Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ހުރި ދަތިތައް

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ހުރި ދަތިތައް ހައްލުކުރުމަށް ގޮވާލައި ހުށަހެޅި މައްސަލަ ބަލައިގެންފި

މައްސަލަ ބަލައިގެންފައިވަނީ މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް ވޯޓުދެއްވި 35 މެންބަރުންގެ އަޣުލަބިއްޔަތާއެކުގައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 26 މެއި 2021 | ބުދަ 06:56
މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް

މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ނިޔާވާ މީހުންގެ ތެރެއިން ގިނަ ބަޔަކު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ނިޔާވާތީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދިނުމަށް ހުރި ދަތިތައް ބަލައި އެކަން ހައްލުކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ހުށަހެޅުއްވި މި މައްސަލަ ބަލައިގެންފައިވަނީ މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް ވޯޓުދެއްވި 35 މެންބަރުންގެ އަޣުލަބިއްޔަތާއެކުގައެވެ. މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް 5 މެންބަރުން ވޯޓުދެއްވިއިރު ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ 8 މެންބަރުން ތިއްބެވިއެވެ.

މި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޝިޔާމް ވިދާޅުވީ ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ފާއިތުވި ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ނިޔާވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ، ހުޅުމާލޭގައި ހުންނަ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވި މީހުން ކަމަށެވެ.

އަދި ފާއިތުވި 22ށް ދުވަހުގެ ތެރޭގައި މި ބަލީގައި 50ށް ވުރެ ގިނަ މީހުން ރާއްޖެއިން ނިޔާވެފައިވާ ކަމަށާއި ކުރިއާ ޚިލާފަށް މިހާރު ނިޔާވާ މީހުންގެ ތެރޭގައި ނިސްބަތުން އުމުރުން ހަގު މީހުން ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ އުމުރުން 50 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން މަރުވާ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރުވެ، މި ބަލީގައި ނިޔާވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ހުޅުމާލޭގައި ހުންނަ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދާ މީހުންކަން ފާހަގަކުރެވޭ ކަމަށެވެ.

މެންބަރު ވިދާޅުވީ މަދު ވަސީލަތްތަކާއެކު ޑޮކްޓަރުންނާއި ނަރުހުން އަދި އިސްސަފުގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރައްވާ މަސައްކަތް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ.

އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދިނުމުގައި މައްސަލައެއް ނުވަތަ ދަތިތަކެއް ހުރިތޯބަލައި އެ ދަތިތައް ހައްލުކުރުމަށް ސަރުކާރަށް އެޅޭނެ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމިޓީން ދިރާސާކޮށް މިކަމާގުޅިގެން އަވަސް ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލައި މައްސަލަ ހުށަހަޅުއްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު