Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެރަރިސްޓް ހަމަލާގެ ތަހުގީގު

ޓެރަރިސްޓް ހަމަލައާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ޔޫއޭއީން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރު

ޔޫއޭއީގެ މަޖިލިސް ކޮމެޓީގެ ރައީސް ސަގުރް ގުބާޝް ވަނީ އެމަނިކުފާނުގެ ހާލުކޮޅު ބައްލަވާލައްވާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 19 މެއި 2021 | ބުދަ 13:27
ރައީސް މުހައްމަދު ނަޝީދު ޖަރުމަންވިލާތުގައި، ހާލުކޮޅު އަންނަނީ ރަނގަޅުވަމުން

ރައީސް މުހައްމަދު ނަޝީދު ޖަރުމަންވިލާތުގައި، ހާލުކޮޅު އަންނަނީ ރަނގަޅުވަމުން

ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޔޫއޭއިން ހުށަހަޅައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޫއޭއީގެ ގައުމީ ޝޫރާ މަޖިލީހުގެ ރައީސް ސަގުރް ގުބާޝް ވަނީ އެމަނިކުފާނުގެ ހާލު ބައްލަވާލައްވައި ހަމަލާއާ ގުޅިގެން އެހީތެރިކަން ފޯރުދިނުމަށް ހުށަހަޅުއްވާފައި ކަމަށެވެ. އަދި މިހުށަހެޅުއްވުމަށް ރައީސް ނަޝީދު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މިތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޔޫއޭއިން ހުށަހަޅާފައިވާއިރު، ދިވެހި ފުލުހުންނަށް އެހީވުމަށް އޮސްޓްރޭލިއާގެ މަރުކަޒީ ފުލުހުންގެ ޓީމެއް މިމަހުގެ 8 ވަނަ ދުވަހު ރާއްޖެ ވަނީ އައިސްފައެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ޖަރުމަނުވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވާއިރު، އެމަނިކުފާނުގެ ހާލުކޮޅާއި މެދު ގިނަ ރައްޔިތުން ތިބީ ކަންބޮޑުވެފައެވެ. މި ހަމާލާއަކީ މުޅި ގައުމަށް ދިން ހަމަލާއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން ދެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލި ހަމަލާއަށްފަހު މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ. މި ތިން މީހުން ވެސް މިނިވަން ތަހުގީގަކަށް ފަހު އިންސާފުގެ ކުރިމަށްޗަށް ގެނެވޭނެ ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ. އަދި ހަމަލާގެ ފަހަތުގައި ތިބި އެހެން މީހުން ވެސް ހޯއްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު