Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެރަރިޒަމްގެ ނުރައްކާ ނައްތާލުން

ހަރުކަށި ފިކުރު ފަތުރާ "ބޮޑެއް" ފުލުހުން ހައްޔަރުކޮށްފި!

18 މެއި 2021 | އަންގާރަ 17:56

މާލެ ސިޓީއިން ހައްޔަރުކުރީ 49 އަހަރުގެ ފިރިހެނެއް

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 18 މެއި 2021 | އަންގާރަ 17:56
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން

ހަރުކަށި ފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ މީހެއްކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރިގޮތުގައި ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހުގެ ދުވަހުގެ ރޭ މާލެ ސިޓީއިންކަމަށެވެ. ހައްޔަރުކޮށްފައިވަނީ ހަރުކަށި ފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ މީހެއްކަމަށް ތުހުމަތުކުރެވޭ 49 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މިކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

Advertisement - newsAdvertisement

ހަރުކަށި ފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ މީހެއްކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6 ވަނަ ދުވަހުގެ ރޭ ދިން ނިރުބަވެރި ހަމަލައާ ގުޅިގެން މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާން ވަނީ ފަށާފައެވެ.

އެމްއެންޑީއެފުން ވަނީ ހަތިޔާރާއެކު ސިފައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންދާކަން ހާމަކޮށްފައެވެ. އެމްއެންޑީއެފުން ބުނެފައިވަނީ، ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސަލާމަތީކަންކަން ވަރުގަދަކޮށްފައިވާކަމަށެވެ. އަދި އެތަން ތަނުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވަމުން ގެންދާނެކަމަށްވެސް ވަނީ ބުނެފައެވެ. ރައީސް ނަޝީދު، ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައި، އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ދިނުމާއި ގުޅިގެން އެމްއެންޑީއެފްގެ ސެކިއުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް ވަނީ މަތިކޮށްފައެވެ. މި ހަމަލާއާ ގުޅިގެން މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވާއިރު، ގޮއްވާލި ބޮމާއި ގުޅޭ އިތުރު ކަންތައްތަކެއް ދެނެގަތުމުގެ މަސައްކަތް ސިފައިންނާއި ގުޅިގެން ފުލުހުންވެސް ދަނީ ކުރަމުންނެވެ.

ޓެރަރިޒަމާ ދެކޮޅަށް އައްޑޫ ސިޓީގައިވެސް ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނެއްގައި ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. މިއޮޕްރޭޝަންއާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މިހާތަނަށް ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ތިން މީހެއްގެ ބަންދަށް 15 ދުވަސް، ހަތަރު މީހެއްގެ ބަންދަށް 7 ދުވަސް ޖަހާފައިވާ ކަމަށެވެ. މީގެ ކުރިން ވެސް އައްޑޫ ސިޓީގައި ހަރުކަށި ފިކުރާއި ޓެރަރިޒަމާއި ދެކޮޅަށް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން ޓެރަރިޒަމްގެ ކުށްތަކާއި ހައްދު ފަހަނައަޅާ ދިއުމުގެ ކުށްކުށަށް ހިތްވަރުދޭ ސިވިލް ސަރވިސްގެ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސިވިލް ސަރވިސް ކޮމިޝަނުންވެސް ވަނީ ދީފައެެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ސޮއިކުރައްވައި ނެރުއްވާފައިވާ ސަރކިއުލަރއެއްގައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް އަމަލެއް ކުރުން ނުވަތަ އެފަދަ ކަމަކަށް ހިތްވަރުދޭ އަމަލެއް ކޮށްފިނަމަ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މައްސަލަ ބަލައި އިދާރީ ފިޔަވަޅު އަޅާނެކަމަށެވެ. މި ސަރކިއުލަރގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ކުރަން އުޅުމާއި އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެދިނުމާއި އެއްވެސް ސިފައެއްގައި އެފަދަ އަމަލެއްގައި ބައިވެރިވުން ނުވަތަ ސީދާ ގޮތުންނާ ނުސީދާގޮތުންވިއަސް، ޓެރަރިޒަމްގެ ގާނޫނުން މަނާކުރާކަމަށް ހިތްވަރުދޭ އަމަލެއް ކުރާނަމަ އެމައްސަލައެއް ބެލުން ހިމެނެއެވެ.

މީގެތެރޭގައި މީޑިއާގެ ވަސީލަތްތަކާއި އެނޫންވެސް ވަސީލަތްތައް މުވައްޒަފުން ބޭނުންކުރުމުގައާއި މުޖުތަމައުގައި އުޅޭ އުޅުމުގައިވެސް ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދޭ ކަންކަން ހިމެނެއެވެ. ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދިނުމުގެ ގޮތުން ބޭނުންކުރާފަދަ ބަސްތައް ބޭނުންކުރުމާއި އެފަދަ ފޮޓޯއާއި ވީޑިއޯ އާއްމުކުރުމާއި ޓެރަރިސްޓް ޖަމާތްތަކަށް ތާއީދުކުރާކަން ދޭހަވާފަދަ އެއްވެސް އަމަލެއް ސިވިލް ސަރވިސް މުވައްޒަފުން ނުހިންގުމަށް ވަނީ އަންގަވާފައެވެ. އެ އިދާރާއިން ވަނީ ޓެރަރިޒަމްގެ ކުށްތަކާއި ހައްދު ފަހަނައަޅާ ދިއުމުގެ ކުށްކުށަށް ހިތްވަރުދޭ ސިވިލް ސަރވިސް މުވައްޒަފުންނާމެދު ސިވިލް ސަރވިސްގެ ގާނޫނާ އެއްގޮތަށް މައްސަލަ ބަލައި އިދާރީ ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއެމްއެންޑީއެފް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް