Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީގައި ޝަފީގް ދެއްކެވި ވާހަކަ

މައުލޫމާތު ބަލި ކުރެވޭނީ މައުލޫމާތުން - ޝަފީޤް

22 މެއި 2021 | ހޮނިހިރު 18:24

ހަމައެކަނި ޓްވީޓުން ޚަބަރު ހެދުން ހުއްޓާލަން ޖެހޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 22 މެއި 2021 | ހޮނިހިރު 18:24
މުހައްމަދު އަބްދުﷲ ޝަފީޤް، ވެލިދޫ ދާއިރާގެ މެމްބަރ - ނޫސްވެރިން ހުރިހާ މައުލޫމާތެއް ހޯދައިގެން ރިޕޯޓް ކުރަން ޖެހޭ

މުހައްމަދު އަބްދުﷲ ޝަފީޤް، ވެލިދޫ ދާއިރާގެ މެމްބަރ - ނޫސްވެރިން ހުރިހާ މައުލޫމާތެއް ހޯދައިގެން ރިޕޯޓް ކުރަން ޖެހޭ

ރާއްޖޭގައި އިންވެސްޓިގޭޓިވް ޖާރނަލިޒަމް އިތުރަށް ޕްރެކްޓިސް ކުރަން ޖެހޭ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުއްﷲ ޝަފީގު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަފީގު ވިދާޅުވީ، ރާއްޖޭގައި ނޫސްވެރިކަން ކުރުމަށް ހުޅުވިފައިވާ ފުރަސަތު ފަހިވެފައި ފުޅާ މިންވަރާބަލާއިރު، އިންވެސްޓިގޭޓިވް ޖާރނަލިޒަމް ރާއްޖޭގައި ޕްރެކްޓިސް ކުރަނީ ވަރަށް މަދު ބައެއް ކަމަށެވެ. އެއަށްވުރެ ބޮޑަށް އެކަން ކުރަން ޖެހޭ ކަމަަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަފީގު ވިދާޅުވީ، އިތުރު މައުލޫމާތު ހޯދައިގެން ޚަބަރުހެދުމަށް އިސްކަން ދޭންޖެހޭ ކަމަށެވެ. މީހަކު ޓުވީޓެއް ކުރީމަ އެ ޓްވީޓް އެކަނި ހިމެނުމުގެ ބަދަލުގައި، އެއާ ބެހޭގޮތުން ހޯދެން އޮތް ހުރިހައި ކޮޅެއް ހޯދައިގެން ޚަބަރު ގެންއުމުން އެއަށް އިތުރު ފުރިހަމަ ކަމެއް ލިބޭނެ ކަމަށެވެ. މިހާރު އެމަންޒަރު ނުފެންނަ ކަމަށް ޝަފީގު ވިދާޅުވިއެވެ.

ހަގީގަތާ ޚިލާފު ވާހަކަތައްވެސް ނޫސްތަކުން ފެންނަ ކަމަށާއި، އޭގެ ބަދަލުގައި އިންވެސްޓިގޭޓިވް ޖާރނަލިޒަމް ޕްރެކްޓިސް ކޮށް، ހަގީގަތް ހޯދަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ކިތަންމެ ބޮޑަށް ލިބިފައި އޮތްނަމަވެސް ގާނޫނުތަކާ ގަވައިދުތަކަަށް ބޯލަނބަން ޖެހޭ ކަމަށް ޝަފީގު ވިދާޅުވިއެވެ. ގައުމުގެ ސަލާމަތާ އަމަން އަމާންކަން އަދި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އިސްކަން ދޭން ޖެހޭ ކަމަށާއި، ހަރުކަށި ފިކުރާ ޓެރަރިޒަމް ޕްރޮމޯޓްވާ ގޮތަށް މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ. ނޫސްތަކުގެ ކޮމެންޓް ސެކްޝަނަށް އަންނަ ކޮމެންޓްތައްވެސް ފިލްޓަރވާން ޖެހޭ ކަމަށް ވިދާޅުވިއެވެ. މައުލޫމާތު ބަލި ކުރެވޭނީ މައުލޫމާތުން ކަމަށާއި، މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ، ބަޔަކަށް ނުރަނގަޅު މައުލޫމާތުތަކެއް ދިނުން ކަމަށެވެ. އެހެންވީމާ ރަނގަޅު މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެ މެމްބަރު މިސާޅު ޖެއްސެވީ ހިމަންދޫ ހާދިސާއަށެވެ.

އިންފޮމޭޝަން ކޮމިޝަނަރގެ މަގާމަށް މީހަކު އައްޔަން ކުރުމަށް މަޖިލީހުގެ ތަޅުމަށް އެއްވެސް ނަމެއް ނުދިޔަ މައްސަލާގައި ވާހަކަ ދައްކަވަމުން ޝަފީގު ވިދާޅުވީ، މިނިވަން މުއައްސަސާތަކަށް އަންނަން ޖެހޭނީ، ވަކި ޕާޓީއަކަށް ނިސްބަތްވާ މީހުން ނޫން ކަމަށެވެ. ގަވައިދު ބުނާގޮތުން ތަޅުމަށް ނަން ފޮނުވުމަށް ކޮމިޓީން މަދުވެގެން 8 ވޯޓު ލިބެންޖެހެއެވެ. އެހެންނަމަވެސް މިފަހަރު ފޮނުވާފައިވާ ނަންތަކަށް ލިބުނީ 7 ވޯޓު ކަަމަށް ވިދާޅުވިއެވެ.

އެހެންވެގެން މަޖިލީހުގެ ތަޅުމަށް އެއްވެސް ނަމެއް ނުދިޔައީ ކަމަށާއި ދެން ކޮމިޓީ ރިޕޯޓް މަޖިލީހަށް އިއްވުމުން އިންފޮމޭޝަން ކޮމިޝަނަރގެ މަގާމަށް އަލުން ކުރިމަތިލުމަށް ހުޅުވާލުމާމެދު ގޮތެއް ނިންމާނީ މަޖިލީހުގެ ރިޔާސަތުން ކަމަށް ވެސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް