Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސިންގަލް ޔޫސް ޕްލާސްޓިކް އިތުރުވާ މައްސަލަ

ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖެ އެތެރެކުރުމުގައި ސިއްސައިގެންދާފަދަ އަދަދުތަކެއް

2019 ވަނަ އަހަރު 1.3 މިލިއަން ސުޕާރީ ޕެކެޓް އެތެރެކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 18 މެއި 2021 | އަންގާރަ 20:47
ކުނިތައް އެއްކޮށް އެކި ބާވަތްތައް ވަކިކޮށްފައި

ކުނިތައް އެއްކޮށް އެކި ބާވަތްތައް ވަކިކޮށްފައި

ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރުން ރާއްޖެ އިން ހުއްޓާލުމުގެ އަމާޒު ހާސިލްކުރުމަށް ކަނޑައަޅާފައިވަނީ 2023ގެ ނިޔަލަށެވެ. އެ ޕްލޭނުގެ ދަށުން، އިމްޕޯޓެކޭ އެއްގޮތަށް، ބައެއް އެއްޗެހި ރާއްޖޭގައި އުފެއްދުން ވެސް ކުރިއަށް އޮތް ދެއަހަރާއި ބައިގެ ތެރޭ މަނާކުރުމަށް ވަނީ ހަމަޖެހިފައެވެ. އެލަނޑުދަނޑި ހާސިލްކުރުމަށް އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާއެކު ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖެ އެތެރެކުރުން ވަނީ މަނާކޮށްފައެވެ. އެކި މަރުޙަލާތަކަށް ބަހާލައިގެން ރާއްޖެއަށް އެތެރެކުރުން މަނާއެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓް އާންމުކުރާގޮތަށް ގާނޫނަށް ވަނީ ބަދަލުގެނެސްފައެވެ. މިއާއެކު މިހާރު މަސައްކަތްކުރަމުންދަނީ ސިންގަލް ޔޫސް ޕްލާސްޓިކް އުފެއްދުމާއި ބާޒާރަށް ނެރުން ގާނޫނީ ގޮތުން މަނާކުރުމަށެވެ.

އެގޮތުން ތިމާވެށި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މިހާރު ވަނީ މަޖިލީހަށް ހުށަހަޅާ އެބިލްގެ ބަހުސް ފަށާފައެވެ. ސަރުކާރުގެ ފަރާތުން މިބިލް ހުށަހަޅުއްވާފައިވަނީ ހޯރަފުށީ ދާއިރާގެ މެމްބަރ އަހުމަދު ސަލީމެވެ. މިބިލްގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން ސަލީމު ވިދާޅުވީ ސަރުކާރުން މިބިލް ހުށަހަޅަނީ ސިންގަލް ޔޫސް ޕަލާސްޓިކް ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އެއްލައިލާ ބާވަތްތަކުގެ ޕްލާސްޓިކުން ތިމާވެށްޓާއި، ރަށްތަކާއި، ފަރު ތަކާއި ގޮނޑުދޮށްތައް ސަލާމަތްކުރުން ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ސަރުކާރުން ގެންނަމުންދާކަން ސަލީމް ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކަކީ އަދި ވަކިން ހާއްސަކޮށް އެއް ފަހަރު ބޭނުންކުރުމަށްފަހު އެއްލާލާ ބާވަތުގެ ޕްލާސްޓިކަކީ ބޭނުންކުރަން ވަރަށް ފަސޭހަ އެއްޗެއްކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ ތަފާތު ދާއިރާތަކުގައި ވަރަށް ފުޅާކޮށް ވަރަށް ގިނަ ކަންކަމުގައި އޭގެ ފައިދާތައް ޕްލާސްޓިކްގެ ޒަރީއާއިން ހޯދެމުންދާ ކަމަށެވެ. އަދި ޕްލާސްޓިކަކީ ނިސްބަތުން އަގުހެޔޮ އުފައްދަން ފަސޭހަ އެއްޗެއްކަމަށް ސަލީމް ވިދާޅުވިއެވެ. އަދި އޭގެ ނަތީޖާ ދުނިޔެއިން ފެންނަމުންދާ ގޮތް އަދަދުތަކުން ވަނީ ހިއްސާކޮށްދެއްވާފައެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ޕްލާސްޓިކް އުފައްދަން ފަށާފައިވަނީ 1907 ވަނަ އަހަރުއެވެ. ސަލީމް ވިދާޅުވީ 1950 ވަނަ އަހަރާ ހަމައަށް އައިއިރު 1.6 މިލިއަން ޓަނުގެ ޕްލާސްޓިކް ދުނިޔޭގައި އުފައްދަމުން އައި ކަމަށެވެ. 1919 ވަނަ އަހަރާ ހަމައަށް އައިއިރު 359 މިލިއަން ޓަނުގެ ޕްލާސްޓިކް އުފައްދަމުން އައިސްފައިވާކަމަށް ސަލީމް ވިދާޅުވިއެވެ. އަދި މިހާރުގެ އަންދާޒާތަކަށް ބަލާއިރު 2025 ވަނަ އަހަރު އަންނައިރު ދުނިޔެގެ ޕްލާސްޓިކް އުފައްދާ ނިސްބަތް 380 މިލިއަން ޓަނަށް އަރާނެކަމަށް ސަލީމް ވިދާުވިއެވެ.

ރާއްޖޭގައި އަހަރަކު 43134 ޓަނާއި ގާތްކުރާ އަދަދަކަށް ޕްލާސްޓިކް ކުނި އުފައްދާކަމަށް، މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އާއި އެން.އައި.ޖީ ކެޕިޓަލް ގުޅިގެން ކުރިއަށް ގެންދިޔަ އެއްފަހަރު ބޭނުންކުރެވޭ ބާވަތުގެ ޕްލާސްޓިކްގެ ސަބަބުން ރާއްޖެއަށް ކުރާ އިޤްތިޞާދީ އަދި އިޖްތިމާއީ އަސަރުތަކާބެހޭ ދިރާސީ ރިޕޯޓުން ދައްކައެވެ. މޯޕާ އާއި އެން.އައި.ޖީގެ ރިޕޯޓްގައިވާ ގޮތުން ރާއްޖޭގައި އުފެދޭ ކުނީގެ 12 އިންސައްތަ ހިއްސާކުރަނީ 43134 ޓަނާއި ގާތްކުރާ އަދަދެއްގެ ޕްލާސްޓިކެވެ. 2014 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު، ޕްލާސްޓިކް އިމްޕޯޓް ކުރެވޭ މިންވަރު އަހަރަކު 17 އިންސައްތަ އިތުރުވެފައިވާކަމަށް ރިޕޯޓުން ދައްކާއިރު، 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އިމްޕޯޓުގެ ހަތަރު އިންސައްތަ އަކީ ޕްލާސްޓިކާއި ރަބަރުގެ ބާވަތްތައް ކަމަށް ރިޕޯޓުގައިވެއެވެ.

ބިލަށް ބަހުސްކުރައްވަމުން ސަލީމް ވަނީ 2019 ވަނަ އަހަރުގެ ކަސްޓަމްގެ ޑާޓާއިން ހާމަވާ އަދަދުތައް ހާމަކޮށްދެއްވާފައެވެ.

2019 ވަނަ އަހަރު އެތެރެކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް:

ޖޫސް ބޯ ހޮޅި - 15.3 މިލިއަން

ޑިސްޕޮސިބަލް ތަށި - 12 މިލިއަން

ލަންޗް ބޮކްސް - 9.5 މިލިއަން

ޕްލާސްޓިކް ކޮތަޅު - 133.4 މިލިއަން

ސުޕާރީ - 152،367 ކިލޯގެ ސުޕާރީ އެއީ 1.3 މިލިއަން ޕެކެޓް ސުޕާރީ

ޕްލާސްޓިކް ތަށި - 11.9 މިލިއަން

ކަފަބުރު - 31.5 މިލިއަން

މިއީ ހަމައެކަނި އެންމެ އަހަރެއްގެ ތެރޭގައި އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލާ ޕްލާސްޓިކްގެ ބާވަތްތަކުން އުފައްދާފައިވާ ތަކެތި ރާއްޖެ އެތެރެކޮށްފައިވާ ގޮތެވެ.

އަނެއްކޮޅުން ޕްލާސްޓިކަކީ އޭގެ ޒާތުގައި މުޅިން ފަނާވާ އެއްޗެއް ނޫނެވެ. ސަލީމް ވިދާޅުވީ ޕްލާސްޓިކަކީ އެއް ފޯމުން އަނެއް ފޯމަށް ބަދަލުވާކަމަށެވެ. އެހެންކަމުން ޕްލާސްޓިކަކީ އުފެއްދުމަށްފަހު އޭގެން ވެއްޓަށް ސަލާމަތްވެވޭ އެއްޗެއް ނޫނެވެ.

ރާއްޖޭގެ ސިންގަލް ޔޫސް ޕްލާސްޓިކްގެ ހާލަތު މިހާރަށްވުރެ ރަނގަޅުކޮށް މިވެއްޓަކީ ޕްލާސްޓިކާ ދުރު ވެއްޓެއްގެ ގޮތުގައި ބައްޓަންކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ޕްލޭނެއްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކު ބޭނުންކުރުން މަދުކުރަމުން ގޮސް 2030 ގެ ނިޔަލަށް މައިގަނޑު ހުރިހާ ބާވަތެއް ތިމާވެއްޓާ ރަހުމަތްތެރި ބާވަތްތަކަށް ބަދަލުކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

އެމަގަމުން މަސައްކަތްކުރަމުންދާއިރު އާންމުންގެ އަމަލުތައްވެސް އެގޮތަށް ބައްޓަންކޮށް ވީހާވެސް ތިމާވެއްޓަށް ގެއްލުންދޭ ޕްލާސްޓިކާ ދުރުވާން ޖެހެއެވެ. އެހެންނޫންކަމަށް ވާނަމަ މިވެށި ސަލާމަތްކުރަން އުނދަގޫވާނެއެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު