Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރަހައްދީ ކޮމަންވެލްތުގެ ބައްދަލުވުން

ދުނިޔޭގެ އެވަރެޖް ފިނިހޫނުމިން 1.5 ޑިގްރީއަށްވުރެ މަތިވިޔަ ނުދިނުމަށް ރައީސް ގޮވާލައްވައިފި

24 މެއި 2021 | ހޯމަ 18:02

ސިންގަޕޫރާއި ބަންގްލަދޭޝާއި މެލޭޝިއާގެ އިތުރުން ސްރީލަންކާގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 24 މެއި 2021 | ހޯމަ 18:02
ރައީސް އިބްރާހީމް މުހައްމަދު ޞާލިހް

ރައީސް އިބްރާހީމް މުހައްމަދު ޞާލިހް

ދުނިޔޭގެ އެވަރެޖް ފިނިހޫނުމިން 1.5 ޑިގްރީއަށްވުރެ މަތި ނުވާ ވަރަށް ހިފެހެއްޓުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ގޮވާލައްވައިފިއެވެ.

ރައީސް މިކަމަށް ގޮވާލެއްވީ, އޭޝިއާ ރީޖަނަލް ކޮމަންވެލްތު ހެޑްސް އޮފް ގަވަމެންޓް ވައްމޭޒު ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގެން ދެއްވި ޚިތާބުގައެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމަކީ މޫސުމީ ބަދަލުތަކާއި ގުޅިގެން ކުދި ގައުމުތަކަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަތުމަށް އެހީތެރިވެ ދިނުމުގައި, މޫސުމީ ބަދަލަށް މާލީ އެހީ ދިނުމަށް ވައުދުވި ގައުމުތަކުން ގާއިމުވެ ތިބިތިބުން ކަށަވަރުކުރުމަށް ޕްރިންސް ޗާލްސްގެ އިސްނެންގެވުމަކަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މޫސުމީ ކުއްލި ހާލަތްތަކުން އަރައިގަތުމުގައި ކުދި ގައުމުތަކަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ރައީސް ސާލިހް މަޝްވަރާކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި, މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލް ކުރެވޭނީ ތިމާވެއްޓާ ރައްޓެހި ގްރީން ޓެކްނޮލޮޖީ އިންވެސްޓްމަންޓްތަކާއި އެކަށީގެންވާ އެއްބާރުލުން ލިބިގެންކަން ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތްތައް ކުރުމުގައި މާލީ ގާބިލުކަން ހުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެއާއެކު, ކޮޕް26 ގައި މިކަމަށް ވަކާލާތު ކޮށްދިނުމަށް ބައްދަލުވުމުގެ ބައިވެރީންގެ ކިބައިން ރައީސް އެދިވަޑައިގެންނެވިއެވެ.

ކޮވިޑް 19 އާލަމީ ވަބާއާ ގުޅިގެން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރާވާފައިވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން, ރާއްޖޭގެ އިގްތިސާދާއި ކަނޑާއި ހުރި ގުޅުން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އެންމެ މުހިންމު ކަމަކީ ރާއްޖެއިން ލިބެންހުރި ވަސީލަތްތައް ރައްކާތެރި ކުރުން ކަމަށާއި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް އިގްތިސާދު އަލުން ބިނާކުރުން ކަމަށެވެ. އަދި ރާއްޖޭގެ މޫސުމާބެހޭ ޕްލޭންތަކުގެ މައިގަނޑު ދެ ސިޔާސަތަކީ, މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމާއި, މޫސުމީ ބަދަލުތަކަށް ހޭނުން ކަމަށް ވިދާޅުވިއެވެ.

ރައީސް ސާލިހް ވަނީ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން, ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ބައްޓަން ކުރުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށް އަލި އަޅުއްވާލައްވާފައެވެ. އެގޮތުން 2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެ ކާބަން އެމިޝަންސް ނެޓް ޒީރޯއަށް ހެދުން ހިމެނޭހެން, ކްލައިމެޓް އިމަރޖަންސީ ގާނޫނެއް ތަސްދީގު ކުރެވިގެން ދިޔަކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ, ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު އޮތް ގުޅުން ފާހަގަކުރައްވާ, ހުރިހާ އަތޮޅެއްގައި ވެސް ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތައް ކަނޑައެޅިފައި ވާކަމަށް ވިދާޅުވިއެވެ.  

މި ބައްދަލު ވުމުގައި ސިންގަޕޫރާއި, ބަންގްލަދޭޝާއި, މެލޭޝިއާގެ އިތުރުން ސްރީލަންކާގެ އިސް ވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއީ އިނގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް ޗާލްސް އިސްނަންގަވައިގެން ސިލްސިލާކޮށް ކުރިއަށް ގެންދިޔަ ސަރަހައްދީ ކޮމަން ވެލްތު ގައުމުތަކުގެ އިސް ވެރީންގެ އެންމެ ފަހު ބައްދަލުވުމެވެ. މި ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވިގެން ދިޔަ މައުޟޫތަކުގެ ތެރޭގައި އިގްތިސާދު އަލުން އާރާސްތު ކުރުމާއި, މޫސުމަށް އަންނަ ބަދަލުތަކާއި, ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްކުރުން ހިމެނެއެވެ. މި ބައްދަލުވުންތަކުގެ އަމާޒަކީ ކޮޕް26 އަށް ތައްޔާރުވުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް