Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލައިން ސްކޫލްގެ ހެޑްގެ ހުއްދަ އަތުލުން

ފްލައިންގ ސްކޫލުގެ ހެޑް އޮފް ޓްރެއިނިންގގެ ހުއްދަ އަތުލަން ނިންމައިފި

ސިލްވާގެ ހުއްދަ އަތުލަން ނިންމާފައިވަނީ މެއި 23 ވާ އާދީއްތަ ދުވަހުން ފެށިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 މެއި 2021 | ހޮނިހިރު 17:56
އައްޑޫ ސިޓީގެ ގަމުގައި ހުންނަ ފުލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިންގ ސުރަންޖަން ޑި ސިލްވާ (ވ) އަދި އިންޑިއާއިން ރާއްޖެއަށް ކުރިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް (ކ)

އައްޑޫ ސިޓީގެ ގަމުގައި ހުންނަ ފުލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިންގ ސުރަންޖަން ޑި ސިލްވާ (ވ) އަދި އިންޑިއާއިން ރާއްޖެއަށް ކުރިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް (ކ)

އައްޑޫ ސިޓީގެ ގަމުގައި ހުންނަ ފްލައިން ސްކޫލު، އޭޝިއަން އެކެޑަމީ އޮފް އެރޮނިޓިކްސް (އޭއޭއޭ) ގެ ހެޑް އޮފް ޓްރެއިނިންގެ ގޮތުގައި ހުންނެވި ސުރަންޖަން ޑި ސިލްވާއަށް ދޫކޮށްފައިވާ ހުއްދަ އަތުލަން ސިވިލް އޭވިއޭޝަން އޮތޯރިޓީން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގެ ފަރާތުން ސ. ގަމުގައި ހިންގަމުން ގެންދާ ފްލައިންގ ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަށާއި، ފުރިހަމަ ކުރުމަށް ބުރޫ އަރާފައިވާ ކޯސްތައް އެދެވޭ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ފްލައިންގ ސްކޫލުގެ މެނޭޖުމަންޓުން އަދާ ކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ނުދާތީ، ސިވިލް އޭވިއޭޝަން އޮތޯރިޓީން އެމައްސަލަ ބެލުމަށްފަހު ފްލައިންގ ސްކޫލުގެ ހެޑް އޮފް ޓްރެއިނިންގގެ މަޤާމުގައި ސުރަންޖަން ޑިސިލްވާ ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ޤާނޫނާއި ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަތުލަން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޓްރާންސްޕޯޓް މިނިސްޓްރީންގެ ބަޔާނުގައި ބުނެފައިވަނީ ސިލްވާގެ ހުއްދަ އަތުލަން ނިންމާފައިވަނީ މެއި 23 ވާ އާދީއްތަ ދުވަހުން ފެށިގެން ކަމަށެވެ. މީގެ އިތުރުން ފްލައިންގ ސްކޫލުގެ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ހައްލު ނުކުރެވޭނަމަ ސްކޫލުގެ އެކައުންޓަބަލް މެނޭޖަރުގެ މަގާމުގައި ހުރި އަލީ އަކުބަރު ޖީވަންޖީ އެ މަގާމުގައި ހުރުމަށް ދޫކޮށްފައިވާ ހުއްދަ ވެސް އަތުލާނެކަމުގެ އެންމެފަހުގެ އިންޒާރު އޮތޯރިޓީން ލިޔުމުން ދީފައިވާ ކަމަށެވެ.

ހެޑް އޮފް ޓްރެއިނިންގގެ މަގާމުގައި ހުރި ސިލްވާގެ ހުއްދަ އަތުލުމަށް ނިންމާ ސްކޫލުގެ އެކައުންޓަބަލް މެނޭޖަރުގެ މަގާމުގައި ހުރި އަލީ އަކުބަރު ޖީވަންޖީގެ ހުއްދަ އަތުލާނެކަމުގެ ފަހު އިންޒާރު ދީފައި މިވަނީ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސް ގައި ކިޔަވަމުންދާ ދަރިވަރުންގެ ކިބައިން ނިގުޅައިގެންފައިވާ ހައްގުތަކާމެދު ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވައި އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިމަހުގެ 11 ވަނަ ދުވަހު ނިންމަވާފައިވަނިކޮށެވެ. މިކަން ހާމަ ކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް މެއިމަހުގެ 11 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި މައްސަލަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ބައެއް ކަންކަން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އެ ތަނުގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިންގ އާއި އެކައުންޓެބަލް މެނޭޖަރުގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށެވެ.

މަބްރޫކު ވިދާޅުވީ، ފްލައިންގ ސްކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޮޑިޓެއް ހަދައި، އިހުމާލުވެފައި ވާނަމަ، އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް ނިންމާފައިވާ ކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދަރިވަރުން ނަގާފައިވާ ލޯނުތަކަށް އިންޓްރެސްޓް އަރަމުންދާތީ، އެ ލޯނުތައް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށަށް ބަދަލު ކުރުމަށް ނިންމަވާފައިވާކަންވެސް މަބްރޫކް ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސްގެ މި ނިންމެވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސް ގައި ކިޔަވަމުންދާ ދަރިވަރުންގެ ކިބައިން ނިގުޅައިގަނެފައިވާ ހައްގުތަކާމެދު ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވައި އެފަރާތްތަކާމެދު ދައުލަތުގެ ކަމާގުޅެ އިދާރާތަކުން ފިޔަވަޅު އެޅުމަށް ފާސްކޮށްފައެވެ. ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ މިމައްސަލަ ދިރާސާކުރި ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީ ރިޕޯޓް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުންގެ އިއްތިފާގުންނެވެ. މިމައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީން ވަނީ ފަސް ހުށަހެޅުމެއް ހުށަހަޅާފައެވެ.

އެގޮތުން ކޮމިޓީން ހުށަހަޅާފައިވާ ފުރަތަމަ ހުށަހެޅުމަކީ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް ހުރަސް އެޅިފައިވާތީ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އެޅުމެވެ. މީގެއިތުރުން ދަރިވަރުންގެ ކިބައިން ނިގުޅައިގަނެފައިވާ ހައްގުތަކާއި އެ ދަރިވަރުންނަށް މާލީގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގެ ކިބައިން ދަރިވަރުންނަށް ސަރުކާރުން ހޯދައިދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކުރިޔަށް އޮތްތަނުގައި ރާއްޖޭގައި މިފަދަ އިންސްޓިޓިއުޓްތައް ހިންގުމުގެ ހުއްދަދޭންޖެހޭނީ ހަރުދަނާ ގަވާއިދުތައް ހެދުމަށްފަހު އެ ގަވާއިދުގެ ތެރެއިން ކަމަށްވެސް ވަނީ ހުށަހަޅާފައެވެ.

ދިވެހި ދަރިވަރުންގެ އިތުރުން ބިދޭސީ ދަރިވަރުންނަށްވެސް ހުޅުވާލެވިގެން ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ފްލައިންގ ސްކޫލެއް ހިންގުމަކީ އެކަމުގެ ސަބަބުން ގައުމުގެ ކުރިމަގަށާއި ގައުމުގެ އިގްތިޞާދަށް އެތައް ފައިދާއެއް ކުރާނެ މުހިންމު ކަމައްކަމަށް ވާއިރު ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކުން ރާއްޖޭގައި އެފަދަ ފްލައިންގ ސްކޫލެއް ހިންގޭނެ މަގު ވީ އެންމެ އަވަހަށް ފަހިކޮށްދިނުމަށްވެސް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

ކޮމިޓީން ވަނީ މިމައްސަލަ ބެލިބެލުމުގައި 14 ކަމެއްވެސް ފާހަގަކޮށްފައެވެ. ފްލައިން ސްކޫލްގައި ހުރި މައްސަލަތަކާއި ގުޅިގެން ދަރިވަރުން ޝަކުވާ ކުރަމުން އަންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު އަދި މިހާތަނަށް އެއްވެސް މައްސަލައަކަށް ހައްލެއް ގެނެސްދެވިފައެއް ނުވެއެވެ. މިމައްސަލަ ބޮޑުވެ އެންމެ ފަހުން މަޖިލީހުން ވަނީ މިކަން ހިނގާދިޔަ ގޮތް ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށްގެން ބަލާފައެވެ.

އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ހައްގުތަކަށް ތަކުރާރުކޮށް އަރައިގަންނަމުންދާތީ އެ ސްކޫލް 35،000 ރުފިޔާއިން ޖޫރިމަނާކޮށް އަނެއްކާވެސް ކަންކަން އިސްލާހު ކުރުމަށް މީގެކުރިން ވަނީ އިތުރު ފުރުސަތެއް ދީފައެވެ. 2001 ވަނަ އަހަރު އަމަލު ކުރަން ފެށި މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނު ބުނާ ގޮތުން އެގާނޫނާއި ޚިލާފުވާ ފަރާތްތައް -/100،000 (އެއް ލައްކަ) ރުފިޔާ އަށްވުރެ ބޮޑުނުވާ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު