Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާޒީ ރަޝީދު އިސްތިއުފާ ދެއްވުން

ގާޒީ އިސްމާއީލް ރަޝީދު އިސްތިއުފާ ދެއްވައިފި

24 މެއި 2021 | ހޯމަ 20:53

ޖޭއެސްސީގެ ތަހުގީގަށް ފެނުނު ޕެންޑްރައިވްއަކީ އެމަނިކުފަނުގެ ޕެންޑްރައިވެއް ނޫން

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 24 މެއި 2021 | ހޯމަ 20:53
ގަޒީ އިސްމާއިލް ރަޝީދު

ގަޒީ އިސްމާއިލް ރަޝީދު

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ހުށަހަޅާފައި ވަނިކޮށް، އިސްތިއުފާ ދެއްވައިފިއެވެ.

ގާޒީ އިސްމާއިލް ރަޝީދު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. އިސްތިއުފާ ދެއްވިކަން އާންމުކޮށް އިސްމާއިލް ރަޝީދު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން އަށް ހުށަހެޅި ސިޓީވެސް ޓުވީޓުކޮށްފައެވެ. އިސްތިއުފާ ދިން ސަބަބެއްގެ ގޮތުގައި ސިޓީގައި ވަނީ މިނިވަންކަމާ އަދުލަށް ހުކުމް ކުރުމުން އެއްކިބާވެފައިވާ އިންސާފުގެ މަގުން ފަނޑިޔާރުކަން ކުރެވޭނެ މާހައުލެއް، ގާއިމްވެފައި ނެތުމެވެ. އަދި ދިވެހިރާއްޖޭގެ މުޅި ފަނޑިޔާރުގެ ވަނީ ސިޔާސީ ފަރާތެއްގެ ވަކިތަކުގެ ދަށުގައި ތާށިވެފައި ކަމަށް ވެސް ސިޓީގައި ވެއެވެ.

Advertisement - newsAdvertisement

އިސްމާއިލް ރަޝީދު ވިދާޅުވީ ފަނޑިޔާރުކަމުގެ މަގާމުގައި ހޭދަކުރި ހުރިހާ ދުވަހެއްގައިވެސް ޢަމަލުކޮށްފައިވާނީ ދިވެހިރާއްޖޭ ގެ ގާނޫނު އަސާސީއާ އެންމެހައި ގާނޫނުތަކާ އިސްލާމީ ޝަރީއަތުގެ އެންމެހައި ކަންކަމަކީ މަސައްކަތުގެ އަސާސްކަމުގައި ބަލައިގެން އިންސާފާއި ހަމަހަމަކަމާއި ހާމަކަމާއި އެކުގައެވެ. އަދި އެއްވެސް މީހަކަށް ގާނޫނުން ބޭރުން ނުހައްގު ފައިދާއެއް ލިބޭނެހެން ނުވަތައް ނާއިންސާފުން ވެސް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.

ގާޒީ އިސްމާއިލް ރަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާއިރު ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި 7 ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅުމުގެ ކުރިން ވެސް އެ ދައުވާތަކުގެ ނިންމުން ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު އޮތީ ލިޔެފައި ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގުން ހާމަވެފައިވެއެވެ. އެގޮތުން ޖޭއެސްސީގ ތަހުގީގުން ހޯދުނު ޕެންޑްރައިވެއްގައި އެ މައުލޫމާތުތައް ހުރި ކަމަށް ބުނެފައިވާއިރު ގާޒީ ރަޝީދު ވަނީ އެވާހަކަވެސް ދޮގުކުރައްވާފައެވެ.

އިސްތިއުފާގެ ސިޓީގައި ވިދާޅުވީ ޖޭއެސްސީގެ ތަހުގީގަށް ފެނުނު ޕެންޑްރައިވްއަކީ އެމަނިކުފަނުގެ ޕެންޑްރައިވެއް ނޫން ކަމަށެވެ. އަދި އެކަމާ ގުޅިގެން އެއްވެސް ސުވާލެއް އެމަނިކުފާނާ ކުރައްވާފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

ގާޒީ ރަޝީދު ވިދާޅުވީ އަމިއްލަ ފަރުދަކުވިޔަސް ދައުލަތުގެ ކަމެއް ހިންގާން ހުރި ފަރާތަކުންވެސް ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒުފޯރުވައިގެން ނުވާނޭކަމަށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ މިންގަނޑުން އެއްކިބާވެ، ފަނޑިޔާރަކު ނިންމި ނިންމުމަކާގުޅިގެން މައްސަލައެއް ބެލުމަކީ، ޖޭއެސްސީން ޤާނޫނުއަސާސީ ބޮލާލައި ޖަހާފައިވާކަން އަންގައިދޭ ކަމެއް ކަމަށެވެ. އަދި މުސްތަގިއްލުކަން ގެއްލި ފަނޑިޔާރުންނަށް މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މާހައުލެއް ނެތްކަން އަސްލެއްނެތް ޕެންޑްރައިވް ގެމައްސަލައިންވެސް ސާބިތުވާ ކަމަށް ވިދާޅުވެފައިވެއެވެ.

2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަޤާމަށް އައްޔަނު ކުރެވުނު ގާޒީ އިސްމާއިލް ރަޝީދަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ކްރިމިނަލް ކޯޓުން ބާތިލުކުރިއިރު، އެ މައްސަލަ ބެއްލެވި ގާޒީއެވެ. އޭރު މައްސަލަ ސާބިތު ކުރި ސަބަބެއް އަދި ހަވާލާދިން ގާނޫނުގެ މާއްދާއެއް ހުކުމުގައި ބަޔާންކޮށްފައި ނުވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ވެސް ދިޔައީ ބުނަމުންނެވެ.

ޖޭއެސްސީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި
30 ނޮވެމްބަރު 2025

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި
26 ނޮވެމްބަރު 2025

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން
24 ނޮވެމްބަރު 2025

ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ

24 ނޮވެމްބަރު 2025
ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
20 ނޮވެމްބަރު 2025

ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި

20 ނޮވެމްބަރު 2025
ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި
26 އޮކްޓޯބަރު 2025

ޖޭއެސްސީގެ ރައީސް ރިޒާ އިސްތިއުފާ ދެއްވައިފި

26 އޮކްޓޯބަރު 2025
ޖޭއެސްސީގެ ރައީސް ރިޒާ އިސްތިއުފާ ދެއްވައިފި
23 އޮކްޓޯބަރު 2025

ޕީއެންސީ ޓިކެޓުގައި މަޖިލީހަށް ވާދަކުރި ޔަޒްމީދު، ޖޭއެސްސީ ގެ ނައިބު ރައީސްކަމަށް

23 އޮކްޓޯބަރު 2025
 ޕީއެންސީ ޓިކެޓުގައި މަޖިލީހަށް ވާދަކުރި ޔަޒްމީދު، ޖޭއެސްސީ ގެ ނައިބު ރައީސްކަމަށް
08 އޮކްޓޯބަރު 2025

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ކުރިމަތިލި މަހާޒަށް މަޖިލީހުން ރުހުމެއް ނުދިން!

08 އޮކްޓޯބަރު 2025
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ކުރިމަތިލި މަހާޒަށް މަޖިލީހުން ރުހުމެއް ނުދިން!
25 ސެޕްޓެމްބަރު 2025

ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި

25 ސެޕްޓެމްބަރު 2025
ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް