Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުދި އަދި މެދު ފަންތީގެ ވިޔަފާރި

ވިޔަފާރިތަކަށް ހުޅުވާލާ ފުރުސަތުތައް ހަމަހަމަކަމާއެކު ދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ހުށަހަޅައިފި

މައްސަލައިގައި މައިގަނޑު ގޮތެއްގައި ގޮވާލައްވާފައި ވަނީ ކެއުންބުއިމުގެ ޚިދުމަތްދޭ ވިޔަފާރިތަކަށް މި ހާލަތުގައި ލުއިދިނުމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 26 މެއި 2021 | ބުދަ 09:01
ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ވިޔަފާރިއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދަނީ ގެއްލުން ވަމުން

ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ވިޔަފާރިއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދަނީ ގެއްލުން ވަމުން

ހޮޓާ، ކެފެޓީރިއާ އަދި ރެސްޓޯރަންޓް ހިމެނޭގޮތުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ހުޅުވާލާ ފުރުސަތުތަކާ ގުޅޭ މަޢުލޫމާތުތައް މިހާރަށްވުރެ އިތުރަށް ފޯރުކޮށްދިނުމަށާއި، ހަމަހަމަކަމާއެކު ފުރުސަތުތައް ދިނުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީން ހުށަހަޅައިފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި މިކަން ހުށަހަޅާފައިވަނީ ހޮޓާ، ކެފެޓީރިއާ އަދި ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިކަން ހައްލު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހަޅުއްވާފައިވާ މައްސަލަ އިޤްތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައެވެ.

މި ރިޕޯޓުގައި ބުނީ މެންބަރު ސަލީމް ހުށަހަޅުއްވާފައިވާ މައްސަލައިގައި މައިގަނޑު ގޮތެއްގައި ގޮވާލައްވާފައި ވަނީ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ވިޔަފާރިއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާފައިވާ ފިޔަވަޅުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި އެ ވިޔަފާރިތަކަށް ލުއިދިނުމަށް ކަމަށެވެ.

މީގެ އިތުރުން މި މައްސަލަ ކޮމިޓީއަށް ފޮނުއްވިއިރު، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނަށާއި އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ބަޔާންކުރައްވައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލައަކާއި ކޮވިޑް ޕެންޑަމިކާ ގުޅިގެން ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތަކުގެ ވިޔަފާރިކުރަމުންދާ ފަރާތްތައް ސަލާމަތް ނުކުރެވޭ ހިސާބަށް ދިއުމާއެކު އެކަންބޮޑުވުން ހިއްސާކޮށް މޯލްޑިވްސް އީޓަރީ ޔޫނިއަންއާއި ހޮޓާ ކެފޭ ރެސްޓޯރަންޓްތަކުގެ ބައެއް ވެރިންގެ ފަރާތުން ފޮނުވާފައިވާ މައްސަލައެއް ކޮމިޓީން ގެންދިޔައީ ދިރާސާކުރަމުން ކަމަށެވެ. އެގޮތުން، މި މައްސަލަތަކަކީ ގުޅުންހުރި މައްސަލަތަކަކަށް ވުމާއެކު، މި މައްސަލަތައް ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންގޮސްފައިވަނީ އެއް މައްސަލައެއްކަމުގައި ބަލައިގެން ކަމަށް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ބުނީ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ވިޔަފާރިއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާފައިވާ ފިޔަވަޅުތަކުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި އެ ވިޔަފާރިތަކަށް ލުއިދިނުމަށް ކަމާގުޅޭ ފަރާތްތަކަށް ގޮވާލައްވައި، ލާޒިމުކޮށްގެން ބަންދުކުރަން ޖެހުނު ވަގުތުތަކުގައި ގެއްލުނު އާމްދަނީއަށް އެކަށީގެންވާ ބަދަލެއް ދިނުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ނަމަވެސް އެފަދައިން އަމަލުކުރުމަށް ނުފެންނަކަމަށާއި، ސަބަބަކީ 2021 ވަނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުގައި އެފަދަ ކަމެއް ހަމަޖެއްސުމަށް ބަޖެޓް ކުރެވިފައިނުވުމާއި، އެފަދަ ޚަރަދެއް ހަމަޖެއްސުމަކީ ބަޖެޓަށް ނޭދެވޭ އަސަރުކޮށް އަންދާޒާކޮށްފައިވާ ޑެފިސިޓް ބޮޑުވެ އަދި ފައިނޭންސިންގ ހޯދަންޖެހޭ މިންވަރު އިތުރުވާނެ ކަމެއްކަމަށް ކޮމިޓީއަށް ބެލެވޭ ކަމަށް ބުނެއެވެ.

ކޮމިޓީން ހުށަހެޅި އިތުރު ކަންކަމުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ (ރ) ގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން މުސްތަގުބަލުގައި ފިޔަވަޅުތައް އަޅުއްވާނަމަ، ވިޔަފާރިތައް ގިންތި ކުރެވިފައިވާ ގޮތަށް ބަލައި، ކެޓަގަރައިޒްކޮށް، ވިޔަފާރިތަކަށް އެންމެ ގެއްލުން ކުޑަވާނެގޮތަށް ގަވާއިދުތަކާއި ފިޔަވަޅުތައް އެޅުމަށް ހުށައަޅާފައިވެއެވެ.

ރިޕޯޓުގައި އިތުރަށް ބުނީ އެ ވިޔަފާރިތައް ދިގުމުއްދަތަކަށް ދެމެހެއްޓުމަށް، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމަށާއި ވިޔަފާރިތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އެހީތެރިކަމާއި ތަމްރީނު ޕްރޮގްރާމްތައް ބައްޓަންކޮށް، އެ ފުރުސަތުތައް ވިޔަފާރިތަކަށް ހުޅުވާލަން ޖެހޭ ކަމަށެވެ.

އަދި އެ ވިޔަފާރިތަކަށް އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރަމުންދާ ލޯނުތައް ދޫކުރާ ދާއިރާތަކަކީ ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލެއް ގެނުވާނެ ދާއިރާތައްކަން ކަށަވަރުކުރުމަށާއި ލޯނު ލިބެމުންދާ ފަރާތްތަކަކީ އެކަމަށް އެންމެ ހައްގުވާ ފަރާތްތައްކަން ކަށަވަރުކުރުމަށާއި އެ ވިޔަފާރިތަކުގެ ޕްރޮގްރެސް މޮނިޓަރކުރުމަށް ވެސް ހުށައަޅާފައިވެއެވެ.

ވިޔަފާރިރައްޔިތުންގެ މަޖިލިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު