Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްކޮޑުގައި ރާމޯސް ނުހިމެނުން

ރާމޯސްއަށް ސްޕެއިނުގެ ސްކޮޑުން ފުރުސަތެއް ނެތް

ސްޕެއިނުގެ ސްކޮޑުގައި ރެއާލުގެ އެއްވެސް ކުޅުންތެރިއަކު ނުހިމެނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 24 މެއި 2021 | ހޯމަ 17:53
ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ރާމޯސް

ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ރާމޯސް

ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ސްޕެއިނުން އެކުލަވާލި ސްކޮޑުން ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސްއަށް ފުރުސަތު ނުދޭން ނިންމައިފިއެވެ.

ޔޫރޯއަށް ސްޕެއިނުން 24 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލިއިރު، އެ ސްކޮޑުގައި އުމުރުން 35 އަހަރުގެ ރާމޯސް ހިމަނާފައިނުވަނީ މި ސީޒަނުގައި އޭނާއަށް ކުރިމަތިވި އަނިޔާގެ މައްސަލަތަކާ ގުޅިގެންނެވެ. އެގޮތުން މި އަހަރު ރެއާލަށް ރާމޯސް ކުޅެދީފައިވަނީ އެންމެ ހަތް މެޗެވެ.

ސްޕެއިނުގެ ސްކޮޑުން ރާމޯސްއަށް ފުރުސަތު ގެއްލުނުއިރު، އޭނާއަކީ ސްޕެއިނުން 2008 އަދި 2012 ވަނަ އަހަރު ޔޫރޯ އާއި، 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު އެ ޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިއެކެވެ. އަދި މި ފަހަކަށް އައިސް ސްޕެއިން ކެޕްޓަން ބޭންޑް އަޅައިގެން ރާމޯސް ގިނަ މެޗުތަކެއް ކުޅެފައިވާއިރު، އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 180 މެޗު ކުޅެދީފައެވެ.

ޔޫރޯއަށް އެކުލަވާލި ސްކޮޑުގައި ރާމޯސް ހިމަނާފައިނުވާއިރު، މި ސްކޮޑުގައި ރެއާލް މެޑްރިޑުގެ އެއްވެސް ކުޅުންތެރިއަކުވެސް ނުހިމެނެއެވެ. މިއީ ބޮޑު މުބާރާތަކަށް ރެއާލުގެ ކުޅުންތެރިއަކު ނުލައި ސްޕެއިން ނުކުންނާނެ ފުރަތަމަ ފަހަރެވެ.

ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ސްޕެއިނުން ޔޫރޯއާ ކުރިމަތިލާއިރު، ފައިނަލް ސްކޮޑުން އެންރީކޭ ވަނީ މެންޗެސްޓާ ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓަށް ފުރުސަތު ދީފައެވެ. ސްޕެއިނުގެ ސްކޮޑުގައި އުމުރުން 26 އަހަރުގެ ލަޕޯޓް ފުރަތަމަ ފަހަރަށް ހިމެނިއިރު، ދާދި ފަހުން އޭނާ ވަނީ ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުމުގެ ފުރުސަތު ނުލިބުމުން، ސްޕެއިނުގެ ގައުމީ ޓީމަށް ކުޅެން ނިންމާފައެވެ.

އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޔޫރޯ ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، ސްޕެއިން ހިމެނެނީ ގްރޫޕް އީގައެވެ. މި ގްރޫޕުގައި ދެން ހިމެނޭ ގައުމުތަކަކީ ސްވިޑެން، ޕޮލެންޑް އަދި ސްލޮވާކިއާއެވެ.

ސާޖިއޯ ރާމޯސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރެއާލް އަށް ބަދަލުވެ، އެމްބާޕޭ ހުންނާނީ ރާމޯސްގެ ގޭގައި

ރެއާލް އަށް ބަދަލުވެ، އެމްބާޕޭ ހުންނާނީ ރާމޯސްގެ ގޭގައި

05 މެއި 2024
ޕީއެސްޖީއާއެކު މެސީއާއި ރާމޯސްގެ ފަހު މެޗު ބައްޔަކުން ނިމިއްޖެ

ޕީއެސްޖީއާއެކު މެސީއާއި ރާމޯސްގެ ފަހު މެޗު ބައްޔަކުން ނިމިއްޖެ

04 ޖޫން 2023
ރާމޯސް އަށް ވެސް ސައުދީ ލީގުގެ ހުށަހެޅުމެއް

ރާމޯސް އަށް ވެސް ސައުދީ ލީގުގެ ހުށަހެޅުމެއް

03 ޖޫން 2023
ސާޖިއޯ ރާމޯސްވެސް ޕީއެސްޖީ ދޫކޮށްލާކަން އިއުލާންކޮށްފި

ސާޖިއޯ ރާމޯސްވެސް ޕީއެސްޖީ ދޫކޮށްލާކަން އިއުލާންކޮށްފި

03 ޖޫން 2023
ސާޖިއޯ ރާމޯސް: 235 ކާޑާއެކު ރެފްރީން ވެސް ޖެހިލުންވި، އެކަތައިގެ ޑިފެންޑަރެއް!

ސާޖިއޯ ރާމޯސް: 235 ކާޑާއެކު ރެފްރީން ވެސް ޖެހިލުންވި، އެކަތައިގެ ޑިފެންޑަރެއް!

25 ފެބުރުއަރީ 2023

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު