Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޗެލްސީން އުއްމީދު އާކުރިއިރު، ޔުނައިޓެޑް އެއްވަރު

19 މެއި 2021 | ބުދަ 00:04

ޔުނައިޓެޑާއި ފުލަމް އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 މެއި 2021 | ބުދަ 00:04
ޗެލްސީ އާއި ލެސްޓާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 2-1 ން

ޗެލްސީ އާއި ލެސްޓާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 2-1 ން

އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެރޭ ލެސްޓާ ސިޓީ ބަލިކޮށް ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމުގެ އުއްމީދު ޗެލްސީން އާކުރިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ރެލިގޭޓްވެފައިވާ ފުލަމް އެއްވަރުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޗެލްސީ މޮޅުވިއިރު، މިދިޔަ ހޮނިހިރު ދުވަހުގެރޭ ށް އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލުގައި ލެސްޓާއިން ވަނީ ޗެލްސީ ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

އެއާއެކު އަންގާރަ ދުވަހުގެރޭ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ޗެލްސީން ބަދަލުހިފިއިރު، މި މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ޓިމޯ ވާނާ ކާމިޔާބުކުރި ދެ ލަނޑެއް ވީޑިއޯ އިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ބަލައިގެންފައެއް ނުވެއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އެންޓޯނިއޯ ރުޑިގާ ވަނީ ޗެލްސީއަށް ލީޑު ނަގައިދީފައެވެ.

އަދި މެޗުގެ 66 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ ވަނީ ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ޗެލްސީގެ ވާނާއަށް ލެސްޓާގެ ވެސްލީ ފޮފާނާ ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން ލެސްޓާއިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެލެޗީ އިހެނާޗޯއެވެ.

މި މޮޅާއެކު ތާވަލުގެ ތިންވަނައަށް ޗެލްސީ ޖެހިލިއިރު، އެ ޓީމު ތިންވަނައިގައި އޮތީ ކުޅުނު 37 މެޗުން ލިބުނު 67 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި އޮތް ލެސްޓާއަށް 37 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ލިވަޕޫލަށް 36 މެޗުން ވަނީ 63 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ލީގުގައި ބުދަ ދުވަހުގެރޭ ބާންލީ ބަލިކޮށް ބަލިކޮށް ލިވަޕޫލަށް ހަތަރުވަނައަށް އެރޭނެއެވެ.

މީގެ އިތުރުން ލީގުގައި އަންގާރަ ދުވަހުގެރޭ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޔުނައިޓެޑް އެއްވަރުވިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް އެ ޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ.

ޔުނައިޓެޑުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީވެސް އެ ޓީމުންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީއެވެ. އެކަމަކު ދެވަނަ ހާފުގައި ޖޯ ބްރަޔަން ވަނީ ލަނދެއް ޖަހައި، ފުލަމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުން ޔުނައިޓެޑް އެއްވަރުވިއިރު، ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މެންޗެސްޓާ ސިޓީ ވަނީ އަންގާރަ ދުވަހުގެރޭ ރަށުން ބޭރުގައި 3-2 ގެ ނަތީޖާއަކުން ބްރައިޓަން އަތުން ބަލިވެފައެވެ. އެއާއެކު ސިޓީއަށް 37 މެޗުން ވަނީ 83 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޔުނައިޓެޑަށް 37 މެޗުން ލިބިފައިވަނީ 71 ޕޮއިންޓެވެ.

ޕްރިމިއަރ ލީގުޗެލްސީލެސްޓަރ ސިޓީމެންޗެސްޓަރ ޔުނައިޓެޑް

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް