ކ. މާލެ
|
21 މެއި 2021 | ހުކުރު 11:48
އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމަން ޔަތަންޔާހޫ އާއި އެމެރިކާގެ ބައެއް ރައީސުން
އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމަން ޔަތަންޔާހޫ އާއި އެމެރިކާގެ ބައެއް ރައީސުން
ރާއްޖެއެމްވީ
އެމެރިކާއާއި އިސްރާއިލްގެ ގުޅުން
އެމެރިކާގެ ހިޔަލުން ބޭރުގައި އިސްރާއީލަށް ކެތްވާނެތަ؟
 
އެމެރިކާ ނެތް ތަން ފޫބެއްދޭނެވަރުގެ އިތުރު ބައިވެރިއެއް އިސްރާއީލްގެ ކައިރީގައި ނެތް
 
އެމެރިކާގެ ރައީސުން އިސްރާއީލަށް ތާޢީދު ނުކުރިޔަސް އެހީވުން ޤާނޫނީގޮތުން ވާޖިބު
 
އެމެރިކާއަކީ ދެގޮތެއްނުވެ ކޮންމެ ކަމެއްގައިމެ އިސްރާއީލާއެކު ވާނެކަމަށް ބުނާ ޤައުމު

އިސްރާއީލާއި އެމެރިކާއަކީ ވަކިނުކުރެވޭނެ ދެ ޤައުމުކަމުގައި ބުނާތީ އަޅުގަނޑުމެން ވަރަށް ގިނައިން އަޑުއަހަމެވެ. މިދެ ޤައުމަކީ އެއް ފައިސާފޮތީގެ ދެފުށްކަމަށްބުނާއިރު، އިސްރާއީލުން ކޮންމެ ކަމެއްކުރިޔަސް ނުވަތަ ކިތަންމެ ބަޔަކު މެރިޔަސް އެމެރިކާ ދިފާއުގައި ނިކުމެ އޮންނާނެކަމަށް ބުނެވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެ ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އެމެރިކާއިން ދެނީ ބީރު ކަންފަތެވެ. އެ މަންޒަރަށް ނުބަލައި މޫނު އަނބުރާލަނީއެވެ. އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކަކީ ހަތިޔާރެއް ނެތް ނިކަމެތި ރައްޔިތުންތަކެއްގެ ދިރިއުޅުން އެތައް ފަހަރެއްމަތިން ހަފުސްކޮށްލާފައިވާ ކަމެއްކަމުގައިވިޔަސް، އިންސާނީ ހައްޤާއި ޑިމޮކްރަސީގެ ފަލްސަފާތައް ދުނިޔޭގައި އެންމެ ބޮޑަށް ވަކާލާތުކުރާ އެމެރިކާއަަކަށް އެ މަންޒަރެއް ނުފެނެއެވެ. ފެންނަނަކަމަށް ބުނަނީ ގަދަކަމުން ވަޒަންވެރިކޮށްފައި ތިބި އިސްރާއީލުން އެމީހުންގެ ދިފާޢުގައި ކޮންމެހެން ދޭންޖެހޭ ހަމަލާތަކެއް ދެނީކަމަށެވެ. މިފަދައިން ކިތަންމެ މިސާލެއް ވެސް ދެ ޤައުމުގެ ގާތް ގުޅުން ސިފަކޮށްދީ ލިޔެވިދާނެއެވެ. އެހެންނަމަވެސް، އެމެރިކާގެ ވެރިކަމަށް އަންނަ ވެރިން ބަދަލުވާ ދުވަސްވަރު ދެކެވޭ އެއް ވާހަކައެއް އޮވެއެވެ. އެއީ އައު ވެރިކަމުގެ ދެ ޤައުމުގެ ގުޅުމަށް ވާނެގޮތުގެ ވާހަކައެވެ.

ބައިނަލްއަޤްވާމީ ޚަބަރުތައް ދިރާސާކުރާ ފަރާތްތައް ވެސް އެންމެ ފުރަތަމަ އެމީހުންގެ ދިރާސާތައް ތައްޔާރުކުރާ މަޢުޟޫގެގޮތުގައި މިކަން ވަނީވެފައެވެ. އެހެންކަމުން އަޅުނޑުވެސް މި ސުވާލު ކޮއްލާ ޖަވާބު ހޯދާލުމަށް މާޒީގެ ބައެއް ޞަފްޙާތައް ބަލައިލާނަމެވެ.

އެމެރިކާއަށް އިސްރާއީލު ވަރެއް ނެތީ ކީއްވެ؟

އެމެރިކާއާއި އިސްރާއީލުގެ ގުޅުމަކީ، 1948ގައި އިސްރާއީލު ދައުލަތެއްގެ ގޮތުގައި އުފެދުނު ހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް ދެމިގެންގޮސްފައިވާ ގުޅުމެެކެވެ. އިސްރާއީލަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތް ފުރަތަމަ ޤައުމަކީ މި ދެންނެވި އެމެރިކާއެވެ. އެހެންކަމުން އެދުވަހު އެމެރިކާގެ ރައީސް ހެރީ އެސް ޓްރޫމަން އިސްރާއީލް ޤައުމެއްގެ ގޮތުގައި ބަލައިގަތުމަށް ނެތްނަމަ ދެން ވާނީ ކިހިއްތޯ ސުވާލު އުފެެދެއެވެެ.  

އެމެރިކާއާއި އިސްރާއީލުގެ ގުޅުމުގެ މައިގަނޑު އެއް އަސާސްއަކީ ދެ ޤައުމުގެވެސް ސިޔާސަތުތައް ބައްޓަންކޮށް ބަސްކިޔުމުގެ މުގުލުގައި އޮތް ޒައިނިސްޓް ފިކުރެވެ. ޔަހޫދީ ޒައިނިސްޓު ބާރުތަކުން ފަލަސްތީނުގެ ބިންތަކުގައި ގަދަކަމުން ވަޒަންވެެރިކުރުވި އިސްރާއީލް ބަލައިގަންނީ އުފަލާއެކު ކަމަށް އޭރު އެމެރިކާގެ ރައީސްކަން ކުރެއްވި ޓްރޫމެން ވިދާޅުވީ ވެސް މި ސަބަބައްޓަކައެވެ. އެހެންކަމުން އެމެރިކާގެ އެހީ އެވަގުތު އިސްރާއީލަށް ނުލިބުނަސް ޔަހޫދީ ޒައިނިސްޓުންގެ ބާރުތަކުން އެވެރިންގެ ނުފޫޒު އޮންނަ ކޮންމެވެސް އެހެން ޤައުމެއް މެދެވެރިވެގެން އެރޯލް އަދާކުރާކަން ކަށަވަރުކުރާނެއެވެ. އަދި އެ ޤައުމަކުން އެމެރިކާއިން ދިންފަދަ އެހީތެރިކަމެއް އެޤައުމެއްގެ ކެރިފޯރުންތެރިިކަން ހުރި މިންވަރަކުން އިސްރާއީލަށް ފޯރުކޮށްދިނީހެވެ. ފަހަރުގައި އެ ޤައުމަކީ އެމެރިކާފަދަ ދުނިޔޭގެ ބޮޑު ބާރަކަށް ވެއްޖެނަމަ ތަފާތުވާނެ ހަމައެކަނި ކަމަކީ އިސްރާއީލު މެދުއިރުމަތީގައި ފާޅުވެގެން އައި ބާރުމިނެވެ. ކުރިއަރާ އާރާސްތުވެގެން އައި ބާރުމިނެވެ.

ޤާނޫނުން ވާޖިބުކޮށްގެން އިސްރާއީލަށް ޚަރަދުކުރާނެ އިތުރު ޤައުމެއް ވާނެބާ؟

އެހެންކަމުން އެމެރިކާނެތަސް އިސްރާއީލް ވުޖޫދުވެގެން އައި ގޮތަށް ބަލަމާ ހިނގާހެއްޔެވެ. އެމެރިކާއާއި އިސްރާއީލުގެ ގުޅުމަށް ބަލާލާއިރު، ދެން އެންމެ ގާތްކަމެއް އަދި އެމެރިކާއިން އެންމެ އިސްކަމެއްދީގެން ކަށަވަރުކުރާކަމަކީ އިސްރާއީލުގެ ސަލާމަތީ ރައްކާތެރިކަމެވެ. އެގޮތުން މިކަމަށް އެމެރިކާގެ ޚާރިޖީ ސިޔާސަތުގައި އަހަންމިއްޔަތުކަން ދީފައިވާ މިންވަރުން ވެސް ހާމަވެއެވެ. އެގޮތުން މިދެންނެވި ރައްކާތެރިކަން ކަށަވަރުކުރުކުރުމަށް އެންމެފަހުން ޓްރަމްޕްގެ ވެރިކަމުގައި ސޮއިކުރި އެއްބަސްވުމާއެކު ޖުމުލަ އަހަރެއްގެ މައްޗަށް 38 ބިލިއަން ޚަރަދުކުރާއިރު، 3.3 ބިލިއަން އަސްކަރީ ތަމްރީނަށް އަދި 500 މިލިއަން މިސައިލް ޕްރޮގްރާމްތައް ފައްކާކުރުމަށް ވަނީ ކަނޑައަޅާފައެވެ. މި ދެންނެވި އަދަދުތަކަކީ ޤާނޫނީގޮތުން ލާޒިމުކުރާ އަދަދުތަކެވެ. ތާރީޚަށް ބަލާލާއިރު އެއިރެއްގައި ޤާނޫނުން ލާޒިމްކުރާ މިންވަރަކަށް އެމެރިކާގައި ކޮންމެ ސަރުކާރެއް އޮތަސް ދިޔައީ އިސްރާއީލަށް ޚަރަދު ކުރަމުންނެވެ. އީރާންގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކޮށް ޕްރޯ އިސްރާއީލްގެ ދިގުލައިގެންދިޔަ ގޮވެލިފަތި ނުކިޔާ އެމެރިކާގައި ނިންމާލި ބަރަކް އޮބާމާގެ ވެރިކަމުގައި ވެސް މި ދެންނެވި އަސާސަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

އިސްތިއުމާރީ ބާރުގެ ޓެގް އަމިއްލައަށް ކަނޑާލެވޭނެތަ؟

ދެން އުފެދޭ ސުވާލަކީ އެމެރިިކާއިން އިސްރާއީލުގެ ދިފާޢުގައި އެހީ ދޭން ނެތްނަމަ ދެން ވާނެގޮތެކާތޯ މެދުއެވެ. ހަމަގައިމުވެސް ކުރިން ދެންނެވި ވަރުގެ ޚަރަދެއް އަހަރެެއްގެ މައްޗަށް ޚަރަދުކުރެވޭވަރު ޤައުމެއް އިސްރާއިލް އުފެދިގެން އައިއިރު ދެން ފެންނާކަށް ނެތެވެ. އެހެންކަމުން މިއީ އެމެރިކާ ނެތިއްޖެނަމަ އިސްރާއީލަށް ދިމާވާނެ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.

އަދި އިސްރާއީލު އުފެދިގެންއައި ދުވަސްވަރަކީ އަރަބި ރަބީއު އައުމާއި، އަރަބި ޤައުމުތަކުގެ މެދުގައި އުފެދިފައިވާ މައްސަލަތައް ވެސް ފެންމަތިވެފައި ނެތް ދުވަސްވަރެއްކަމުން އެ ޤައުމުތައް ވެސް އެމެރިކާގެ ބެކިންގް ނެތި ލަސްލަހުން ކުރިއަރަމުންދާ އިސްރާއީލަށް އަރާ އެވެރިން ބޭރުކޮށްލުމައްޓަކައި އަމާޒު ހިފާފާނެއެެވެ. އިސްރާއީލުން އެންމެ 6 ދުވަހުގެ ތެރޭގައި އަރަބި ޤައުމެއްގެ މައްޗަށް ބާރު ހޯދާ ތާރީޚުގެ ތެރެއަށް މިއަދު ވަދެފައިވާއިރު އައު ޙާލަތާއެކު މިކަމުގެ ފައިދާ ފަލަސްތީނާއި އަރަބިން ނެގުމަކީ ވުން ގާތްކަމެކެވެ.

އެމެރިކާއާއި އިސްރާއީލުގެ ގުޅުން ފާހަގަވާ އަނެއްކަމަކީ އިސްރާއީލަކީ ބައިނަލްއަޤްވާމީ މުޖުމަތަޢުއިން ބަލައިގަންނަ ޤައުމެއްގެ ގޮތުގައި ހެދުމަށްކުރި މަސައްކަތެވެ. އދ. ގައި އޮންނަ އެމެރިކާގެ ވީޓޯކުރުމުގެ ބާރާއި ދުނިޔޭގެ އެންމެ ބޮޑު ބާރުގެ ގޮތުގައި މިއަދާހަމައަށް އެމެރިކާ އޮތުމަކީ އެނޫން ވެސް ބައިނަލްއަޤްވާމީ ހަރަކާތްތަކުގައި އިސްރާއިލް ބައިވެރިކުރުމަށް ކޮށިގެންދިޔަ ވަރަށް ފަސޭހަ މަގެކެވެ. ފިނިފެންމަލުގެ ދާނެއްގައި ހިނގާލާފައި ގޮސް އިސްރާއީލުން އެމެރިކާގެ ހިއްސާއޮތް ހުރިހާ ޖަމިއްޔާއެއްގެ ގޮނޑީގައިވަނީ އިށީދެެފައެވެ. ފަލަސްތީނުގެ ބިމުގައި ގަދަކަމުން ވަޒަންވެރިވި އިސްރާއީލަށް އދ. ގައި ގޮނޑި ލިބިފައިވާއިރު، އެޤައުމެއްގެ ވާހަކަ މެދުނުކެނޑި އދ. ގެ އިދާރަަގައި ދެކެވެމުންދާ ފަލަސްތީނަށް ޖާގައެއް ނެތުމަކީ މި ދެންނެވި ނުފޫޒުގެ ބާރެވެ.

މީގެ އިތުރުން އެއް އިރެއްގައި ހަތުރުން ކަމުގައިވި އަރަބި ބާރުތައް ދާޚިލީ ހަނގުރާމައާއި އެކި އުކުޅުތައް ބޭނުންކޮށްގެން ނިކަމެތި ކޮއްލީ ވެސް އޭގެ ފަހަތުގައި އެމެރިކާއާއި އިސްރާއީލުގެ ބޮޑު ރޭވުމަކާއެކުއެވެ. މިރޭވުންތައް އެމެރިކާގެ ބާރާ ނުލައި ކާމިޔާބުވުން ނާދިރުކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާއިރު، މިއާ ނުލާ އަބްރަހަމް ރެކޯޑެއް ވެސް އަދި އެހެންނަމެއްގައި ވެސް އަރަބިންނާ ގުޅުން ޤާއިމުކުރުން ނާދިރުކަމަކަށްވީސްކަން ކަށަވަރެވެ.

މި ދަންނަވާލެވުނީ އެމެރިކާ ނެތިއްޖެނަމަ ނުވަތަ ނެތްނަމަ ވެގެން ހިނގައިދާނެ ފަލްސަފާތަކެއް ނުވަތަ ތަފާތުތަކެއްގެ ވާހަކައެވެ. ފެށިއިރުވެސް ފާހަގަކުރި ފަދައިން ދެ ޤައުމުވެސް އުފެދުމުގައި ޒައިނިސްޓް ފިކުރުގެ ދައުރުގެ ބޮޑުކަމުން މި ދެންނެވި އެއްވެސް ޙާލަތެއް ނާންނާނެކަމަށް ބެލެވެއެވެ. އެއީ އެމެރިކާގެ ރިޔާސަތައް ކޮންމެ ފިކުރެއްގެ ކޮންމެ މީހަކު އައިކަމުގައިވީނަމަވެސްމެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
33%
0%
0%
17%
0%
50%
ކޮމެންޓް
ގުޅުންހުރި
ފަލަސްތީނަށް މިނިވަންކަން ލިބެންވާނީ މަޝްވަރާ ކޮށްގެން، ވަކި ވަކި ގައުމުތަކުން ފަލަސްތީން ބަލައިގަނެގެންނެއް ނޫން: އެމެރިކާގެ ރައީސް
ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި
އިޒްރޭލުގެ ބޮޑުވަޒީރާއި ޑިފެންސް މިނިސްޓަރ ހައްޔަރު ކުރަން އައިސީސީ އަށް ހުށަހެޅުމުން ބައިނަލް އަގްވާމީ މުޖްތަމައުން ތާއީދު ކޮށްފި
އިޒްރޭލު ސިފައިން ޖަބާލިއާ ރެފިއުޖީ ކޭމްޕުގެ ހޮސްޕިޓަލަށް ހަމަލާ ދީފި
މެސީ އާއެކު އާޖެންޓީނާގެ ސްކޮޑު އިއުލާންކޮށްފި، ޑިބާލާ އަށް ފުރުސަތެއް ނެތް!
އީރާންގެ ރައީސް ދަތުރު ކުރައްވަނި ކޮށް ވެއްޓުނު ހެލިކޮޕްޓަރ ހޯދަން އެމެރިކާގެ އެހީ އަށް އެދުނު: އެމެރިކާ
ނަތަންޔާހޫ އާއި އޭނާގެ ޑިފެންސް މިނިސްޓަރ ހައްޔަރު ކުރަން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އުޅޭތީ އެމެރިކާގެ ރައީސް ކޯފާވެއްޖެ
ގާޒާއިން 900،000ށް ވުރެ ގިނަ މީހުން 2 ހަފްތާ ތެރޭ ހިޖުރަ ކޮށްފި: އދ