Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

ޝަހީދުވެފައި އޮތްއިރުވެސް ހަމްޒާ ނަސީރު އޮތީ ރީތި ހިނިތުންވުމެއްގައި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 20 މެއި 2021 | ބުރާސްފަތި 13:59
ގާޒާގެ މަންމަޔަކު އޭނާގެ ތުއްތު ދަރިފުޅާއެކު: އިޒްރޭލުގެ އުދުވާނުގައި ގިނަ އަދަދެއްގެ ތުއްތު ކުދިންނާއި މައިން ވަނީ ޝަހީދުވެފައި

ގާޒާގެ މަންމަޔަކު އޭނާގެ ތުއްތު ދަރިފުޅާއެކު: އިޒްރޭލުގެ އުދުވާނުގައި ގިނަ އަދަދެއްގެ ތުއްތު ކުދިންނާއި މައިން ވަނީ ޝަހީދުވެފައި

ކުރިމަތިން ފެންނަމުންދަނީ ސުންނާފަތި ވެފައިވާ އިމާރާތްތަކެވެ. ދުރާއި ގާތުން އިވެމުން ދަނީ ބިރުވެރި ހަޅޭކާއި ރުއިމުގެ އަޑެވެ. ގައިގައި އަޅަމުން ދަނީ ރަހުމެއް ނެތް އަނިޔާތަކުގެ ގަދަ ވޭނެވެ. ލޮލުން ފައިބަމުން ދަނީ ހިފެހެއްޓުމެއް ނެތް ހިތި ކަރުނައެވެ. ބަނޑުގައި ވަނީ ދުނިޔެއަށް ނޭވާލެވޭނެ ކަމުގެ އުންމީދެއް ނެތް ދަރިފުޅެވެ. އުރުގައި އޮތީ ހަމަލާތަކަށް ސިހިސިހި އޮތް ތުއްތު ދަރިފުޅެވެ. މިއީ މިއަދު ފަލަސްތީނުގެ މައިންގެ ހާލެވެ.

ފަލަސްތީނުގެ ރައްޔިތުން މިއަދު ކުރަމުންދަނީ ވޭނީ އިހުސާސްތަކެކެވެ. މި އަސަރުގެ ހިތި ރަހަ އެންމެ ބޮޑަށް ތަޖުރިބާ ކުރަން ޖެހިފައި ވާ ބަޔަކީ މައިންނެވެ. އެހެނީ ދަރިއަކަށް ކުޑަ ނަމަވެސް އަނިޔާއެއް ލިބުމަކީ މަޔަކަށް ކެތްވާ ވަރުގެ ކަމެއް ނޫނެވެ. އެކަމަކު ފަލަސްތީނުގެ މައިންނަށް ޖެހިފައި ވަނީ އެ ހިތްދަތިކަން މެދުކެނޑުމެއްނެތި ތަހައްމަލް ކުރާށެވެ. ނުވަމަހާއި ނުވަދުވަހު ހަށިގަނޑުގެ ހިމާޔަތުގައި ގެންގުޅުނު ދަރިން 'ކަތިލަނީ' ލޯ ކުރިމަތީގައެވެ. ލެއިން ކާންދީގެން ބޮޑުކުރި ދަރިފުޅު ގެއިން ނިކުތުމަށްފަހު ދެން ފެންނަނީ ފުރާނަ ނެތް މަސްގަނޑެވެ. ރެއާ ދުވާލު މި ފަދަ އެތަކެއް ހާދިސާއެއް ފަލަސްތީނުގެ ގާޒާގައި ދަނީ ތަކުރާރު ވަމުންނެވެ.

ފަލަސްތީނުގައި ހިނގަމުންދާ ހާދިސާތަކުގެ ތެރެއިން ހިތުގެ ފުންމިނަށް އަސަރު ކުރުވި އެއް ހާދިސާއަކީ އުމުރުން އެންމެ 11 އަހަރުގެ ހަމްޒާ ނަސީރު ޝަހީދުވި ހާދިސާއެވެ. މީސްމީޑިއާގައި ދައުރުވި ފަލަސްތީނުގެ ކުޑަކުދިންގެ ގަބުރުތަކުގެ ފޮޓޯ ތަކުގެ ތެރެއިން ގިނަބައެއްގެ ލޮލުގައި އަޅައިގަތީ ހަމްޒާގެ ފޮޓޯއެވެ. ޚާއްސަ ސަބަބަކަށްޓަކައެވެ. ޝަހީދުވެފައި އޮތްއިރު ހަމްޒާ އޮތީ ރީތި ހިނިތުންވުމެއްގައެވެ. އެކަމަކު ހަމްޒާ ވަކިވެ ދިޔުމުގެ ހާދިސާއިން އޭނާގެ މަންމަ އަށް ލިބުނީ ކެތްކުރަންދަތި ހިތާމައެކެވެ.

ހަމްޒާ ވަކިވެ ދިޔައީ އޭނާގެ ބޭބެއާއި ބައްޕަ ޝަހީދުވި ހަފުތާގެތެރޭގައެވެ. ރަމަޟާން މަހުގެ ފަހު ރޯދަ ދުވަހު ހަމްޒާ ގެއިން ނިކުތީ ރޯދަވީއްލާނެ ކާއެއްޗެއް ތައްޔާރު ކުރުމަށް ތަރުކާރީ ގަންނަން މާރުކޭޓަށެވެ. އޭނަގެ ލޯފަން މަންމައަށް ނޭނގި މަންމަ އުފާ ކޮށްލުމުގެ މަގުސަދުގައެވެ. އެކަމަކު އެނބުރި ގެއަށް އައުމުގެ ފުރުސަތެއް ހަމްޒާއަކަށް ނުލިބުނެވެ. ގެއަށް ވައްދަން ޖެހުނީ މަންމައަށް އެހީވާން ދުނިޔޭގައި ހުރި ހަމައެކަނި ދަރިފުޅުގެ ފުރާނަނެތް މަސްގަނޑެވެ.

ދެން އޮތީވެސް ޔަހޫދީ އަނިޔާވެރީންގެ ޝިކާރައަކަށްވި މައެއްގެ ވާހަކައެވެ. ސްކޫލެއްގައި އަރަބި ކިޔަވައިދެމުން ދިޔަ ހިތްހެޔޮ މުދައްރިސެކެވެ. ނަމަކީ ޚުލޫދް އަލްޒަމީލީ އެވެ. ދަންނަ އެންމެން ވެސް ޚުލޫދު ސިފަކޮށްފައި ވަނީ އަބަދު ވެސް ހިނިތުންވެފައި ހުންނަ ލޯބި މީހެއްގެ ގޮތުގައެވެ.

ބަލިވެ އިނދެ ބަނޑަށް ފަސް މަސްފުރިފައިވާ ޚުލޫދު ތައްޔާރުވަމުން ދިޔައީ އޭނާގެ ދެއަހަރުގެ ދަރިފުޅު ހޫރް ނިންދެވުމަށެވެ. ދަރިފުޅު ނިންދަވަން ނާނާ ކިޔައިދޭން ފެށުމުގެ ހިނދުކޮޅެއް ކުރިން އިޒްރޭލުގެ ޔަހޫދީންގެ ހަމަލާ ޚުލޫދުގެ ގެއަށް އަމާޒުވިއެވެ. އެއްވެސް އިންޒާރެއް ނެތިއެވެ. ޚުލޫދު އެރޭ އޮށޯވެލީ ދަރިފުޅު ނިންދަވާށެވެ. އެހެނަސް ދެއަހަރުގެ ދަރިފުޅާއި, ބަނޑުގައި އޮތް ދަރިފުޅާއެކު އެރޭ ޚުލޫދު ނިދީ ތާއަބަށެވެ.

ޔަހޫދީންގެ އަނިޔާތަކުން ބަނަވެފައިވާ ފަލަސްތީނުގެ ބިމުން ފެންނަނީ ހަމައެކަނި އިންތިހާ ދަރަޖައިގެ ހިތްދަތިކަމެއް ނޫނެވެ. ހިއްވަރުގަދަ މައިންގެ ފުރިހަމަ އީމާނާއި ކެތްތެރިކަމެވެ. އެކަން އެންމެ ރަނގަޅަށް ފެނިގެން ދިޔައީ ޔަހޫދީންގެ އުދުވާންތަކުގައި އެކިފަހަރުމަތިން ޝަހީދުވި ތިން ފިރިހެން ދަރީންގެ މައެއްގެ ފުށުންނެވެ. ލޯބި ލޯބިން ދަރިފުޅުގެ ފުރާނަނެތް މަސްގަނޑުގައި ފަހުފަހަރު ބޮސްދިނުމަށްފަހު ފަލަސްތީނުގެ އެ މަންމަ ވާހަކަ ދެއްކީ އެންމެ ކަރުނަ ތިއްކެއް އޮހޮރުވުމަކާ ނުލައެވެ.

ޝަހީދުވެފައިވާ ތިން ދަރީންގެ މަންމަ ބުނަމުން ދިޔައީ الله އަށް ޝުކުރުކުރާ ކަމުގައެވެ. މިއީ الله ގެ އިމްތިހާނެއް ކަމަށާއި اللهގެ އިރާދަފުޅުކަމަށް އޭނާ ބުނަމުންދިޔައެވެ. ފަޚުރުވެރިކަމާއެކު އޭނާ ބުނަމުން ދިޔައީ ކޮންމެ މަޔަކުވެސް ދަރިން ތަރުބިއްޔަތު ކުރަން ޖެހޭނި އިސްލާމީ އަގީދާގެ މަތީގައި ކަމުގައެވެ. އެ މަންމަ އެންމެ ފަހުން ބުނެލީ "އަލްޙަމްދުލިالله. އަހަރެންގެ ތިން ދަރީންނަށް ވެސް ސުވަރުގޭގެ މަތުވެރި ނިއުމަތް ލިބޭނެ. އިންޝާ الله"  މިފަދައިންނެވެ.

މިއީ ފަލަސްތީނުގެ މައިންގެ ވޭނާއި ކެކުޅުމުގެ މަދު މިންވަރެކެވެ. ޔަހުދީންގެ އަނިޔާވެރިކަމުގެ ހިޔަނީގައި އެމައިން އަބަދުމެ ތިބެނީ ސިހިސިހިއެވެ. ފުރާނަ އަތްމައްޗަށް ލައިގެން ކޮޅުކޮޅު މައްޗަށް ދުވަމުން ދަނީ މައުސޫމް ދަރީންގެ ހައްގުގައެވެ. ދީނާއި ގައުމައްޓަކައި ކުރަމުންދާ ޖިހާދަށް ނަސްރު ދެއްވާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

22 އޯގަސްޓު 2017
މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

21 އޯގަސްޓު 2017
މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު