Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސްތީނުގެ ޙައްޤަށްޓަކައި ދިވެހިން

ދުނިޔޭގެ އެންމެ ބޮޑު ޖަލުގައި ހަފުސްވެ ނުދަނީސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީވެދީ - ދިވެހިރާއްޖެ

20 މެއި 2021 | ބުރާސްފަތި 18:41

މަޢުސޫމްއެއްތައް ބަޔަކު ޝަހީދުކޮށްލެވޭއިރު މަޑުންތިބެގެން ނުވާނެކަމަށް ގޮވާލެއްވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 20 މެއި 2021 | ބުރާސްފަތި 18:41
އިސްރައިލުން ޣާޒާއަށް ދެމުންދާ ޙަމަލާތައް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ކުށްވެރި ކުރައްވާފައި

އިސްރައިލުން ޣާޒާއަށް ދެމުންދާ ޙަމަލާތައް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ކުށްވެރި ކުރައްވާފައި

ދުނިޔޭގެ އެންމެ ބޮޑު ޖަލުގައި ހަފުސްވެ ސުންނާފަތިވެ ނުދަނީސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީވެދީ، ހަމަލާތައް ހުއްޓުވައިދިނުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖޭގެ ފަރާތުން މިހެން ގޮވާލާފައިމިވަނީ، ދިވެހިރާއްޖޭގެ ފަރާތުން އދގެ އާންމު މަޖިލީހުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދެއްވި އަސަރުން ފުރިފައިވާ ތަޤުރީރުގައެވެ.

Advertisement - newsAdvertisement

އދގެ އާންމު މަޖިލީހުގައި 67 ވަނަ ޕްލެނަރީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ، ފަލަސްތީންގެ ޙާލަތާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް ވަރަށް ކަންބޮޑުވާކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރގެ ތަޤުރީރުގައި ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހިތްދަތިކަން ވަނީ ތަފްސީލީގޮތެއްގައި ސިފަކުރައްވާފައެވެ. ރަމަޟާން މަހާ، ފިތުރު ޢީދު ފަދަ މުސްލިމުންނަށް އެތައްގޮތަކުން ޚާއްސަ ދުވަސްތަކެއް ފަލަސްތީނުގެ ކޮންމެ ރައްޔިތެއް ވެސް ހޭދަކުރީ ބިރުވެރިކަމާއި ކެކުޅުންތަކުގައިކަމަށް ވިދާޅުވިއެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުން ނިދިން ހޭލައްވާލަނީ ބޮމާއި ބަޑިތަކުގެ ވަޒަނުގެ ބިރުވެރި އަޑުން ކަމުގައިވާއިރު، މިހަމަލާތަކުން ރައްކާތެރިވެ ހިންދެމިލަން ވެސް މިއަދު އެ ރައްޔިތުން ބިރުގެންފައިވާކަމަށް ވިދާޅުވިއެވެ. އިސްރާއިލުގެ އަސްކަރީ ބާރުތަކުންދޭ ޙަމަލާތަކުގައި މަޢުސޫމް އެތައް ބައެއް ޝަހީދުވަމުންދިއުމުން މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިނިސްޓަރ ޝާހިދު ވަނީ، ކުޑަކުދިންނާއި، އަންހެނުންނާއި، ނޫސްވެރިންގެ އިތުރުން އޭހީ ފޯރުކޮށްދޭ ދަރުމަވެރިންތަކެއް ޝަހީދުކޮށްލެވޭއިރު ބައިނަލްްއަޤްވާމީ މުޖުތަމަޢުން ހިމޭނުންތިބެގެން ނުވާނެކަމަށް ވިދާޅުވިއެވެ. ފަލަސްތީނަކީ ދުނިޔޭގައި މިހާރު އޮތް ޖަލުކަމުގައި ސިފަކުރައްވާ މިނިސްޓަރ ޝާހިދު ވަނީ މެދުރިއުމަތީގައި ދެމުންދާ މި ޙަމަލާތައް މިހާރުން މިހާރަށް ނުހުއްޓުވިއްޖެނަމަ ޣާޒާއެއްކޮށް ސުންނާފަތިވެ ރައްޔިތުން ހަފުސްވެގެން ހިނގައިދޭނެކަމަށް ވިދާޅުވިއެވެ.

މުޅި ދުނިޔެ ކޮވިޑާއި ދެކޮޅަށް ހަނގުރާމަކުރަމުންދާއިރު، ފަލަސްތީންފަދަ ރައްޔިތުން ކޮވިޑްއާއި އިސްރާއީލްގެ ލާއިންސާނީ ހަމަލާތަކާއި ކުރިމަތިލާންޖެހިފައިވަނީ އެއްވެސް ހަތިޔާރަކާއި ނުލާކަމަށް ވިދާޅުވިއެވެ. އިސްރާއީލުން ދިން ހަމަލާތަކުގަކުގައި ކޮވިޑަށް ފަރުވާދިނުމާއި އެހީވުމަށް ބިނާކޮށްފައިވާ ހުރިހާތަނެއްހެން ބިމާ ހަމަވެފައިވާއިރު، ވަންނާނެ ގެދޮރުނެތި ދިރިއުޅެމުންދާ ފަލަސްތީން ރައްޔިތުންގެ ކެކުޅުންކަށް ބީރު ކަންފަތެއް ދީގެން ތިބެގެން ނުވާނެކަމަށް ވިދާޅުވިއެވެ. ކޮވިޑާއެކު ގައިދުރުކުމަކީ އާންމު ބަހަކަށްވީނަމަވެސް، ފަލަސްތީން ބިމުގައި ޔަޙޫދީ ދައުލަތެއް އުފެދި މިވީ 73 އަހަރުގައި ފަލަސްތީންވަނީ މުޅި ދުނިޔެއިން ދުރުކޮށްލާ އެކަހެރިކަމުގައި ދިރިއުޅެން ޖެހިފައިކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވީ އަސަރާއެކުއެވެ.

މި މައްސަލައަކީ މައްސަލައިގެ ޙައްލު އޮވެމެ، މައްސަލަހައްލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ނާކާމިޔާބުވެފައިވާ މައްސަލައަކަށް ވުމުން ހިތާމަކުރައްވާކަމަށް ވިދާޅުވިއެވެ. ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ގަބޫލުކުރަނީ 1967ވަނަ އަހަރު އެކުލަވާލި ފަލަސްތީނުގެ ސަރަހައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ހެދުންކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތަކަށް ވެރިވުމަކީ އިސްރާއީލާއި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް އެޅޭ އިތުރު ހުރަހެއްކަމަށާއި، އެކަން ހާސިލް ކުރެވޭނީ އިޚްލާސްތެރިކަމާއެކު މަސައްކަތް ކޮށްގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަ ނިންމާވާލައްވަމުން ވެސް ވަނީ ފަލަސްތީނުގެ ޙައްޤުގައި ދިވެހިރާއްޖެއިން ތިބޭނެކަން ފާހަގަކުރައްވާ، ހަމަލާތުން ބަދަލުކުރުން ހުއްޓާލުމަށް ކުރެވެންހުރި ހުރިހާކަމެއް ހަލުވިކުރުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު އދގައި ފަލަސްތީނުގެ ޙައްޤުތަކަށް ގޮވާލާ އަޑުއުފުއްލަވާފައިވާއިރު، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އޯއައިސީގެ ބައްދަލުވުމުގައިވެސް އެމަނިކުފާނުވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށްޓަކައި އަޑުއުފުލައި ވަކާލާތުކުރުމުގައި ބަދަލެއްނެއިސް ދެމިއޮންނާނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް