Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުތުރަށް އެރި ބާރުގަދަ ކޮޅިގަނޑު

އުތުރަށް އެރި ބާރުގަދަ ކޮޅިގަނޑާއެކު ހޯރަފުށީ ފަޅުގައި އިތުރު ރަށެއް!

ކޮޅިގަނޑުގައި 62 މޭލު ބާރު މިނުގައި ހޯރަފުށީ ސަރަހައްދަށް ވައިޖެހިފައިވޭ

އަހުމަދު ސަލީމް
އަހުމަދު ސަލީމް, ރާއްޖެ އެމްވީ | 20 މެއި 2021 | ބުރާސްފަތި 18:31
ހއ. އިންނަފިނޮޅު ދެބައިވެފައި - މިއީ 1991 އަހަރުގެ ފަހުން ފާއިތުވި 29 އަހަރުގެ ތެރޭގައި ރާއްޖެއަށް އެރި އެންމެ ބާރުގަދަ ކޮޅިގަނޑު

ހއ. އިންނަފިނޮޅު ދެބައިވެފައި - މިއީ 1991 އަހަރުގެ ފަހުން ފާއިތުވި 29 އަހަރުގެ ތެރޭގައި ރާއްޖެއަށް އެރި އެންމެ ބާރުގަދަ ކޮޅިގަނޑު

މެއި މަހުގެ 14 ވީ ހުކުރު ދުވަހު ރާއްޖޭގެ އުތުރަށް އެރި ބާރުގަދަ ކޮޅިގަނޑާއެކު ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ފަޅުރަށް ކަމަށްވާ އިންނަފިނޮޅު ދެ ބުރިވެ، އިތުރު ރަށެއް އުފެދިއްޖެއެވެ.

އިންނަފިނޮޅު ދެބުރިވެ އިތުރު ރަށެއް އުފެދިފައިވާއިރު ދެ ރަށް ދޭތެރޭގައި އިސްކޮޅު ނުކާވަރުގެ ފުންމިން މިހާރު ހުރިކަން ފާހަގަ ކުރެވެއެވެ.

Advertisement - newsAdvertisement

ކޮޅިގަނޑުގެ ތެރޭގައި ދެބައިވި އިންނަފިނޮޅަކީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ ބިލެތްދޫ ތިލަ ހިމެނޭ ސަރައްދުގައި ހޯރަފުށީ ފަޅު (ގުދަންފުށީ ފަޅު) ތެރޭގައި އެންމެ އުތުރަށް އޮންނަ ރަށެވެ. އިންނަ ފިނޮޅާ އެންމެ ގާތުގައި އޮތީ ތާރީޚީ ގޮތުން މަޝްހޫރު ވަނގާރެވެ. ވަނގާރާއި އިންނަ ފިނޮޅާ ދެމެދު އޮތީ ވަނގާރު ކަނޑެވެ.

ގާތްގަނޑަކަށް ނުވަ މޭލު ބައި ދިގުމިނުގައި ހުންނަ ހޯރަފުށީ ފަޅުގައި ހޯރަފުއްޓާ އިންނަފިނޮޅާއި ދެމެދު މީގެ ކުރިން 5 ފަޅުރަށް އޮވެއެވެ. އަލަށް މި އުފެދުނު ރަށާއެކު ހޯރަފުށި ހިމަނައިގެން މިހާރު 11 ރަށް އެބައޮތެވެ.

މިހާދިސާ ހިނގަން މެދުވެރިވި ބާރުގަދަ ކޮޅިގަނޑު 14 މެއި 2021 ވީ ހުކުރު ދުވަހު ސައުތު އީސްޓް އެރެބިއަން ސީ ގައި އުފެދުނީ މަލިކު ސަރަހައްދުގައި އުފެދުނު ޑީޕް ޑިޕްރެޝަނެއްގެ ސަބަބުންނެވެ. ކޮޅިގަނޑުގެ އަސަރު އިހަވަންދިއްޕޮޅަށް ކުރަމުން ދިޔައިރު ކޮޅިގަނޑުގެ މެދާއި ހޯރަފުއްޓާ ދެމެދު ހުރީ ގާތްގަނޑަށް 315 މޭލުގެ ދުރުމިނެވެ. ކޮޅިގަނޑުގެ ބާރު ގަދަވެ، މެއި މަހުގެ 15 ވަނަ ދުވަހު ތޫފާނަކަށް ބަދަލުވިއިރު، ތޫފާންގެ މެދުތެރެއާއި ހޯރަފުއްޓާ ހުރީ 410 މޭލުގެ ދުރުމިނެކެވެ. 

މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސަރވިސްގެ ރެކޯޑްތަކުން ފެންނަ ގޮތުގައި މިއީ 1991 އަހަރުގެ ފަހުން ފާއިތުވި 29 އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ބާރު މިނުގައި ވައިޖެހުނު އަދި އެންމެ ބިޔަ ރާޅު އުފެއްދި ކޮޅިގަނޑެވެ. ކޮޅިގަނޑުގައި 62 މޭލު ބާރު މިނުގައި ހޯރަފުށީ ސަރަހައްދަށް ވައިޖެހިފައިވާއިރު، އެސަރަހައްދުގެ ކަނޑުގައި ރާޅުގެ އުސްމިނުގައި 3.9 މީޓަރު (12ފޫޓު) ހުރި ކަމަށް ރެކޯޑް ކުރެވިފައިވެއެވެ.

ފެންބޮޑުވުމާއި އުދަ އެރުމުގެ ހާދިސާތަކަކީ ހޯރަފުށްޓަށްވެސް މީގެ ކުރިން ތަޖުރިބާ ކުރަން ޖެހިފައިވާ ހާދިސާތަކެވެ. ތާރީޚީ ލިޔުންތަކުން އެނގެން އޮތް ގޮތުގައި ބާރުގަދަ ކޮޅިގަނޑެއްގެ އަސަރު މީގެ 48 އަހަރު ކުރިން، 1973 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު ހޯރަފުއްޓަށް ކުރިކަމަށް ލިޔެކިޔުންތަކުން ފެންނާން އެބައޮތެވެ. އޭގެ ފަހުން 1963 ވަނައަހަރު ކުރީ ކޮޅު ރާއްޖެއަށްކުރި ވިއްސާރައިގާ މުޅިރަށުގައި ފެންބޮޑުވެ އެކިވަރުގެ ގެއްލުން ގޭގެއަށާއި ރަށުގައި ހުރި އޮޑި ހަރުގެތަކަށްލިބުނެވެ. އެއަށްފަހު 1976 ގައިވެސް ކުރިވިއްސާރައިގާ ވައިގަދަވެ ގިނައަދަދެއްގެ ރުއް ގަސްވެއްޓި ބައެއް ގޭގޭގެ ފުރާޅު އެއްލާލައި ރަށުގެ ދެކުނުކޮޅުގެ ބޮޑުސަރަޙައްދަކަށް އުދަ އަރާ ފެންބޮޑުވިއެވެ. އަދި 1990 ގައި 1996 ގައިވެސް ރަށަށް ރާޅުއަރާ ފެންބޮޑުވިއެވެ. އެއަށްފަހު 2004 ޑިސެންބަރ 26 ސުނާމީ ކާރިސާގައި ރަށުގެ އިރުމަތިފަރާތުން 300 ފޫޓު އެއްގަމަށް ރާޅުއަރާ ބަނދަރުގެ ކަނޑުތޮއްޓާ އެއްގަމުތޮށި ހަލާކުވިއެވެ. 2012 އޮކުޓޯބަރ 30 ގައި ކުރިވިއްސާރައިގާ ރަށުގައި 2 ފޫޓަށް ފެންބޮޑުވެ ގިނައަދަދެއްގެ ގޭގެއަށް ފެންވަދެ ގެތަކުގައި ހުރި ފަރުނީޗަރ ފަދަތަކެތި ހަލާކުވެ ކާބޯތަކެއްޗަށްގެއްލުންވިއެވެ. 

ހޯރަފުށީ ފަޅަކީ ގިނަ ފަޅު ރަށްތަކެއް އެކުލެވޭ އިހަވަންދިއްޕޮޅުގެ އެންމެ ބޮޑު ފަޅުގެ ގޮތުގައި އޮތް ވަރުގަދަ މައިތޮއްޓެއް އުފެދިފައި އޮތް ފަޅެކެވެ. ތާރީޚީ ގޮތުން ބަލާއިރު، ފަޅުގައި ހުރި ބައެއް ރަށްރަށް ގިރައިގެން ގޮސްފައެވެ. ނަމަވެސް އެއީ އާދަޔާ ޚިލާފް ކޮޅިގަނޑެއްގެ ސަބަބުން ދިމާވި ގޮތެއް ކަމަށް ދެންނެވޭނެ ހެއްކެއް ނެތެވެ. ހޯރަފުށީގައި ދިރިއުޅެން ފެށި އާބާދީ އަކީ އެރަށު ފަޅުގައި އޮތް ގުދަންފުށިން ހިޖުރަކުރި މީހުން ކަމަށް ލިޔެކިޔުންތަކުގައިވެއެވެ. 1835 ވަނަ އަހަރު ކޮށްފައިވާ ސާވޭ އަކަށް ބަލާއިރު، ގުދަންފުއްޓަކީ ހެޔޮވަރުވަރުގެ ރަށެއްގެ ގޮތުގައި އޭރު އޮތް ރަށެއް ނަމަވެސް، ހޯރަފުށީ ފަޅުގައި މިހާރު ފެންނާން އޮތީ ގުދަންފުށި އޮތް އޮތްތަނުގައި ހުރި އާނުތަކެވެ. މިރަށް ނެތިގެން ދިޔައީ މޫސުމީ ގިރުމުގެ ނެތެމުން ގޮސް ކަމަށް ބެލެވެއެވެ. ހޯރަފުށީގެ އެންމެ އުތުރުން ކުރިން އޮތް ދިގު ފިނޮޅަކީ ހޯރަފުއްޓާ ގުޅިފައިވާ ރަށެކެވެ. ދިގުފިނޮޅު ހޯރަފުއްޓާ ގުޅުމުގެ ސަބަބުން ހޯރަފުށީގެ ބައެއްގެ ގޮތުގައި ހަމަޖެއްސީ 1716 ވަނަ އަހަރުއެވެ. ހަމަ އެގޮތަށް ކުޑަ ފިނޮޅަކީ ދާދި ފަހަކާ ޖެހެންދެން ހޯރަފުއްޓާ އެ ރަށާއި ދެމެދު އަޑަވަރު ކިޔާ ފުން ތަނެއް އެ ދެމެދުގައި އޮތް ރަށެކެވެ. މަޑުމަޑުން ތިލަވަމުން ގޮސް މި ދެރަށް ގުޅުނީ 2010 ވަނަ އަހަރުއެވެ. ކުޑަފިނޮޅަކީ ހޯރަފުށީގެ ބައެއްގެ ގޮތުގައި ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައެވެ.

ގަދަވަޔާ ބިޔަ ރާޅުތަކާ އެކު ރާއްޖެއަށް އަރާ ކޮޅިގަނޑުތަކަކީ ރާއްޖެއަށް ޓޮޕޮގްރަފިކަލް ކުއްލި ބޮޑެތި ބަދަލުތަކެއް ގެންނަ ހާދިސާތަކެއްކަން މީގެ ކުރީގެ މިފަދަ އެތައް ހާދިސާއަކުން ފާހަގަވެފައިވެއެވެ. މާލެ އަތޮޅު އުދަފުއްޓަކީ އެއްރެއިން އުފެދުނު ރަށެކެވެ. 1987 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އުފެދުނު ބިޔަ ރާޅުތައް މައިތިރިވި އިރު މި ރަށް އޮތީ އުފެދިފައެވެ. އެ ރަށަށް ނަންދިނީ އޭގެ 4 ދުވަސް ފަހުންނެވެ. ރަށުގައި ގަސް އިންދީ 1989 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. 

ހޯރަފުށީ ފަޅުގެ ޓޮޕޮގްރަފީއަށް ކުއްލި ބޮޑު ބަދަލެއް ގެނައި، ކޮޅިގަނޑު ފަހުން ތޫފާނަކަށް ބަދަލުވުމުން ސައިންސްވެރިން އެ ތޫފާނަށް ޓައުޓޭގެ ނަމުން ނަން ދީފައިވެއެވެ. އެމެރިކާގެ ޖޮއިންޓް ޓައިފޫން ވޯނިންގ ސެންޓަރުން ބުނާ ގޮތުގައި މިއީ އެރޭބިއަން ސީ ގައި 1998 ވަނަ އަހަރުގެ ފަހުން އުފެދުނު 5 ވަނަ އަށް އެންމެ ބާރުގަދަ ތޫފާނެވެ. ތޫފާންގެ ވައި 125 މޭލު ބާރު މިނުގައި ހުރި އިރު ކަނޑުގައި ގާތްގަނޑަކަށް 13 ފޫޓުގެ އުސް ރާޅު އުފެދުނު ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މެއި މަހުގެ މެދުތެރެއިން ހޯރަފުއްޓަށް ތަޖުރިބާކުރަން ޖެހުނު ކޮޅިގަނޑަކީ މޫސުމާބެހޭ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި އާދައިގެ ކަމެއް ނޫނެވެ. އެއީ އާއްމު ކަމެއް ވެސް ނޫނެވެ. އާދަޔާ ޚިލާފް މިހާދިސާއާ އެކު ހޯރަފުށީ ފަޅަށް އެވަނީ ފާހަގަ ކުރެވޭ ބޮޑު ޓޮޕޮގްރަފިކަލް ބަދަލެއް އައިސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް އާންމު ދިރިއުޅުމަށް އާދެވިއްޖެ

އައްޑޫ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް އާންމު ދިރިއުޅުމަށް އާދެވިއްޖެ

25 މެއި 2017
ގިރިއަކަށް އެރި މަސްދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިވަނީ

ގިރިއަކަށް އެރި މަސްދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިވަނީ

18 މެއި 2017
މިސަރުކާރަކީ އެންމެ ބާރުގަދަ ތަން ކަމަށް ހީކޮށްގެން ނުވާނެ: ރޮޒެއިނާ

މިސަރުކާރަކީ އެންމެ ބާރުގަދަ ތަން ކަމަށް ހީކޮށްގެން ނުވާނެ: ރޮޒެއިނާ

15 އެޕްރީލު 2017
މެމްބަރުންނަށް ފައިސާ ބެހިކަމަށް އެއްބަސްވި ހޯރަފުށީ ދާއިރާގެ މެމްބަރުގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް

މެމްބަރުންނަށް ފައިސާ ބެހިކަމަށް އެއްބަސްވި ހޯރަފުށީ ދާއިރާގެ މެމްބަރުގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް

12 އެޕްރީލު 2017
މޫދަށް އެރިއުޅުނު ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި

މޫދަށް އެރިއުޅުނު ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި

30 މާރިޗު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު