Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮޅިގެން ނުބައި ފައެއް ބުރިކުރެވުން

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

މިކަން ހިނގިގޮތުގެ މިނިވަން ތަހުގީގެއް ކުރިއަށް ގެންދިޔުމަށް ކްލިނިކުން ވަނީ ނިންމާފައި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 21 މެއި 2021 | ހުކުރު 04:08
އޮޕަރޭޝަން ޑޮކްޓަރެއް

އޮޕަރޭޝަން ޑޮކްޓަރެއް

އޮސްޓްރިއާގެ ކްލިނިކެއްގައި އުމުރުން ދުވަސްވީ މީހެއްގެ ބުރިކޮށްލަން ޖެހިފައި އޮތް ފައި ނޫން އަނެއް ފައި ބުރިކޮށްލައިފިއެވެ.

މިކަން ހިނގާފައިވަނީ އޮސްޓްރިއާގެ ކުޑަ އަވަށެއް ކަމަށްވާ ފްރެއިސްޓަޑްގައި ހުރި ފްރެއިސްޓަޑް ކްލިނިކްގައެވެ. ފަޔަށް ދިމާވާ އެކި އެކި މައްސަލަތަކުގައި ފައި ބުރި ކޮށްލަން ޖެހުމަކީ ޑޮކްޓަރުންނަށް އާންމު ކަމެއް ނަމަވެސް, މިފަހަރު އެގޮތަށް ދިމާވީ އެރި އޮޅުމެއްގެ ސަބަބުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އުމުރުން 82 އަހަރުގެ ބަލިމީހާއަށް ޖެހުނު ބައްޔެއްގެ ސަބަބުން ބުރިކޮށްލަން ޖެހުނީ އޭނާގެ ވާތުފައެވެ. އެކަމަކު އޮޕަރޭޝަން ތިއޭޓަރަށް ވެއްދިއިރު ޑޮކްޓަރުން ފާހަގަ ޖަހާފައިވަނީ ކަނާތު ފައިގައި ކަމަށް ކްލިނިކުން ބުނެއެވެ.

ބުރިކޮށްލެވިފައިވަނީ ބަލިމީހާގެ ސަލާމަތުން އޮތް ފައިކަން ކްލިނިކަށް އެނގުނީ އޭގެ ދެ ދުވަސްފަހުން ބޭސްގަނޑު ބަދަލު ކުރި ނަރުހުންނަށް އެކަން ފާހަގަކުރެވުމުންނެވެ.

އެ މައްސަލައިގައި ކްލިނިކުން ވަނީ މާފަށް އެދި ބަޔާނެއް ނެރެފައެވެ. ބަޔާނުގައި ކްލިނިކުން މިކަން ސިފަކޮށްފައި ވަނީ އޮޅިގެން ހެދުނު ގޯހެއްގެ ގޮތުގައެވެ.

މިކަން ހިނގިގޮތުގެ މިނިވަން ތަހުގީގެއް ކުރިއަށް ގެންދިޔުމަށް ކްލިނިކުން ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

04 ފެބުރުއަރީ 2017
ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު