Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދުބާއީގައި ގައުމީ ޓީމު ކޭމްޕްކުރުން

ހޮނިހިރު ދުވަހު ދުބާއީއަށް ފުރަން ގައުމީ ޓީމުން މަސައްކަތްކުރަނީ

ދުބާއީ އާއި ޗައިނާއަށް ދާނީ 25 ކުޅުންތެރިންގެ ސްކޮޑެއް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 21 މެއި 2021 | ހުކުރު 13:34
ގައުމީ ފުޓްބޯޅަ ޓީމުން މީގެ ކުރިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ގައުމީ ފުޓްބޯޅަ ޓީމުން މީގެ ކުރިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތަކަށް ތައްޔާރުވުމަށް ގައުމީ ފުޓްބޯޅަ ޓީމުން ހޮޓެލް ޖެންގައި ތަމްރީނުތައް ހަދަމުން އަންނައިރު، ހޮނިހިރު ދުވަހުގެ ވަގުތެއްގައި ދުބާއީއަށް ފުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅެން ވަނީ ތާވަލުކޮށްފައެވެ. މީގެ ކުރިން ތަމްރީނުތަކަށް 33 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލައި މިދިޔަ ހަފުތާގައި ގައުމީ ޓީމު ހޮޓެލް ޖެންގައި ކޭމްޕްކުރިއިރު، ދުބާއީ އާއި ޗައިނާއަށް ދާނީ 25 ކުޅުންތެރިންގެ ސްކޮޑެއް ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

މިހާތަނަށް އައިރު ގައުމީ ޓީމަށް ދަނޑުގައި ތަމްރީނު ހެދުމުގެ ފުރުސަތު ލިބިފައިނުވާއިރު، ކުޅުންތެރިން ތަމްރީނު ހަދަމުން އައީ ޖެންގެ ބޯލްރޫމްގައެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ގައުމީ ޓީމުން ހޮޓަލް ޖެންގެ ބޯލްރޫމުގައި ބާއްވާ ފަރިތަކުރުންތަކުގެ ވީޑިއޯތަކެއް އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ބުރާސްފަތި ދުވަހުގެރޭ ހިއްސާކުރެއްވިއިރު، ބައްސާމް ވިދާޅުވީ ރާއްޖެއަކީ ވޯލްޑް ކަޕް ކޮލިފައިންއަށް ތައްޔާރުވާ ހުރިހާ ގައުމުތަކުގެ ތެރެއިން، ބޯލްރޫމެއްގައި ފަރިތަކުރުންތައް ކުރިއަށްގެންދަން ޖެހިފައިވާ ހަމައެކަނި ޓީމު ކަމަށެވެ.

އެއާއެކު ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ އާއިލާ އާއި އަނބިދަރިން ދޫކޮށްފައި ގައުމީ ކަމެއްގައި ކުޅުންތެރިންނާއި، ކޯޗިން ސްޓާފުން ވަމުން އަންނަ ގުރުބާނީ އަށް ތައުރީފު ހައްގު ކަމަށެވެ. އަދި ދެ ހަފުތާއެއްހާ ދުވަސް ތެރޭ އޭޝިއާގެ ބޮޑެތި ޓީމުތަކާ ކުޅެން ޖެހިފައިވާއިރު، ގައުމީ ޓީމަށް ތަމްރީނުކުރުމުގެ ފުރުސަތު ނެތުމަކީ ލަދުވެތި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އަދި މީގެ ކުރިން "ރާއްޖެ.އެމްވީ" އާ ހިއްސާކުރެއްވި މެސެޖެއްގައި ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ވަނީ ގައުމީ ޓީމުގެ ކުޅުންތެރިން ބޯލްރޫމެއްގައި ތަމްރީނުކުރަން ޖެހިފައިވާތީ، މިއީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތް ކޮލިފައިން މެޗުތަކަށް ވަމުންދާ ތައްޔާރީތަކަކީ އާދައިގެ ގޮތަކަށް ދާ ކަމެއް ނޫން ކަމަށާއި، ދަނޑުމަތީގައި ތަމްރީނުތައް ހެދުމުގެ ފުރުސަތު ލިބިގެންދާނީ ގާތްގަނޑަކަށް ހަ ވަރަކަށް ދުވަހަށް ކަމަށްވުމުން، އޭގެ އަސަރު ވަރަށް ބޮޑަށް ދައްކާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ރާއްޖޭގައި ތަމްރީނު ހެދުމުގެ ފުރުސަތު ނެތުމުން، ކޮލިފައިން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ދުބާއީގައި ގައުމީ ޓީމު ކޭމްޕް ކުރާނެއެވެ. މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަމުން ބައްސާމް ވިދާޅުވީ ދުބާއީގައި ގާތްގަނޑަކަށް 10 ދުވަހު ތަމްރީނުތައް ހެދޭނެ ކަމަށާއި، އެކަމަކު ދުބާއީގައި ކުރިއަށްދާ ތަމްރީނުތަކުގައި އެކުވެރިކަމުގެ މެޗެއް ކުޅުމަށް ތާވަލުކޮށްފައިނުވާ ކަމަށެވެ. އެފްއޭއެމުން މައުލޫމާތުދޭ ގޮތުން ހޮނިހިރު ދުވަހުގެ ވަގުތެއްގައި ގައުމީ ޓީމު ދުބާއީއަށް ފުރާނެއެވެ.

ކޮވިޑާ ގުޅިގެން ކޮލިފައިން މެޗުތައް ޗައިނާގައި ކުޅޭއިރު، ރާއްޖެއަށް ބާކީ ތިން މެޗު އެބައޮތެވެ. އެއީ ޗައިނާ އާއި، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މީގެ ތެރެއިން ސީރިއާ މެޗަކީ ރާއްޖޭގެ ހޯމް މެޗެކެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެގެން އަދި ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު