Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިޒްރޭލުން ފަލަސްތީނަށް ދެމުންދާ ޙަމަލާ

ފަލަސްތީނުގެ ކެކުޅުން، އާމިރު ސަލީމްގެ ޤަލަމުން

ޒަޔަނިސްޓުންގެ އަމަލުތައް ހުންނަ ގޮތުގެ މައްޗަށް މި ލަވައިގައި އަލިއަޅުވާލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 މެއި 2021 | ހޮނިހިރު 09:40
ެރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް

ެރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް

ޅެން ފެށިގެން އަންނަނީ ފަލަސްތީނުގެ ރައްޔިތުން އުޅެމުންދާ ބިކަ، ހިތްދަތި ޙާލުފެނި، ހިތްތަކަށް ކުރާ އަސަރު ސިފަކޮށްދެމުންނެވެ. އެ ސިފަކޮށްދިނުން ގެނެސްފައިވަނީ އެއީ ހިތްތައް ފަޅިފަޅިވެގެންދާފަދަ މަންޒަރެއްގެ ގޮތުގައެވެ. އަދި އެ މަންޒަރުތައް ފެންނަ މީހެއްގެ ލޯ ކަރުނައިން ފުރޭ ފަދަ މަންޒަރެއްގެ ގޮތުގައެވެ. އެއާއެކު، އެ ޙާލަތުގައި އުޅޭ ތުއްތު ކުދިން ފެނުމުން އެ އަސަރުތައް އިތުރަށް ކުރުވާފަދަ މަންޒަރެއްގެ ގޮތުގައެވެ. ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް ހައްދަފާއިވާ މި ލަވައަކީ ރާއްޖެޓީވީން ފަލަސްތީނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޚާއްސަ ޓެލެތޯންގެ ތީމް ލަވައެވެ.

އިޒްރޭލުން ދެމުންދާ ޙަމަލާތަކުގެ މަޤްސަދުތަކަށާއި، ފެށުނީއްސުރެ ޒަޔަނިސްޓުންގެ އަމަލުތައް ހުންނަ ގޮތުގެ މައްޗަށް މި ލަވައިގައި އަލިއަޅުވާލާފައިވެއެވެ. މިގޮތުން ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ނެރެމުންދަނީ އެމީހުން ރޮއިރޮއި ތިއްބައި ގަދަކަމުން ކަމަށާއި، އެމީހުންގެ ގޯތި ގެދޮރު ބޮން އަޅައި، ފުނޑުފުނޑު ކުރަމުންދާ މަންޒަރަކީ އެ މަންޒަރު ފެންނަ ކޮންމެ މީހެއްގެ ހިތަށް އާދަޔާ ޚިލާފު ރަހުމެއް ފަލަސްތީނުގެ ރައްޔިތުންނާމެދު ވެރި ކުރުވާނެ މަންޒަރެއްގެ ގޮތުގައި މި ލަވައިގައި ގެނެސްދީފައިވެއެވެ.

މި ލަވައިގައި އިޒްރޭލުގެ ޔަހޫދީ ސިފައިން ޤުދުސްއަށް ޙަމަލާ ދޭ ދިނުން ސިފަކޮށްދީފައިވަނީ އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލަ، މަސްޖިދުލްއަޤްސާ ނައްތާލުމުގެ ބޭނުމުގައި ހިންގާ އަމަލެއްގެ ގޮތުގައެވެ.

ފަލަސްތީނުގެ މިހާރުގެ ޙާލަތު ލަވައިގައި ސިފަކޮށްދީފައިވަނީ ފަލަސްތީނުގެ ބިމުގައި ލޭގެ ކޯރުތައް ދެމޭ މަންޒަރު ފެންނަ ކަމަށެވެ. އަދި ވާރޭ ވެހޭހެން އެމީހުންގެ ބޯމަތިން ބަޑީގެ ވަޒަނާއި ބޮން ހުއްޓުމެއް ނެތި ވެހެމުންދާ ކަމަށެވެ. ލަވައިގައި ފަލަސްތީނުގެ ރައްޔިތުންގެ ޙާލަތު ގެނެސްދީފައިވަނީވެސް އެހާމެ އަސަރުގަދަ، ހިތްދަތި ގޮތަކަށެވެ. މައުސޫމު ޅަ ދަރިން އެމީހުންގެ މައިންބަފައިންނާ ވަކިކޮށް ޔަތީމު ކުރަމުންދާ ވާހަކައާއި، ފަލަސްތީނުގެ އެތަކެއް އަންހެނުން ހުވަފަތް ކުރަމުންދާ ވާހަކައެވެ.

ލަވައިގައި ދެން ގެނެސްދީފައިވަނީ މިކަންކަމާމެދު ދިވެހި ރައްޔިތުންގެ ޝުއޫރުތަކެވެ. އެގޮތުން މި އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވާނެ ކަމަށާއި، މިކަމުގައި އެންމެން އެއްބައިވާނެ ކަމަށެވެ. އަދި ތާއަބަދުމެ، ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް ހެޔޮ ދުއާ ކުރުމުގައި އަތްތައް އުފުލާލާނެ ކަމަށެވެ.

ގާތްގަނޑަކަށް ދޮޅު ގަޑިއިރުގެ ތެރޭގައި ތައްޔާރުކުރި މި ލަވައާ ބެހޭގޮތުން ސުވާލުކޮށްލުމުން އާމިރު ވިދާޅުވީ، ހުކުރު ދުވަހުގެ ހެނދުނު ޓެލެތޯން ފަށަންވާނީ އެއާގުޅޭ ޚާއްސަ ތީމް ލަވައަކާއި އެކުގައި ކަމަށް ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރ ބުރާސްފަތި ދުވަހު އެންގެވި ކަމަށެވެ. އެހެންކަމުން ބުރާސްފަތި ދުވަހުގެރޭ މި ލަވަ ހަދަން ފެށިއިރު، ލަވައިގެ ރެކޯޑިންގ އާއި، ވީޑިއޯ ތައްޔާރު ކުރަންވެސް ޖެހޭކަން އެނގޭތީ އެހާ ވަގުތެއް ނުލިބޭނެކަން ފުރަތަމަވެސް ޤަބޫލު ކުރެވުނު ކަމަށް އާމިރު ވިދާޅުވިއެވެ. ނަމަވެސް އެހާ ކުޑަ ވަގުތުކޮޅެއްގައި ޅެން ހަދާ ނިންމާލެވުނީ ފަލަސްތީނުގެ ޙާލަތު ދެނެގަތުމަކީ އެއްވެސް މީހަކަށް ދަތިކަމަކަށް ނުވާނެތީ ފަލަސްތީނުގެ ރައްޔިތުންގެ ކެކުޅުން މި ލަވައިގައި ގެނެސްދޭން އޭނާއަށްވެސް މާ އުނދަގޫ ކަމަކަށް ނުވުމުން ކަމަށް އާމިރު ވިދާޅުވިއެވެ. ނަމަވެސް ލިބުނު ކުޑަ ވަގުތުކޮޅު ތެރޭގައިވެސް އެންމެ ފުރިހަމައަށް މި މަސައްކަތް ކުރެވޭތޯ ބަލާފައިވާނެ ކަމަށް އާމިރު ވިދާޅުވިއެވެ.

މި ލަވައަށް ގިނަ ބައެއްގެ މަޤުބޫލުކަން ދަނީ ލިބެމުންނެވެ. އެގޮތުން ފޭސްބުކްއިންވެސް ގިނަ ބަޔަކު މި ލަވަ ބަލާފައިވާއިރު، މި ލަވައިން ފަލަސްތީނުގެ ރައްޔިތުންގެ ޙާލަތު ސިފަކޮށްލެވެއެވެ. އެމީހުން އުޅެމުންދާ ހިތްދަތި ދިރިއުޅުން ވަޒަން ކޮށްލެވެއެވެ.

އިތުރަށް ކިޔާލަން

20 އޮކްޓޯބަރު 2023

ޤާހިރާގެ ސުލްހައިގެ ސަމިޓްގައި ފަލަސްތީނުގެ ރައީސްގެ އިތުރުން ބައިނަލްއަޤްވާމީ ލީޑަރުން ބައިވެރިވެވަޑައިގަންނަވަނީ

20 އޮކްޓޯބަރު 2023
ޤާހިރާގެ ސުލްހައިގެ ސަމިޓްގައި ފަލަސްތީނުގެ ރައީސްގެ އިތުރުން ބައިނަލްއަޤްވާމީ ލީޑަރުން ބައިވެރިވެވަޑައިގަންނަވަނީ
06 ޖުލައި 2023

އިޒްރޭލުގެ އިންސާނީ އައްޑަނައަކަށް ފަލަސްތީނުގެ އާންމުން

06 ޖުލައި 2023
އިޒްރޭލުގެ އިންސާނީ އައްޑަނައަކަށް ފަލަސްތީނުގެ އާންމުން
12 މެއި 2022

"ޕްރެސް" ޖެކެޓް އަޅައިގެންވެސް ފަލަސްތީނުގެ ބިމުގައި ނޫސްވެރިޔާއަށް ލިބުނު ހިމާޔަތެއް ނެތް

12 މެއި 2022
"ޕްރެސް" ޖެކެޓް އަޅައިގެންވެސް ފަލަސްތީނުގެ ބިމުގައި ނޫސްވެރިޔާއަށް ލިބުނު ހިމާޔަތެއް ނެތް
03 ޖުލައި 2021

އާމިރު ސިންގަލްވި ކަން އެނގޭތަ؟

03 ޖުލައި 2021
އާމިރު ސިންގަލްވި ކަން އެނގޭތަ؟
19 މެއި 2021

ފަލަސްތީނުގެ ހައްގުތައް އަދާކުރުމަށް ގޮވާލާ ގަރާރުތަކުގެ އަދަދެއްވެސް ނެތެވެ.

19 މެއި 2021
ފަލަސްތީނުގެ ހައްގުތައް އަދާކުރުމަށް ގޮވާލާ ގަރާރުތަކުގެ އަދަދެއްވެސް ނެތެވެ.
19 މެއި 2021

ފަލަސްތީނުގެ ގާޒާއަކީ ކޮންތަނެއް؟

19 މެއި 2021
ފަލަސްތީނުގެ ގާޒާއަކީ ކޮންތަނެއް؟
18 މެއި 2021

ރެޕް ލަވައަކުން ފަލަސްތީނުގެ ކުޑަކުދިންގެ އުދާސްތައް މުޅި ދުނިޔެއަށް

18 މެއި 2021
ރެޕް ލަވައަކުން ފަލަސްތީނުގެ ކުޑަކުދިންގެ އުދާސްތައް މުޅި ދުނިޔެއަށް
10 މެއި 2021

ފަލަސްތީނުގެ އަޑު: އަހަރެމެންނަށް 1948ން ފެށިގެން ނޭވާއެއް ނުލެވޭ

10 މެއި 2021
ފަލަސްތީނުގެ އަޑު: އަހަރެމެންނަށް 1948ން ފެށިގެން ނޭވާއެއް ނުލެވޭ
20 ޖޫން 2019

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

20 ޖޫން 2019
ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
19 މާރިޗު 2018

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

19 މާރިޗު 2018
އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު