Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޮޑު ޚިޔާނާތުގެ ލިސްޓު

ބޮޑު ޚިޔާނާތުގެ ލިސްޓް އާންމުކޮށް، މަގާމުތަކުގައި ތިބި މީހުން މަގާމުން ވަކިކުރުމަށް މަޖިލީހުން ތާއީދުކޮށްފި

ރިޕޯޓް ފާސްކުރުމަށް 45 މެމްބަރުން ވަނީ ވޯޓު ދެއްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 މެއި 2021 | ބުދަ 11:35
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މަންފާ ލިބުނު މީހުންނާއި އެކަމުގައި ބައިވެރިވި މީހުންގެ ލިސްޓާއި، އެ ލިސްޓުގައި ހިމެނޭ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމި ނިންމުމަށް މަޖިލީހުން ތާއީދުކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ މައްސަލައިގެ ތަހުގީގު ލަސްވާ ސަބަބު ސާފުކުރުމަށް ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ދިރާސާކޮށްފައެވެ. މިކޮމިޓީ ރިޕޯޓް ބުދަ ދުވަހުގެ ޖަލްސާގައި ވަނީ 45 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

Advertisement - newsAdvertisement

މިކަން ދިރާސާކުރި ސަބް ކޮމިޓީން ބަލާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ފުލުހުން ހިންގަމުންދާ ތަހުގީގުތަކެވެ.

ކޮމިޓީ ރިޕޯޓް އާންމުކޮށްފައިވާއިރު ކޮމިޓީން އެންމެ ފުރަތަމަ ބަލާފައިވަނީ ސަލާމަތީ ޚިދުމަތްތަކާއި، ފުލުހުންނާއި، މިނިވަން މުއައްސަސާތަކާއި، ޖުޑީޝަރީ އާއި މަޖިލީހާއި ކެބިނެޓުގައި ކުރީގަޔާއި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ މައްސަލައެވެ. އެގޮތަށް އެކަން ކުރަނީ މިމަގާމުތަކުގައި ތިބި މީހުންނަކީ ނުފޫޒުގެ ބޭނުންކުރެވޭ ހިސާބުތަކުގައި ތިބި މީހުން ކަމަށްވާތީ މިމައްސަލަތައް އަވަސްކުރުމަށް ތަހުގީގީ އިދާރާތަކަށް ބާރު އެޅުމަށެވެ.

ދައުލަތުގެ އެކި މަގާމުތަކުގައި ކުރީގަޔާއި މިހާރު ތިބި މީހުންގެ ތެރެއިން 119 މީހެއްގެ ނަން ހިމެނޭ ލިސްޓެއް ވަނީ ވަކިން އާންމުކޮށްފައެވެ. އަދި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާއިން މަންފާވި މީހުންނާއި ކޮރަޕްޝަން ހިންގިކަމަށް ބެލެވޭ ނުވަތަ އެކަމުގައި ބައިވެރިވިކަމަށް ތަހުގީގުތަކުން މިހާތަނަށް އެނގިފައިވާ 281 މީހެއްގެ ނަން ހިމެނޭ ލިސްޓެއް ވަނީ އާންމުކޮށްފައެވެ.

ކޮމިޓީ ރިޕޯޓްގައި ވަނީ 8 ހުށަހެޅުމެއް ހުށަހަޅާފައެވެ.

އެހުށަހެޅުން ތަކަކީ:

- ލިސްޓުގައި ހިމެނޭ ދައުލަތުގެ އެކިފަރާތްތަކަށް ދައުލަތުގެ އޮނިގަނޑުގެ ތެރެއިން މައުލޫމާތު ލިބޭނެ އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެކަމަށް ފެންނާތީ، މި މައްސަލައިގެ ތަހުގީގު އަވަސްކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދެންނެވުމަށް

- މިފަދަ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ތަހުގީގަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންނާއި ފަންނީ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް އޭސީސީގައި ދެންނެވުމަށް

- މިހާތަނަށް ތަހުގީގު ނިމިފައިވާ ފަރާތްތަކުގެ އަތުން އެފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާގައި ދެންނެވުމަށް އަދި އެކަން ހިނގަމުންދާގޮތް މަޖިލީހުން ބެލުމަށް

- މައްސަލަތައް ތަހުގީގުކުރާއިރު، އެފަރާތްތަކާމެދު އެވަގުތަކު އެޅެންހުރި މުހިއްމު ފިޔަވަޅުތައް އެޅުމަށާއި، އެގޮތުން ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމުތަކުގެ ތެރެއިން ވަކިކުރެވޭނެ ފަރާތްތައް އެވަގުތަކު ހުރި މަގާމަކުން ވަކިކުރުމަށް ދެންނެވުމަށް

- އިންތިޚާބީ މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުން ވަކި ކުރެވޭނީ އެ ފަރާތެއް އަމިއްލައަށް އެ މަގާމުން އިސްތިއުފާދިނުމުން ނުވަތަ ޝަރުއީ ހުކުމަކުން ކަމަށްވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތަހުގީގު އަވަސްކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދެންނެވުމަށް

- ފައިނޭންޝަލް އިންވެސްޓިގޭޝަންތައް ހިންގާއިރު ތަހުގީގީ އިދާރާތަކުން އެއް އުސޫލެއް ގެންގުޅުމަކީ މުހިއްމުކަމެއްކަމަށް ފެންނަ ކަމަށާއި އެފަދަ އިންވެސްޓިގޭޝަންތައް ހިންގާނެ ހަރުދަނާ އުސޫލުތައް އެކުލަވާލުމަށް އެ އިދާރާތަކުގައި ދެންނެވުމަށް

-ފައިނޭންޝަލް ކްރައިމްސް ގިނަވަމުންދާކަން ފާހަގަވާތީ، ފައިނޭންޝަލް އިންވެސްޓިގޭޝަންގެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް އިސްކަން ދިނުމަށާއި މިފަދަ ތަހުގީގުތައް ކުރާފަރާތްތަކަށް އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދީ، އެފަދަ މައްސަލަތައް ތަހުގީގުކުރާ އިދާރާތައް ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާގުޅޭ އިދާރާތަކުގައި ދެންނެވުމަށް

- އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ވީ އެންމެ އަވަހަކަށް ދައުލަތުގެ އިދާރާތަކުންނާއި ބޭންކުތަކުން ފޯރުކޮށްދިނުމަށާއި، ގާނޫނުގައި ލާޒިމުކޮށްފައިވާގޮތަށް ތަހުގީގީ އިދާރާތަކަށް އެއްބާރުލުންދިނުމަށް އެފަރާތްތަކުގައި ދެންނެވުމަށް

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓު އާންމުކުރުމާއެކު ލިސްޓުގައި ތިބި ދައުލަތުގެ އެކި ވަޒީފާތަކުގައި ތިބި މީހުން ވަކިކުރުމަށް ފާސްކުރުމަށް ކޮމިޓީ ރިޕޯޓަށް ވޯޓު ދެއްވާފައި ވަނީ ލިސްޓުގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް އެކަންޏެވެ. މިލިސްޓުގައި މިހާރުގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 16 މެމްބަރުން ތިއްބެވިއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު