Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީސައަށް ތުހުމަތުކުރާ ގެވެށި އަނިޔާ މައްސަލަ

އަސްރާ އެދުނަސް މައްސަލައިގެ ތަހުގީގު ކުރިއަށްދާނެ - ފުލުހުން

އީސަގެ މައްޗަށް ތުުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލަ ހުށަހެޅީ 18 ވަނަ ދުވަހުގެ ރޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 24 މެއި 2021 | ހޯމަ 12:47
އަހްމަދު އީސާ، ކެނދިކުޅުދޫ ދާއިރާގެ މެމްބަރ - އީސަވަނީ އިޖުތިމާއި ކޮމިޓީން އިސްތިއުފާ ދެއްވައި، ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފައި

އަހްމަދު އީސާ، ކެނދިކުޅުދޫ ދާއިރާގެ މެމްބަރ - އީސަވަނީ އިޖުތިމާއި ކޮމިޓީން އިސްތިއުފާ ދެއްވައި، ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފައި

އީސައާ ދެކޮޅަށް ހުށަހަޅަފައިވާ ގެވެށި އަނިޔާގެ މައްސަލައިގެ ތަހުގީގު ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މައްސަލައަކީ ޖިނާއީ މައްސަލައަކަށްވާތީ އިސަގެ ކުރީގެ އަނބިކަނބަރުން އަސްރާ ނަސީމް، މައްސަލަ ކުރިއަށް ގެންދިޔުމަށް އެދުނު ނަމަވެސް ތަހުގީގު ކުރިއަށްދާނެ ކަމަށެވެ. އީސައާއި ދެކޮޅަށް އޭނާގެ ކުރީގެ އަނބިކަބަލުން އަސްރާ ނަސީމް ފުލުހަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދިއުމަށް އޭނާ ފުލުހުންގެ ކިބައިން ވަނީ އެދިފައެވެ. އެހެންނަމަވެސް އެދުނީ ކޮންސަބަބަކާހުރެ ކަން އަދި ސާފެއް ނުވެއެވެ.

މެމްބަރު އީސައަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މެމްބަރު އީސަ ހެއްކަށް ނުފޫޒު ފޯރުވާނެކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށެވެ. އެހެންކަމުން އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

ކްރިމިނަލް ކޯޓުގެ މި ނިންމުން އިސްތިއުނާފު ނުކުރުމަށް ޕީޖީ އޮފީހުން ނިންމާފައި ވަނީ, މި މައްސަލައިގެ ތަޙުޤީޤުގެ މައިގަނޑު މަސައްކަތްތައް ނިމި، ހުށަހެޅުމުގެ މަރުޙަލާގައި އޮތުމުން ކަމަށް އެއޮފީހުން ބުނެއެވެ. ޕީޖީ އޮފީހުން ބުނީ, މަސައްލައާއި ގުޅިގެން ތަޙުޤީޤަށް ހެކީގެ ގޮތުގައި ނަގަންޖެހޭ ބަޔާންތައް ނަގައި ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމަށް އޮތް ފުރުޞަތުކުޑަ ކަމަށެވެ.

އީސަގެ ގެވެށި އަނިޔާގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 18ވަނަ ދުވަހުގެރެއެވެ. އިސައާ ދެކޮޅަށް ގެވެށި އަނިޔާގެ މައްސަލަ ހުށަހެޅުއްވީ އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމެވެ. އެ މައްސަލާގައި ފުލުހުންނަށް ބަޔާން ދެއްވުމަށްފަހު އަސްރާގެ ފޭސްބުކް ސްޓޭޓަސްގައި ބުނެފައިވަނީ، އެ ކުރެވުނު ތަޖުރިބާއަކީ އެކަމަކަށް ދުވަހަކު ވެސް އުއްމީދުކޮށްގެން ހުރި ތަޖުރިބާއެއް ނޫން ކަމަށެވެ. އަދި ދަރިފުޅާއި އޭނާއަށް ވެސް މިއީ ވަރަށް ވެސް އުނދަގޫ ވަގުތެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު