Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑްގައި އިތުރު މީހަކު ނިޔާވުން

އިތުރު މީހަކު ނިޔާވެ މިއަދު ނިޔާވި މީހުންގެ އަަދަދު 6ށް

ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 މެއި 2021 | ހޯމަ 10:27
އާރްއާރްޓީ ޓީމް ހަރަކާތްތެރިވަނީ

އާރްއާރްޓީ ޓީމް ހަރަކާތްތެރިވަނީ

ކޮވިޑް-19ށް ފަރުވާ ހޯމަދުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

މިއީ ހޯމަ ދުވަހު ނިޔާވި 6 ވަނަ މީހާއެވެ. މިއާއެކު ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 135ށް އަރާފައެވެ. އެޗްޕީއޭއިން ބުނީ ހޯމަ ދުވަހު 135 ވަނަ މީހަކަށް ނިޔާވީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ އަށް ފަރުވާާ ދެމުން ދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ހޯމަ ދުވަހު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ 4 މީހަކާއި އައިޖީއެމްއެޗްގެ އެމަރޖެންސީ ރޫމަށް ރޭ ދަންވަރު ގެންދިޔަ މީހަކު ނިޔާވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ނިޔާވެފައިވަނީ އުމުރުން 81 އަހަރުގެ މީހަކާއި 58 އަހަރުގެ މީހެއްގެ އިތުރުން 77 އަހަރުގެ މީހަކާއި، 93 އަހަރުގެ މީހަކާއި 85 އަހަރުގެ މީހެއް ކަމަށެވެ. މީގެ ތެރެއިން 81 އަހަރުގެ މީހާއަކީ ފިރިހެނެއް ކަމަށާއި، އާދީއްތަ ދުވަހުގެރޭ ވަގުތެއްގައި އައިޖީއެމްއެޗްގެ އެމަރޖެންސީ ރޫމަށް އެމީހާ ގެންދެވުނު ފަހުން ދަންވަރު 2:02 ގައި ނިޔާވެފައިވާ ކަމަށެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 130 ވަނަ މީހާއެވެ.

މީގެ އިތުރުން 58 އަހަރުގެ މީހާއަކީ ވެސް ދިވެހި ފިރިހެނެއް ކަމަށާއި، އޭނާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި މީހާ ނިޔާވެފައިވަނީ އާދީއްތަ ދުވަހުގެ ފަތިހު 4:25 ގައެވެ. މިއީ 131 ވަނަ މަރެވެ.

އެޗްޕީއޭއިން ބުނީ ރޭ ފަތިހު 3:18 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 77 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައިވާ ކަމަށާއި މިއީ މި ބަލީގައި ނިޔާވި 132 ވަނަ މީހާ ކަމަށެވެ.

މީގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ހޯމަ ދުވަހުގެ ހެނދުނު 6:55 ގައި 93 އަހަރުގެ އުމުރުން ދުވަސްވީ މީހެއް ނިޔާވެފައިވާ އިރު، 7:44 ގައި ވެސް 85 އަހަރުގެ އުމުރުން ދުވަސްވީ މީހަކު ވަނީ ނިޔާވެފައެވެ.

މިހާތަނަށް ކޮވިޑްގައި ރާއްޖެއިން 134 މީހުން ނިޔާވެފައިވާ އިރު، ފަހަކަށް އައިސް މި ބަލީގައި ނިޔާވެގެން ދުވާލެއްގެ މައްޗަށް ރިޕޯޓް ކުރެވޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފްތާގެ ބުދަ ދުވަހަކީ އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވި ދުވަހެވެ. އެދުވަހު 7 މީހަކު ނިޔާވެފައިވާ އިރު، އާދިއްތަ ދުވަހު އެކަނި ވެސް 6 މީހަކު ނިޔާވެގެން ރިޕޯޓްކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކޮވިޑްގެ 52 މަރު ރިޕޯޓް ކުރި އިރު، މި މަހުގެ ތެރޭގައި އެކަނި ވެސް 61 މީހަކު ވަނީ ނިޔާވެފައެވެ.  

ކޮވިޑް-19

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު