Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކާފިއު ގަޑީގައި މާލެތެރެ ބެލެހެއްޓުން

ކާފިއު ހިންގަން ފަށާތާ 15 މިނެޓްތެރޭ މާލެ ހަމަހިމޭންވިޔަސް ރެޔަކު 21،000 މީހުންނާއި ސުވާލު ކުރޭ!

ފުލުހުން ވަނީ އެޗްޕީއޭގެ މިންގަނޑުތައް ހިންގުމުގައި އެންމެންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާކަމަށް ބުނެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 18 މެއި 2021 | އަންގާރަ 20:18
ފުލުހުންނާއި ސިފައިން ގުޅިގެން މާލެތެރެ ބެލެހެއްޓުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން

ފުލުހުންނާއި ސިފައިން ގުޅިގެން މާލެތެރެ ބެލެހެއްޓުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން

ކާފިއު ހިންގަން ފަށާތާ 15 މިނެޓްތެރޭ މާލެ ހަމަހިމޭންވާކަމަށާއި، އެހެންނަމަވެސް ރެޔަކު 21،000 މީހުންނާއި ސުވާލު ކުރާކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ފުލުހުންނާއި ސިފައިން ގުޅިގެން މާލޭ ސަރަހައްދުގެ ކަންކަން ބެލެހެއްޓުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ މަޢުލޫމާތު ހިއްސާކުރައްވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފަސީހް ވަނީ އެޗްޕީއޭގެ މިންގަނޑުތައް ހިންގުމުގައި އެންމެންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވިޔަފާރިވެރިންވެސް ކާފިއުގަޑީގައި ބޭރަށް ނިކުތުމަށް ފުލުހުންގެ ޕޯޓަލްއިން ނަގަންޖެހޭ ހުރިހާ ހުއްދައެއް ޤަވައިދުން ނަގަމުންދާކަމަށް ވިދާޅުވިއެވެ. އަދި ބޭރަށް ދާން އާންމުން ނިކުންނަނަމަވެސް ބޭރަށް ނަގަންޖެހޭ ވަގުތީ ހުއްދަ ނުވަތަ އޮފީސްތަކުން ދޭންޖެހޭ މަނާގަޑީގައި ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ ނަގާކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮންމެ ދުވަހެއްގެވެސް ހަވީރު 4ން ފަތިހު 4ށް ޖުމުލަ 12 ގަޑިއިރުގެ ކާފިއުއެއް މާލޭގައި ހިންގާއިރު، ކާފިއު ހިންގަން ފަށާތާ 15 ވަރަކަށް މިނެޓްގެ ތެރޭގައި އާންމުން މަގުމަތިން ހުސްވެ މުޅި މާލެ "ހަމަހިމޭން"ވާކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފަސީހް ވިދާޅުވިއެވެ. އަހުމަދު ފަސީހް ވަނީ ކާފިއު ހިންގާ ވަގުތު 21،000 (އެކާވީސް ހާސް) މީހުންނާއި ބައްދަލުވެ ޗެކްކުރާކަމަށް ވިދާޅުވިއެވެ. އެޗްޕީއޭގެ ގައިޑްލައިނަށް އާންމުން ފުރިހަމައަށް ތަބާވާކަން ސާބިތުކޮށްދެއްވުމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފަސީހް ވަނީ ފިޔަވަޅުއަޅާމީހުންގެ އަދަދު ނިސްބަތުން މަދުވުމުން މިކަން ހާމަވާކަމަށް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ އިތުރުން މޮނިޓަރިންގެ ޙާލަތުގައި މިހާރު އޮތް ކޮންމެ ރަށެއްގައިވެސް ކޮވިޑްގެ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، މި އޮޕަރޭޝަންގައި ސިފައިން ބައިވެރިވުމުން އޮޕަރޭޝަންއަށް ބޮޑު ބާރަކާއި ދިރުމެއް ލިބިގެން ގޮސްފިކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފަސީހް ވިދާޅުވިއެވެ. އެގޮތުން މިވަގުތު ފުލުހުންގެ ގިނަ އޮފިސަރުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެ ނުވަތަ ކޮންޓެކްޓްވެގެން ކަރަންޓީންގެ މުއްދަތު ފުރިހަމަކުރަމުންދާއިރު، ސިފައިންގެ ފަރާތުން ލިބޭ އެއްބާރުލުން ދިވެހި ރައްޔިތުންވެސް ބަލައިގަންނަމުންދާކަން ފާހަގަކުރެވޭކަމުގައި ވިދާޅުވިއެވެ.

ކުރިއާއި ޚިލާފަށް މިހާރު ކޮންމެ ޗެކްޕޮއިންޓެއްގައި ފުލުހުންގެ 2 އޮފިސަރުންނާއި ސިފައިންގެ 2 އޮފިސަރުން ތިބުމުން މަގުމައްޗަށް ފާސް ހިފައިގެން ނިކުންނަ މީހުން ހިމެނޭގޮތައް އެންމެންގެ ފާހުގެ ސައްޙަކަން ބަލާ ކަށަވަރުކުރުމަށް ފުރުސަތު ލިބޭކަމަށެވެ. މިގޮތަށް ޗެކްކުރާއިރު ބައެއް މީހުން ހުއްދަލިބިފައިވާ ފާސްތައް ފިޔަވާ އެހެން ފާސްތަކާއި، ފުލުހުންގެ ޕޯޓަލްއިން ހުއްދަނަގާފައިވާ ޚިލާފަށް މަގުމައްޗަށް ނިކުމެ ފާހުގެ ނާޖާއިޒް ފައިދާ ނަގާކަން ފާހަގަކުރެވިފައިވާކަމަށް ވިދާޅުވިއެވެ. މިގެން ކަންކުރާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފަސީހް ދެއްވިއެވެ.

މެއި މަހުގައި ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އަނެއްކާވެސް އިތުރުވެ ހާހުން މަތިން ކޭސްތައް ރިކޯޑް ކުރެވެން ފެށުމުން، ކާފިއު ހިންގަން ފަށާފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހުއެވެ. އެގޮތުން ކޮވިޑްގެ 4 ވަނަ ރާޅާއި ހަނގުރާމަކުރުމުގެ ފިަޔަވަޅެއްގެ ގޮތުން އެންމެ ފުރަތަމަ ކާފިއު ހިންގީ ރޭގަނޑު 9ން ފަތިހު 4ށެވެ. އެހެންނަމަވެސް، ރޯދަ ނިމި ކޭސްލޯޑަށް ބަދަލު ނައުމުން ޑައިންއިންގެ ޚިދުމަތް މެދުކަނޑާލާ ޑެލިވަރީގެ ޚުދުމަތް ދަންވަރު 12އާއި ހަމައަށް ދެވޭގޮތައް ހަދާ ކާފިއުގެ ވަގުތު އިތުރުކޮށް ހަވީރު 4ން ފަތުހު 4ށް ކާފިއު ހިންގަން ފެށީ 13 މެއިން ފެށިގެންނެވެ. ކޮވިޑްގެ ކޭސްލޯޑަށް ބަދަލުނައުމުން އެޗްޕީއޭއިން މިހާރު ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލެއް ނުގެނެސް އިތުރު ހަފުތާއަކަށް ދިގު ދަންމާލަން ނިންމާފައެވެ.

އެޗްޕީއޭގެ އުސޫލުތަކަށް އާންމުނާއި ވިޔަފާރިވެރިންގެ ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާކަމަށް ފުލުހުން ބުނެފައިވާއިރު، އެޗްއީއޯސީއިން ދާދި ފަހުން ވަނީ 24 ގަޑިއިރުގެ ތެރޭގައި ފުލުހުން ޖޫރިމަނާކުރާ މީހުންގެ އަދަދުތަކެއް ހިއްސާކުރައްވާފައެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން 17 މެއި 2021 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިންވަނީ 15 މެއި 2021ވީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00ން 16 މެއި 2-2021ވީ އާދިއްތަ ދުވަހުގެ އިރުއޮއްސި 06:00ށް 286 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ބުނެފައެވެ.

އެޗްއީއޯސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މި 24 ގަޑިއިރުގެ ތެރޭގައި މާސްކު ނާޅައި ބޭރުގައި އުޅުނު 103 މީހުން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ކާފިއު ގަޑީގައި ބޭރުގައި އުޅުނު 160 މީހުންނާއި އެވަގުތު އުޅަނދު ދުުށްވި 23 މީހުން ވަނީ ޖޫރިމަނާކޮށްްފައެވެ. މީގެ އިތުރުން ކޮވިޑާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އާންމު ޚިދުމަތްދޭ ތަންތަނުން އަމަލުކުރަމުންދޭތޯ ބެލުމަށް ކުރިއަށް ގެންދާ މާސް އިންޕެކްޝަންގެ ތެރެއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 33 ތަނެއް ބަލައި، އެއް ފިހާރަ ވަނީ ޖޫރިމަނާކޮށްފައެވެ.

މީގެ އިތުރުންވެސް ކާފިއު ގަޑީގައި ޤަވައިދާ ޚިލާފަށް އާންމުން ބޭރަށް ނިކުމެ އުޅުމުގެ ގިނަ ޝަކުވާތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުން އަޅުގަނޑުމެންނަށް ވަނީ އިވިގެންގޮސްފައެވެ. އެގޮތުން 11 މެއި 2021ވީ އަންގާރަ ދުވަހު އެޗްޕީއޭގެ ކަރަންޓީންގެ އުސޫލުތަކާ ޚިލާފުވެ ދެ ބައިވެރިއަކު ކޯޓަށް ގޮސް ކައިވެނިކޮށްފައިވެސް ވެއެވެ. މި ދެމީހުންވެސް 10،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން މާލޭގައި އެކި ނަންނަމުގައި ސައިކަލު ބުރުތަކާއި ވެހިކަލް ބުރުތައް ދުއްވުމާއި، ހަވީރު ފިންޏަށާއި ރޭގަނޑު ނިދަން ވަނުމުގެ ކުރިން ދުއްވާލަންދާ އާދަ މުޅިން ކެނޑުނުކަމަށް ގިނަ ދިވެހިންނެއް ޤަބޫލެއް ނުކުރެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއެމްއެންޑީއެފްކޮވިޑް-19ފިޔަވަޅުއެޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު