Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑޯގެ ކުރިމަގު

ކޮންމެވެސް ދުވަހަކުން ރޮނާލްޑޯ އެނބުރި އަންނާނެ: ސްޕޯޓިންގެ ރައީސް

23 މެއި 2021 | އާދީއްތަ 13:34

ޔުވެންޓެސްއާއެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 މެއި 2021 | އާދީއްތަ 13:34
ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ

ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ

ކޮންމެވެސް ދުވަހަކުން ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަލުން އަނބުރާ އޭނާގެ ކުރީގެ ކުލަބު ސްޕޯޓިން ލިޒްބަންއަށް އަންނާނެ ކަމަށް އެ ކުލަބުގެ ރައީސް ފްރެޑެރީކޯ ވަރަންޑަސް ވިދާޅުވެއްޖެއެވެ.

ރޮނާލްޑޯ އޭނާގެ ސީނިއާ ކެރިއަރު ފެށީ ސްޕޯޓިންއިންނެވެ. އުމުރުން އެންމެ 12 އަހަރުގައި ސްޕޯޓިންގެ ޒުވާން ޓީމާ ގުޅުނު ރޮނާލްޑޯ ވަނީ އުމުރުން 16 އަހަރުގައި 2002 ވަނަ އަހަރު ސީނިއާ ޓީމަށް ޕްރޮމޯޓްވެފައެވެ. އެކަމަކު އޭގެ އަހަރެއް ފަހުން އޭނާ ވަނީ 12.24 މިލިޔަން ޕައުންޑުގެ ފީއަކަށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައެވެ.

އޭގެ ފަހުން ޔުނައިޓެޑް ދޫކޮށް ރެއާލް މެޑްރިޑަށް ރޮނާލްޑޯ ބަދަލުވީ 2009 ވަނަ އަހަރު 80 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އަދި އެ ޓީމަށް ނުވަ އަހަރު ކުޅެދިނުމަށްފަހު، އުމުރުން މިހާރު 36 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި 100 މިލިޔަން ޔޫރޯއަށެވެ. އެފަހަރު ރޮނާލްޑޯ ވަނީ ޔުވެންޓަސްއާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން ރޮނާލްޑޯގެ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުއެވެ.

ދާދި ފަހުން ރޮނާލްޑޯގެ މަންމަ ޑޮލޯރޭސް އަވިއޭރޯ ވަނީ މި ސީޒަން ނިމުމުން ރޮނާލްޑޯ އަލުން އަނބުރާ އޭނާގެ ކުރީގެ ކުލަބު ސްޕޯޓިންއަށް ގެންދަން މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ. އެކަމަކު ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭޒް ވަނީ ރޮނާލްޑޯގެ ކެރިއަރު ޕްލޭނުގައި ޕޯޗުގަލް ނުހިމެނޭ ކަމަށް ބުނެފައެވެ.

ނަމަވެސް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސްޕޯޓިންގެ ރައީސް ވަރަންޑަސް ވިދާޅުވީ ކޮންމެވެސް ދުވަހަކުން ރޮނާލްޑޯ އަލުން ސްޕޯޓިންއަށް ކުޅޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އަދި މި ސީޒަނުގެ ޕޯޗުގީޒް ލީގު ސްޕޯޓިންއިން ކާމިޔާބުކުރުމާއެކު، އެންމެ ފުރަތަމަ މަރުހަބާކީ ރޮނާލްޑޯ ކަމަށާއި، އަދި އޭނާއަކީ ސްޕޯޓިންގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރޮނާލްޑޯގެ ޓްރާންސްފާއާ ގުޅޭ ވާހަކަތައް މީޑިއާގައި ގަދަވެފައިވީ ނަމަވެސް، މީގެ ކުރިން ދިން އިންޓަވިއުއެއްގައި ޔުވެންޓަސްގެ ބޯޑް އޮފް ޑިރެކްޓަރުންގެ ވައިސް ޗެއާމަން އަދި ކުރީގެ ކުޅުންތެރިޔާ ޕަވެލް ނެޑްވެޑް ވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ރޮނާލްޑޯ އެ ކުލަބު ދޫކޮށް ނުދާނެ ކަމަށް ބުނެފައެވެ.

ޔުވެންޓަސް ދޫކޮށްލަން ރޮނާލްޑޯ އުޅޭ ކަމަށް ރިޕޯޓުތައް ބުނާއިރު، މީގެ ކުރިން ރެއާލާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ރޮނާލްޑޯ ކާމިޔާބުކުރި ނަމަވެސް، އޭނާއަށް ޔުވެންޓަސްއާއެކު އަދި މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ. އަދި ޔުވެންޓަސްއަށް މި ސީޒަނުގެ އިޓާލިއަން ލީގުވެސް ވަނީ ގެއްލިފައެވެ.

އެކަމަކު ޔުވެންޓަސްގައި ރޮނާލްޑޯ މިހާތަނަށް މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ ވަނީ އެ ޓީމަށް ކުޅެދިން 133 މެޗުގައި 101 ލަނޑު ޖަހާފައެވެ. މިހާތަނަށް ޔުވެންޓަސްއާއެކު އިޓާލިއަން ލީގާއި، އިޓާލިއަން ކަޕް އަދި އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
28 ޖެނުއަރީ 2017

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް