Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް ހާލަތުގައި ރައީސްގެ ކަންބޮޑުވުން

އޮތީ ސިއްހީ އެހީތެރިންގެ ދަތިކަން އެކަނި - ރައީސް

26 މެއި 2021 | ބުދަ 04:18

ނަރުސްކަން ކިޔަވާ ކުދިން ވެސް މަސައްކަތަށް ނެރެމުން ދަނީ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 26 މެއި 2021 | ބުދަ 04:18
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް - އިންސާނީ ވަސީލަތް އިތުރު ކުރުމަށް މަސައްކަތް ކުރަމުން ދަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް - އިންސާނީ ވަސީލަތް އިތުރު ކުރުމަށް މަސައްކަތް ކުރަމުން ދަނީ

ސިއްޙީ އެހިތެރިންގެ ދަތިކަން ފިޔަވައި އިތުރު ދަތިކަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދު ބުދަ ދުވަހު ފުރަބަންދު ކުރުމަށް ނިންމުމާ ގުޅިގެން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ކޮވިޑްގެ ހާލަތު މިހާ ގޯސްވެފައިވީ ނަަމަވެސް ސިއްޙީ އެހީތެރިންގެ ދަތިކަން ފިޔަވައި އިތުރު އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، މިކަމުގައި ސަރުކާރު ފެއިލް ނުވާ ކަމަށެވެ.

Advertisement - newsAdvertisement

ސިއްޙީ އެހީތެރިން ހޯދުމަށް އަވަށްޓެރި ގައުމުތަކުގެ އެހީއަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ އިންސާނީ ވަސީލަތް ހޯދުމުގެ އެހީތެރިކަން ބަންގްލަދޭޝާއި އިންޑިއާގެ ކިބައިން އެދިފައިވާނެ ކަމަށާއި، އަންނަ މަހުގެ ތެރޭގައި 40 ޑޮކްޓަރުންނާއި 100 ނަރުހުން އެގައުމުތަކުން ރާއްޖޭގެ ސިއްޙީ ޚިދުމަތާ ގުޅޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަވަށްޓެރި ގައުމުތަކުން ވެސް އެ އެހީތެރިކަން ލިބުމުގައި ދަތިވެފައިވަނީ އެ ގައުމުތަކުގައި ވެސް ކޮވިޑްގެ ހާލަތު ގޯސްވެފައިވުމުގެ ސަބަބުން ކަމަށެވެ. ރާއްޖޭގައި ކޮވިޑަށް ފަރުވާދޭނެ ތަންތަނުގެ ދަތިކަމެއް ނެތްކަމަށާ، ދަތިކަން އޮތީ ފަރުވާދޭނެ ޚިދުމަތްތެރިންގެ ޢަދަދު މަދުވުމުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ނަރުސްކަން ކިޔަވާ 144 ދަރިވަރުންގެ ތެރެއިން 14 ދަރިވަރަކު ހުޅުމާލެ މެޑިކަލް ފެސިލިޓީއާ ހޯމަ ދުވަހު ގުޅިފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އިތުރު 15 ދަރިވަރަކު ވެސް ގުޅޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހުޅުމާލޭ ފެސިލިޓީގައި ކޮންމެ 10 ބަލިމީހަކަށް މިވަގުތު ފަރުވާދެމުންދަނީ ނަރުހަކާއި، އެހީތެރިއެއް ކަމަށާއި މިއީ މަދު އަދަދެއްކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު މީހުން ލިބުމުން މިކަން ހައްލު ވެގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.

ބަލި މީހުނަށް ދޭ ޚިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން 62 މީހަކާއި ބަލި މީހުންގެ އާއިލާތަކަށް ގުޅާނެ އިންތިޒާމު ހަމަޖެއްސުމަށް 31 މީހުންގެ ކޯލް ސެންޓަރެއް ވެސް ގާއިމްކުރެވި މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޖެންޑަރ މިނިސްޓްރީގެ ފަރާތުން ބަލި މީހުނަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 20 މީހުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަން ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް