Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުހައްމަދު ނޫރައްދީން އަވަހާރަވުން

ރަނގަޅު އިރުޝާދާއި ލަފާ ދެއްވި އެއް ބޭފުޅަކީ އަލްއަމީރު މުހައްމަދު ނޫރައްދީން- ރައީސް ނަޝީދު

25 މެއި 2021 | އަންގާރަ 08:45

މުހައްމަދު ނޫރައްދީނަކީ ރާއްޖޭގެ ރަސްކަން ކުރެއްވި އައްސުލްތާން ހަސަން ނޫރައްދީނުގެ ދަރިކަލެއް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 25 މެއި 2021 | އަންގާރަ 08:45
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްއަމީރު މުހައްމަދު ނޫރައްދީނަކީ އެންމެ ރަނގަޅު އިރުޝާދާއި ލަފާދެއްވި ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިިދާޅުވީ ސަރުކާރަށް 53 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްއަމީރު މުހައްމަދު ނޫރައްދީން ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން މަޖިލީހުގެ ފަރާތުން އެ އާއިލާއަށް ތައުޒިޔާ ވިދާޅުވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ އަލްއަމީރު މުހައްމަދު ނޫރައްދީނަކީ މީސްތަކުންގެ ލޯތްބާއި އިހުތިރާމް ލިބިވަޑައިގަތް ބޭފުޅެއް ކަމަށެވެ. އަދި ދުވަހަކުވެސް ކޮރަޕްޝަންގެ އިލްޒާމެއް ނުވަތަ އަނިޔާވެރިވެވަޑައިގަތް ކަމުގެ އިލްޒާމެއް އިސްތަށިފުޅުގައި ނޭޅޭ ކަމަށެވެ. މީގެ އިތުރުން އެއީ ކުޅިވަރަށް ލޯބި ކުރެއްވި ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ.

އަދި އެއީ ދިވެހި ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބެފުޅެއްކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ހަނދާންވާ ގޮތުގައި ބޮޑުވަޒީރުގެ ނައިބު ކަމާއި އަދި ގިނަ ވުޒާރާތަކެއް ހިންގެވުމާއި ވުޒާރާތަކުގެ ނައިބުކަން ވެސް ކުރައްވާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ބެހެއްޓެވި ދީލަތިކަމާއި ދެއްވި ނަސޭހަތް ހަދާނުން ފިލައިގެން ނުދާނެ ކަމަށެވެ. އަދި މަރްހޫމަށް ސުވަރުގޭގެ މަތިވެރިކަން ލައްވައި އާއިލާއަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް ދުޢާ ކުރައްވާ ކަމަށެވެ.

އަލްއަމީރު މުހައްމަދު ނޫރައްދީނަކީ ދޮންބަންޑާރައިންގެ ބުރަކަށިފުޅުން ވާރުތަވެގެން ސީދާ ވަޑައިގަތް ރަސްރަސްކަލުންކުރެ، އެންމެފަހު ރަދުންކަމުގައިވާ އަލްސުލްތާން ހަސަން ނޫރައްދީން (ދެވަނައި) ގެ މަނިއްޕުޅެކެވެ. އަލްމަރްހޫމް އަލްއަމީރު މުހައްމަދު ނޫރައްދީންގެ ބައްޕާފުޅަކީ ހުރާ ދަރިކޮޅު ދެކަފިވެގެން ދިޔައިރު، މާންދޫގެ އެއްގަމުގެ ފަޅިން، ރަސްކަމަށް ވާރުތަވެވަޑައިގަތް އެންމެ ފަހު ރަދުންނެވެ.

ދެވަނަ ބޮޑު ހަނގުރާމަ ފެށުނުއިރު ރާއްޖޭގެ ތަޚުތުގައި އިންނެވި ރަދުންނެވެ. އަދި 20 ވަނަ ގަރުނުގައި ރާއްޖޭގެ އެންމެ މަތީ ވެރިންކުރެ ހަމައެކަނި އިސްތިއުފާ ދެއްވި ވެރިޔާއެވެ. އެއީ 1943 ގައެވެ. މަރުހޫމުގެ ކާފާފުޅަކީ، 1889 ގައި މަޖްބޫރު ހާލަތުގައި، އިނގިރޭސިންގެ ހިމާޔަތުގެ އެގްރީމަންޓްގައި ސޮއި އެޅުއްވި ރަދުންކަމުގައިވާ ކުޑަބަންޑާރައިންނެވެ. މަރުހޫމްގެ މަންމާފުޅަކީ، ދަނޑިކޮށީގެ ކުޑަހުއްތުގެ މުހައްމަދުދީދީގެ ބޮޑުދައިތައެވެ.

މުހައްމަދުު ނޫރައްދީން

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް