Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހީން ފަލަސްތީނާއިއެކު

މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނާއި މާސީ ގުޅިގެން ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ހަރަކާތްތަކެއް ބާއްވަނީ

މި ހަރަކާތުގައި މިހާތަނަށް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)، ވިލާ ކޮލެޖް، ކްލިކް ކޮލެޖް، ސައިރެކްސް ކޮލެޖް، މެޕްސް އަދި އެވިޑް ކޮލެޖުން ވަނީ ބައިވެރިވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 18 މެއި 2021 | އަންގާރަ 20:41
މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނާއި، މާސީ ގުޅިގެން ބާއްވާ ހަރަކާތުގެ ޕޯސްޓަރ

މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނާއި، މާސީ ގުޅިގެން ބާއްވާ ހަރަކާތުގެ ޕޯސްޓަރ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އަދި މާސީ އިސްވެއޮވެ، އެހެން ކޮލެޖު / ޔުނިވަރސިޓީ ތަކާއިއެކު ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ފަންޑް ރައިސިންގ ހަރަކާތެއް ބޭއްވުމެއް ނިންމައިފިއެވެ.

ރާއްޖެ އެމްވީއަށް ދިން އިންޓަރވުއުގައި މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ އެމްއެންޔޫއެސްޔޫގެ ރައީސް އަބްދުﷲ ޝަހުނީޒް ވިދާޅުވީ މި ހަރަކާތަކީ ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް އިސްރާއީލުގެ ޔަހޫދީން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ގުޅިގެން މުސްލިމު އަޚުންނާއި އުޚުތުންތަކެއް ހާލުގައި ޖެހިފައިވުމުން ފަލަސްތީނުގެ މުސްލިމުންނަށް އެހީވުމަށް މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުން އިސްކޮށް ތިބެ، މާސީ ޖަމާއަތާއި ގުޅިގެން ހިންގޭ ފަންޑްރައިސިންގ ހަރަކާތެއް ކަމަށެވެ. އަދި މިހަރަކާތުގެ ދަށުން ޓީޝާޓް ވިއްކުމާއި، މާސްކު ވިއްކުމުގެ އިތުރުން އެޗްޕީއޭގެ ހުއްދަ ލިބޭ މިންވަރަކުން މިސްކިތްތައް ކައިރީ ފަންޑު ފޮށި ބެހެއްޓުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން، ޣާޒާ ހަނގުރާމަ އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ޕެނަލް ޑިސްކަޝަންތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް ޝަހުނީޒް ވިދާޅުވިއެވެ.

މި ހަރަކާތުގައި މިހާތަނަށް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)، ވިލާ ކޮލެޖް، ކްލިކް ކޮލެޖް، ސައިރެކްސް ކޮލެޖް، މެޕްސް ކޮލެޖް، އެމްއައި ކޮލެޖް އަދި އެވިޑް ކޮލެޖުން ވަނީ ބައިވެރިވެފައެވެ. އަދި ކުރިޔަށް އޮތްތަނުގައި އިތުރު ކޮލެޖުތަކުން ބައިވެރިވާނެ ކަމަށް ހަރަކާތް އިންތިޒާމް ކުރާ ފަރާތުން ވަނީ ބުނެފައެވެ.

ޝަހުނީޒް ވިދާޅުވީ މިހަރަކާތުން ލިބޭ ފައިސާ މާސީއާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށާއި، އެ ފައިސާ މާސީ މެދުވެރިކޮށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

ފަލަސްތީނުގެ ޣާޒާއަށް އިސްރާއީލުގެ ޔަހޫދީން ދެމުން ގެންދާ ހަމަލާތަކުގައި އެތަށް ބަޔަކު ގެދޮރު ދޫކޮށް ރެފިއުޖީ ކޭމްޕުތަކަށް ބަދަލުވެފައިވާއިރު، މި ހަމަލާތަކުގައި ފަލަސްތީނުގެ އެތަށް ރައްޔިތުންނެއް ވަނީ ޝަހީދުވެފައެވެ. އަދި އަނިޔާވި މީހުންގެ އަދަދު 2000ން މަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމްއެންޔޫއެސްޔޫފަލަސްތީން

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2024

ފަލަސްތީނު ރައްޔިތުން ޒައިތޫނި ބިނުމަށް ވެސް ހުރަސް އަޅާ ޔަހޫދީން ހަމަލާދެނީ

02 ނޮވެމްބަރު 2024
ފަލަސްތީނު ރައްޔިތުން ޒައިތޫނި ބިނުމަށް ވެސް ހުރަސް އަޅާ ޔަހޫދީން ހަމަލާދެނީ
01 ސެޕްޓެމްބަރު 2024

ޔަހޫދީ ސިފައިން ޖެނިން ހިސޯރުކުރުމާއެކު ފަލަސްތީނުގެ މީހުންނަށް ފެނާ، ކާނާ، ކަރަންޓް ލިބުން ހުއްޓިއްޖެ

01 ސެޕްޓެމްބަރު 2024
ޔަހޫދީ ސިފައިން ޖެނިން ހިސޯރުކުރުމާއެކު ފަލަސްތީނުގެ މީހުންނަށް ފެނާ، ކާނާ، ކަރަންޓް ލިބުން ހުއްޓިއްޖެ
31 އޯގަސްޓު 2024

އިޒްރޭލު ސިފައިންނާ ކުރިމަތި ލުމަށް ހަމާސްގެ ހަރަކާތްތައް ހުޅަނގު އައްސޭރީގައި ފުޅާ ކުރަނީ

31 އޯގަސްޓު 2024
އިޒްރޭލު ސިފައިންނާ ކުރިމަތި ލުމަށް ހަމާސްގެ ހަރަކާތްތައް ހުޅަނގު އައްސޭރީގައި ފުޅާ ކުރަނީ
31 އޯގަސްޓު 2024

ޔަހޫދީ ސިފައިން ޣައްޒާ އަށް ބޮން އަޅައިފި، ހުޅަނގު އައްސޭރީގެ ޖެނިން ހިސޯރުކޮށްފި

31 އޯގަސްޓު 2024
ޔަހޫދީ ސިފައިން ޣައްޒާ އަށް ބޮން އަޅައިފި، ހުޅަނގު އައްސޭރީގެ ޖެނިން ހިސޯރުކޮށްފި
28 އޯގަސްޓު 2024

އިޒްރޭލާ ދެކޮޅަށް ރާއްޖޭގައި އަޑު އުފުލަމުންދިޔަ ދެ އަންހެނުން ހައްޔަރުކޮށްފި

28 އޯގަސްޓު 2024
އިޒްރޭލާ ދެކޮޅަށް ރާއްޖޭގައި އަޑު އުފުލަމުންދިޔަ ދެ އަންހެނުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު