Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްމާއިލް ފަތުހީ އަވަހާރަވުން

އިސްމާއީލް ފަތުހީ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

23 މެއި 2021 | އާދީއްތަ 17:33

އަވަހާރަވީ ކޮވިޑްގެ އާލާސްކަންފުޅުގައި އުޅުއްވުމަށްފަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 މެއި 2021 | އާދީއްތަ 17:33
އަލްމަރުހޫމް އިސްމާއީލް ފަތުހީ

އަލްމަރުހޫމް އިސްމާއީލް ފަތުހީ

ސަރުކާރަށް ވަރަށް ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިސްމާޢީލް ފަތުޙީ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މާފަންނު އެވިލާ އިސްމާޢީލް ފަތުޙީ، އަވަހާރަވީ ކޮވިޑު ބަލީގެ އާލާސްކަންފުޅުގައި މިއަދު ހަވީރު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 80 އަހަރެވެ. އިސްމާޢިލް ފަތުޙީ ދެމިއޮތުމުގެ އަވަހާރަވުމާ ގުޅިގެން އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މި ޚަބަަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށާއި، އިސްމާޢީލް ފަތުޙީއަކީ، ރާއްޖޭގެ އޮޑިޓް ދާއިރާއާއި މާލީ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އިސްމާޢީލް ފަތުޙީއަކީ ސަރުކާރުގެ މުދަލާއި ފައިސާ ޚަރަދުކުރުމުގައި، ސަރުކާރުން ގެންގުޅުއްވި އުޞޫލުތަކާއި ގަވާއިދުތަކުގެ ތެރެއަށް ވަރަށް ބޮޑަށް ވެދެވަޑައިގެން ހުންނެވި އަދި އޮޑިޓް ދާއިރާގެ މަޢުލޫމާތު ލިބިވަޑައިގެން ހުންނެވި ތަޖްރިބާކާރު ބޭފުޅެކެވެ. 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޚިދުމަތްތަކެއް އެމަނިކުފާނު ވަނީ ކޮށްދެއްވާފައެވެ. އެމަނިކުފާނާ ހަވާލުކުރެއްވި ކޮންމެ މަޤާމެއް ފުރުއްވާފައިވަނީ، ވަރަށް ތެދުވެރިކަމާއި ވަފާތެރިކަމާއެކުގައެވެ.

އިންޑިއާގެ ބޮމްބޭ ޔުނިވަރސިޓީއިން ކޮމާސް ޑިގްރީއެއް ހާސިލު ކުރައްވައިގެން، 1969 ވަނަ އަހަރު ރާއްޖެ ވަޑައިގަތުމުން، އޯޑިޓް އޮފީހުގެ އޮޑިޓަރ ކަމުގެ މަޤާމު އެމަނިކުފާނަށް ދެއްވިއެވެ. އަދި އެ ހިސާބުން ފެށިގެން އޯޑިޓުގެ ދާއިރާއިން މުވައްޒަފުން ތަމްރީނު ކުރެއްވުމަށްޓަކައި ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް އިސްމާޢީލް ފަތުޙީ ފެއްޓެވިއެވެ.

ރާއްޖޭގައި އެއްވެސްކަހަލަ ޓްރޭނިން އިންސްޓިޓިއުޓްތަކެއް އުފެދިފައި ނެތް ދުވަސްވަރެއްގައި، އެކައުންޓެންޓުން ތައްޔާރުކުރެއްވުމުގައި، އިސްމާޢީލް ފަތުޙީ އިސްނަންގަވައިގެން ކުރެއްވި މަސައްކަތްޕުޅުތައްވެސް ފާހަގަކޮށްލަންޖެހެއެވެ. ސަރުކާރުގެ މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓުމުގެ ގަވާއިދު، ފޮތެއްގެ ސިފައިގައި ފުރަތަމަ ނެރުމުގައިވެސް އިސްމާޢީލް ފަތުޙީގެ ހިއްސާ ވަރަށްބޮޑެވެ. މިދެންނެވި ގަވާއިދުތައް އެއްފޮތަކަށް ޗާޕުކުރައްވައިގެން އެންމެ ފުރަތަމަ ނެރުއްވީ 17 ޖެނުއަރީ 1974 ގައެވެ. އެއީ، ބޮޑުވަޒީރުގެ އޮފީހުގެ ދަށުން އޯޑިޓް އޮފީސް ހިނގަމުންދިޔަ ދުވަސްވަރުގައެވެ.

ރާއްޖޭގައި ހުޅުވުނު އެންމެ ފުރަތަމަ ބޭންކް ކަމަށްވާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ގޮފި ހުޅުވުނުއިރު، އެ ބޭންކްގައި ސަރުކާރުގެ އޮފީސްތަކުގެ އެކައުންޓްތައް ހިންގުމުގައި ހިސާބުތައް ގެންގުޅެންވީގޮތް އިންތިޒާމް ކުރެއްވުމުގެ މަސައްކަތުގައި އިސްމާޢީލް ފަތުޙީ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ. މީގެއިތުރުން، ރާއްޖޭގެ ވިޔަފާރީގެ ތަރައްޤީގައި ބޭންކެއްގެ ޚިދުމަތް ނިހާޔަތަށް ބޭނުންވެފައިވާތީ، އެ ބޭންކް އުފެއްދެވުމުގައި ބަންގްލަދޭޝްގެ ސަރުކާރާއި އަދި އެ ސަރުކާރު ހިމެނިފައިވާ ކުންފުނި ކަމަށްވާ [އިންޓަރނޭޝަނަލް ފައިނޭންސް އިންވެސްޓްމަންޓް ކޮމްޕެނީ] އާ ކުރެވުނު މަޝްވަރާތަކުގައި އެންމެ މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅަކީ ފަތުޙީއެވެ.

އަލްމަރުޙޫމް އިސްމާޢީލް ފަތުޙީއަކީ ފިނޭންސްގެ ދާއިރާގައިވެސް 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. 1979 ވަނަ އަހަރުގެ ކުރިން ސަރުކާރުގެ ބަޖެޓް ތައްޔާރު ކުރައްވަމުން ގެންދެވީ އޯޑިޓް އޮފީހުންނެވެ. ލިބޭ އާމްދަނީއަށްވުރެ ޚަރަދު ބޮޑުނުވާނެ ގޮތަކަށެވެ. އެހެންނަމަވެސް، 1979 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ފަރާތުން ބަޖެޓް ސިޔާސަތު ބަދަލުކުރައްވައި، ތަރައްޤީގެ ބަޖެޓަކަށް އަމާޒު ކުރެއްވިއެވެ. އެމަނިކުފާނު ވަނީ ޑިރެކްޓަރ އޮފް ފިނޭންސްގެ މަޤާމުގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް ކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.

11 ނޮވެމްބަރ 1993 ގައި އޮޑިޓަރ ޖެނެރަލް ކަމުގެ މަޤާމަށް އިސްމާޢީލް ފަތުޙީ ހަމަޖެއްސެވިއެވެ. އެދުވަހުން ފެށިގެން އޯޑިޓް އޮފީސް ރާއްޖޭގެ ތަރައްޤީއާ އެއްފެންވަރަށް ގެންނަވައި، ހަރުދަނާ ކުރެއްވުމަށްޓަކައި ތަފާތު މަޝްރޫޢުތައް ހިންގަވައި، ގިނަގުނަ މަސައްކަތްޕުޅުތަކެއް އެމަނިކުފާނު ކުރައްވާފައިވެއެވެ. އޮޑިޓަރ ޖެނެރަލް ކަމުގެ މަޤާމުގައި 14 އަހަރަށްވުރެ ގިނަ ދުވަހު ހުންނެވިއެވެ. ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަޤާމަށް 16 ޖެނުއަރީ 2008 ގައި އިސްމާޢީލް ފަތުޙީ ހަމަޖެއްސެވިއިރު، އެމަނިކުފާނު ހުންނެވީ އޮޑިޓަރ ޖެނެރަލް އަދި މިނިސްޓަރ އޮފް ސްޓޭޓް ކަމުގެ މަޤާމުގައެވެ.

1981 ވަނަ އަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އުފެއްދެވުމުގައިވެސް އަލްމަރްޙޫމް އިސްމާޢީލް ފަތުޙީ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ. ޤާނޫނުގައިވާ ގޮތުގެ މަތިން، އެ އޮތޯރިޓީގެ ވައިސް ގަވަރނަރ ކަމުގެ މަޤާމު އެމަނިކުފާނު އަދާކުރައްވަން ޖެހިވަޑައިގަތެވެ. ބޭންކްތަކާއި މަނިޓަރީ އޮތޯރިޓީއާ ދެމެދު ހިނގާ މުޢާމަލާތުތަކާއި، ދިވެހި ފައިސާގެ އަގު ހިފެހެއްޓެވުމުގަޔާއި، ޤައުމުގެ ތަރައްޤީއަށް ފަހިވާނެ ގޮތެއްގައި، އެ އޮތޯރިޓީގެ މަސައްކަތްތައް އެމަނިކުފާނު ކުރައްވާފައިވެއެވެ.

ދިވެހި ސަރުކާރު ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މާލީ އިދާރާތަކަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ގަވަރނަރކަމާއި އޯލްޓަރނޭޓް ގަވަރނަރުކަންވެސް އެމަނިކުފާނު ކުރައްވާފައިވެއެވެ. ޤައުމީ ތަރައްޤީގެ މަސައްކަތުގައި މިދެންނެވި މާލީ އިދާރާތަކާއި ސަރުކާރާ ދެމެދު ހިންގުނު ގިނަގުނަ މުޢާމަލާތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ނޭޝަނަލް ޕްލޭނިންގ އޭޖެންސީގެ ޑިރެކްޓަރެއްގެ ގޮތުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭއްވެވުމުގައި އިސްމާޢީލް ފަތުޙީ މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަންވެސް އިސްމާޢީލް ފަތުޙީ، ދެފަހަރެއްގެ މަތިން ކުރައްވާފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް