Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑުން އަރައިގަތުމުގެ މަސައްކަތް

ފިޔަވަޅުތަކާއެކު ޖުލައި މަހު އާންމު ހާލަތައް އައުމަށް އުންމީދުތަކެއް

25 މެއި 2021 | އަންގާރަ 21:08

މެއި މަހު ފެށުނުއިރު މާލެ ސަރަހައްދުގައި ޕޮޒިޓިވިޓީ ރޭޓް ހުރި 50 އިންސައްތައިން 45ށް މިހާރު ވަނީ ދަށްކޮށްފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 25 މެއި 2021 | އަންގާރަ 21:08
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް

ކޮވިޑް-19ގައި ރާއްޖެ މިހާރު ކުރިމަތިލާފައިވާ އެންމެ ބިރުވެރި ޙާލަތުން އަރައިގަތުމުގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށް ޖުލައި މަހު އަރައިގަނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އަންދާޒާކުރައްވައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އަމާޒުހިއްޕަވާފައިވަނީ ލޮކްޑައުންއަކަށް ދިއުމަކަށް ނޫންކަމަށެވެ. އަދި ފިޔަވަޅުތައް ހަރުކަށިކޮށް ކޭސްތަކުގެ އަދަދު ބެލެންސްކޮށް މި ދަނޑިވަޅުގައިވެސް އަމާޒުހިއްޕަވާފައިވާަނީ އިޤްތިޞާދު ހިންގަން ކަމުގައި ވިދާޅުވިއެވެ. ރާއްޖެއިން ކޮވިޑްގެ މި ޙާލަތުގައިވެސް އިޤްތިޞާދު ހިންގޭނެކަން މުޅި ދުނިޔެއަށް ދައްކާދީފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ، މި ފިޔަވަޅުތަކުން މިއަދުވެސް ފަތުރުވެރިކަން ހުއްޓުމަކަށް ނައިސް ހިނގާކަން ފެންނަކަމަށް ވިދާޅުވެފައެވެ. މެއި މަހު ފެށުނުއިރު މާލެ ސަރަހައްދުގައި ޕޮޒިޓިވިޓީ ރޭޓް 50 އިންސައްތައިގައި ހުރިއިރު، އެޅި ހަރުކަށި ފިޔަވަޅުތަކުން މި ނިސްބަތް 5 އިންސައްތައިން ދަށްކޮށް 45 އިންސައްތައަށް ވަނީ ދަށްކޮށްފައެވެ. އަދި މިހާރު އިތުރަށް ހަރުދަނާކޮށްފައިވާ ފިޔަވަޅުތަކުން މިކަމުގެ ނަތީޖާ އިތުރަށް ފެނިގެންދާނެކަމަށް އުންމީދުކުރައްވާ ރައީސް ޞާލިޙް ވަނީ ޖުލައި މަހު އަރައިގަނެވޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވަނީ ރާއްޖޭގައި ކޮވިޑްގެ ޙާލަތު ގޯސްވެގެން ދިޔަ އިރު، ބައްޔަށް ޓެސްޓްކުރުމުގެ ކަންކަންވެސް ބޮއްސުންލިކަމަށް ވިދާޅުވެފައެވެ. އެގޮތުން މޫސުން ގޯސްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ގެނައި ސާމްޕަލްތައް އެކި ސަބަބުތަކާއިހުރެ ބެކްލޮގްގައި އިތުރުވިކަމަށް ވިދާޅުވިއެވެ. މިއީ ރާއްޖޭގައި އެއްފަހަރާ ކޭސްތައް ރިކޯޑް މިންވަރަކަށް ކޭސްތައް އިތުރުވި ސަބަބުކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މިހާރު މިކަން ހަމައަކަށް އެޅުވިފައިވާކަމަށް ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ރާއްޖޭގެ ޙާލަތު ކޮންޓްްރޯލްކުރުމަށް އެންމެންގެ އެއްބާރުލުމަށް ގޮވާލައްވާފައެވެ. އަދި ބަލީގެ ޙާލަތު ކޮންޓްރޯލް ނުވެއްޖެނަމަ މިހާރު ފެންނަ ވަރަށްވުރެވެސް އިތުރަށް ކޮވިޑްގައި މީހުންގެ މަރު ރިކޯޑް ކުރެވުމުގެ ބިރު އެބައޮތްކަމުގައި ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު ޙާލަތް އޮތްގޮތުން ފަރުވާދޭނެ ޚިދުމަތްތެރިން އިންތިހާއަށް މަދުވެ ކަމަށާއި، މިކަމަކީވެސް ރާއްޖޭގައި މަރު އިތުރުވާ ސަބަބަކަށްވުން ގާތްވެފައިވާކަމަށް ވިދާޅުވިއެވެ. މި މައްސަލަ ހައްލުކުރުމަށް ވަކި ޤައުމަކަށް ނުބަލާ 100 ނަރުހުންނާއި 100 ޑޮކްޓަރުން ޖުލައި މަހުގެ މެދުތެރޭ ފްރަންޓްލައިނާއި ގުޅޭނެކަމަށް ހެލްތް މިނިސްޓްރީއިން ވަނީ ބުނެފައެވެ. މިއާއެކު ލޯޑްކުޑަވެ ބަލި ކޮންޓްރޯލްކުރުމަށް އައު ބާރެއް ލިބޭނެކަމަށް އެ މިނިސްޓްރީއިން ފާހަގަކުރެއެވެ.

ކޮވިޑް-19ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް