Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލޫ ކްލިނިކްގެ ޚިދުމަތް ދިނުން

އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ފްލޫ ކްލިނިކްގެ ޚިދުމަތް ދިނުމަށް ނިންމައިފި

ފްލޫ ކްލިނިކްތައް ހިންގަންވާނީ އެޗްޕީއޭއިން ކަނޑައަޅާ ގައިޑްލައިންނާ އެއްގޮތްވާ ގޮތަށް

އަމްނާ އިމާދު
އަމްނާ އިމާދު | 22 މެއި 2021 | ހޮނިހިރު 09:43
ޓްރީޓޮޕްގައި ހިންގާ ފްލޫ ކްލިނިކް،

ޓްރީޓޮޕްގައި ހިންގާ ފްލޫ ކްލިނިކް،

މާލެ ސަރަހައްދުގައި ހިންގާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ފްލޫ ކްލިނިކްގެ ޚިދުމަތް ދިނުމަށް ނިންމައިފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ މާލޭ ސަރަހައްދުގައި އަރިދަފުސް ރޯގާ އަދި ކޮވިޑް19 ހަލުވިކަމާއި އެކު ފެތުރެމުންދާތީ، އާސަންދަ ޚިދުމަތް ފޯރުކޮށްދިނުމަށް ރަޖިސްޓްރީވެފައިވާ އަމިއްލަ ހޮސްޕިޓަލްތަކުންނާއި ޕްރައިވެޓް ކްލިނިކްތަކުން ފްލޫ ކްލިނިކް ހިންގުމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. މި ފްލޫ ކްލިނިކްތައް ހިންގަންވާނީ މިނިސްޓްރީ އޮފް ހެލްތުންނާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ކަނޑައަޅާ ފްލޫ ކްލިނިކްތަކުގައި ހުންނަންޖެހޭ ރިކުއަރމަންޓްތަކާއި ފްލޫ ކްލިނިކް ހިންގުމަށް ކަނޑައަޅާ ގައިޑްލައިންނާ އެއްގޮތްވާ ގޮތަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

ހެލްތް މިނިސްޓްރީން ބުނީ ކްލިނިކްތަކުން ޚިދުމަތް ދޭން ވާނީ މިކަމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކުގައި ކަމަށެވެ.

އެހެންކަމުން މިކަމަށް ޝައުޤުވެރިވާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތައް މިނިސްޓްރީގެ heocadmin@health.gov.mv އީމެއިލަށް 25 މެއި 2021 ވާ އަންގާރަ ދުވަހުގެ ކުރިން އީމެއިލްކުރުމަށް ވަނީ އަންގާފައެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ މީހުން ކޮވިޑް19ށް ޕޮޒިޓިވްވަމުންދާތީ، މިމީހުންނަށް ބޭނުންވާ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް އާސަންދަ ޚިދުމަތް ފޯރުކޮށްދިނުމަށް ރަޖިސްޓްރީވެފައިވާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތައް މެދުވެރިކޮށް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. ހެލްތް މިނިސްޓްރީން ބުނީ ޑޮކްޓަރުންނަށް ދެއްކުމަށް ހަމަޖެހިފައިވަނީ އާސަންދައިން ކަނޑައަޅާ އަގެއްގައި ހެލްތު ޕްރޮޓެކްޝަނުން ކަނޑައަޅާ ބަލި މީހުންނަށް ކަމަށެވެ.

އެހެންކަމުން މި ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ މީހުން އެކަމަށް އެދި heocadmin@health.gov.mv އީމެއިލަށް 23 މެއި 2021 ވާ އާދިއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ފޮނުވުން ހެލްތް މިނިސްޓްރީން އެދިފައިވެއެވެ.

މާލެ ސަރަހައްދުގައި ހިންގާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ފްލޫ ކްލިނިކްގެ ޚިދުމަތް ދިނުމުގެ ހުއްދަ ސަރުކާރުން ދޭން ނިންމާފައިވާއިރު، މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ. ކޮވިޑް-19ގެ ހަތަރުވަނަ ރާޅާއެކު ކޮންމެ ދުވަހަކު ގިނަ ބަޔަކު ދަނީ ޕޮޒިޓިވްވަމުންނެވެ. ފުލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ އަދަދުތައް އިތުރުވެ ސިއްހީ ޚިދުމަތްތެރިންނަށް ވަނީ ބާރު ބޮޑުވެފައެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ތާޖުއްދީން ސްކޫލުގައި ފްލޫ ކްލިނިކެއް ހުޅުވުމުގެ މަސައްކަތް ފަށަނީ

14 މާރިޗު 2017
ތާޖުއްދީން ސްކޫލުގައި ފްލޫ ކްލިނިކެއް ހުޅުވުމުގެ މަސައްކަތް ފަށަނީ
14 މާރިޗު 2017

މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

14 މާރިޗު 2017
މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
14 މާރިޗު 2017

ލަންކާގައި ދިވެހި ކުއްޖާ ނިޔާވީ ސްވައިން ފްލޫ ޖެހިގެނެއް ނޫން: އާސީރީ ހޮސްޕިޓަލް

14 މާރިޗު 2017
 ލަންކާގައި ދިވެހި ކުއްޖާ ނިޔާވީ ސްވައިން ފްލޫ ޖެހިގެނެއް ނޫން: އާސީރީ ހޮސްޕިޓަލް
14 މާރިޗު 2017

ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

14 މާރިޗު 2017
ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ
14 މާރިޗު 2017

ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު

14 މާރިޗު 2017
ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
15 ފެބުރުއަރީ 2017

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު