Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

ހަތް އަހަރަށްފަހު ލީގު ޗެމްޕިއަންކަން އެތުލެޓިކޯއަށް

މިއީ އެތުލެޓިކޯއިން ލީގު ކާމިޔާބުކުރި 11 ވަނަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 22 މެއި 2021 | ހޮނިހިރު 18:23
ވަޔަޑޮލިޑް އަތުން މޮޅުވި މެޗަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާފާޅުކުރަނިކޮށް

ވަޔަޑޮލިޑް އަތުން މޮޅުވި މެޗަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާފާޅުކުރަނިކޮށް

ހަތް އަހަރަށްފަހު ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން އެތުލެޓިކޯ މެޑްރިޑުން ހޯދައިފިއެވެ.

އެތުލެޓިކޯއިން ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ރެއާލް ވަޔަޑޮލިޑް އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުން އެތުލެޓިކޯ މޮޅުވިއިރު، ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޮތް ރެއާލް މެޑްރިޑް ވަނީ ލީގުގެ ފަހު މެޗުން އަމިއްލަ ދަނޑުގައި ވިޔަރެއާލް އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

އެކަމަކު ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އެތުލެޓިކޯ މޮޅުވުމާއެކު، އެ ޓީމަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ ދެ ޕޮއިންޓުގެ ފަރަގަކާއެކުއެވެ. އެގޮތުން އެތުލެޓިކޯއަށް 86 ޕޮއިންޓް ލިބުނުއިރު، ރެއާލަށް ލިބުނީ 84 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ބާސެލޯނާއަށް ލިބިފައިވަނީ 79 ޕޮއިންޓެވެ.

ވަޔަޑޮލިޑުގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ އެ ޓީމުންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮސްކާ ޕްލާނޯއެވެ. މި މެޗުގެ ފުރަތަމަ ހާފު ވަޔަޑޮލިޑް ކުރީގައި އޮވެގެން ނިންމާލި ނަމަވެސް، ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި އެތުލެޓިކޯއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންހެލް ކޮރެއާއެވެ. އަދި މެޗުގެ 67 ވަނަ މިނެޓުގައި ވަޔަޑޮލިޑުގެ ސާޖީ ގާޑިއޯލާ ހެދި ގޯހެއްގެ ފައިދާ ނަގައި، ލުއިސް ސުއަރޭޒް ވަނީ ލަނޑެއް ޖަހައި އެތުލެޓިކޯ ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.

މި މޮޅާއެކު އެތުލެޓިކޯއިން ލީގު ކާމިޔާބުކުރިއިރު، މިއީ އެ ޓީމުން ސްޕެނިޝް ލީގު ކާމިޔާބުކުރި 11 ވަނަ ފަހަރެވެ. އަދި މިއީ އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން އެތުލެޓިކޯއިން ލީގު ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން ސިމިއޯނީގެ ކޯޗުކަމުގައި އެތުލެޓިކޯއިން ލީގު ކާމިޔާބުކޮށްފައިވަނީ 2013-2014 ވަނަ އަހަރުގެ ސީޒަނުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު