Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

އަންޗެލޮޓީ އާއި މޮޑްރިޗްގެ ވަދާއީ މެޗުން ރެއާލަށް މޮޅެއް

މި މެޗަކީ ރެއާލަށް އިރުޝާދު ދެމުން އަންނަ ބްރެޒިލްގެ ކާލޯ އަންޗެލޮޓީ އެ ޓީމަށް އިރުޝާދު ދިން ފަހު މެޗެވެ. ރެއާލްގެ ކޯޗުކަން އޭނާ ދޫކޮށްލާއިރު، ދެން ރެއާލާ ހަވާލުވާނީ ބަޔާ ލެވަކޫސަންގެ ކުރީގެ ކޯޗު ޒަބީ އަލޮންސޯ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މެއި 2025 | އާދީއްތަ 04:24
ރެއާލް ދޫކޮށްލަން ނިންމާފައިވާ އަންޗެލޮޓީ އަދި މޮޑްރިޗް

ރެއާލް ދޫކޮށްލަން ނިންމާފައިވާ އަންޗެލޮޓީ އަދި މޮޑްރިޗް

ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އިން އެއް ލަނޑު ޖެހިއިރު، ދެ ވަނަ ހާާފުގައި ވަނީ ދެ ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ.

މި މެޗަކީ ރެއާލަށް އިރުޝާދު ދެމުން އަންނަ ބްރެޒިލްގެ ކާލޯ އަންޗެލޮޓީ އެ ޓީމަށް އިރުޝާދު ދިން ފަހު މެޗެވެ. ރެއާލްގެ ކޯޗުކަން އޭނާ ދޫކޮށްލާއިރު، ދެން ރެއާލާ ހަވާލުވާނީ ބަޔާ ލެވަކޫސަންގެ ކުރީގެ ކޯޗު ޒަބީ އަލޮންސޯ އެވެ.

މީގެ އިތުރުން އެ މެޗުގައި ވަނީ ރެއާލް ދޫކޮށްލަން ނިންމާފައިވާ ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް ވަދާއީ ވެސް ފާހަގަ ކޮށްފަ އެވެ. ރެއާލް ދޫކޮށްލަން ނިންމި ނަމަވެސް، ކުރިއަށް އޮތް ފީފާ ކުލަބު ވޯލްޑް ކަޕްގައި އޭނާ ރެއާލަށް ކުޅޭނެ އެވެ. އެއީ އޭނާ ރެއާލްގެ ޖާޒީގައި ކުޅޭނެ ފަހު މުބާރާތެވެ.

މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ރެއާލަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ކުރި ހޯދައިދިނީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ.

އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައި ވަނިކޮށް އެމްބާޕޭ ވަނީ ދެ ވަނަ ލަނޑެއް ޖަހައި ރެއާލަށް ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އޭނާ ޖެހީ ވިނީޝިއުސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މޮޅާއެކު ރެއާލް އިން މި ސީޒަންގެ ސްޕެނިޝް ލީގު ނިންމާލީ ލީގު ތާވަލްގެ ދެ ވަނައިގަ އެވެ. އެއީ ލީގުގައި ކުޅުނު 38 މެޗުން 84 ޕޮއިންޓާ އެކު އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު