޓެއިނަރުގެ ތެރެއިން މިހާތަނަށް ފެނުނީ 2 ކޮންޓެއިނަރު: ފުލުހުން

28 ޖޫން 2026
އެމްޕީއެލްގެ ބާޖަކުން ވެއްޓުނު 5 ކޮންޓެއިނަރުގެ ތެރެއިން މިހާތަނަށް ފެނުނީ 2 ކޮންޓެއިނަރު: ފުލުހުން
27 ޖޫން 2026

ހުޅުމާލޭގައި މަސްތުވެގެން ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި 4 ޒުވާނުން ހައްޔަރުކޮށްފި

27 ޖޫން 2026
ހުޅުމާލޭގައި މަސްތުވެގެން ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި 4 ޒުވާނުން ހައްޔަރުކޮށްފި
26 ޖޫން 2026

ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަން ޖެހޭ: ސީޕީ

26 ޖޫން 2026
ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަން ޖެހޭ: ސީޕީ
25 ޖޫން 2026

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

25 ޖޫން 2026
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
24 ޖޫން 2026

ކޭސް ކުރެވިފައިވާ ބަނގުރަލުގެ 21 މައްސަލައެއްގައި ހިމެނޭ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

24 ޖޫން 2026
ކޭސް ކުރެވިފައިވާ ބަނގުރަލުގެ 21 މައްސަލައެއްގައި ހިމެނޭ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ޖޫން 2026

އަމާން ދޯދި ޓަވަރެއްގެ ދެ ވަނަ ފަންގިފިލާ އިން 16 އަހަރުގެ ކުއްޖަކު ވެއްޓިއްޖެ

23 ޖޫން 2026
އަމާން ދޯދި ޓަވަރެއްގެ ދެ ވަނަ ފަންގިފިލާ އިން 16 އަހަރުގެ ކުއްޖަކު ވެއްޓިއްޖެ
21 ޖޫން 2026

ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި

21 ޖޫން 2026
ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި
20 ޖޫން 2026

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދު

20 ޖޫން 2026
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު